ވަޒީފާގެ ފުރުސަތު – ލީގަލް އޮފިސަރ

July 25, 2019

 

 

ވަޒީފާގެ ފުރުސަތު

ނަންބަރު: 12(IUL)427-OPR/1/2019/)

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މުވައްޒަފަކަށް ވެވަޑައިގަތުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

 

މިކޮމިޝަނުގެ ނަންބަރު:(IUL)427-OPR/1/2019/10 ،3 ޖުލައި 2019  އިޢުލާނަށް އިޖާބަދިން ފަރާތްތަކުން އިންޓަވިއުއިން ފާސްވުމަށް ބޭނުންވާ އަދަދަށް މާރކްްސް ލިބިފައިނުވާތީ ، އިއުލާން ބާތިލް ކުރުމަށްފަހު އަލުން އިއުލާން ކުރަމެވެ.

 

މަޤާމް: ލީގަލް އޮފިސަރ

ގްރޭޑް: 1

ޑިޕާޓްމަންޓް: ލީގަލް އެފެއާޒް ،މޮނިޓަރިންގ އެންޑް ލައިސަންސިންގ

ސެކްޝަން :ލީގަލް އެންޑް ލައިސަންސިންގ ސެކްޝަން

އަދަދު:1

މުސާރަ: -/7000 ރ

ލިވިންގް އެލަވަންސް: -/3000 ރ

ނޮން ޕްރެކްޓިސް އެލަވަންސް: -/2500ރ

އިތުރު އިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.
  • މަގާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މިދާއިރާއާއި ގުޅޭ ފީލްޑަކުން ޑިޕްލޮމާ ޙާޞިލް ކޮށްފައިވުމާއި އެދާއިރާއިން މަދުވެގެން 3 އަހަރު ދުވަހުގެ  ތަޖުރިބާ ލިބިފައިވުން ނުވަތަ މިދާއިރާ އާ ގުޅޭ ފީލްޑަކުން ޑިގްރީ ހާޞިލްކޮށްފައިވުން.
  • ދިވެހި އަދި އިގިރޭސި ބަހުން ފަސޭހަކަމާއި އެކު މުޢާމަލާތު ކުރަން އެގުން.
  • މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޟިރީއަށް ފަރުވާބަހައްޓާ މީހަކަށް ވުން.
  • މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.
  • މިދާއިރާގައި މަސައްކަތް ކުރުމުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ އެވެ.

 

މަޤާމުގެ މަސްއޫލިއްޔަތު

  1. ޤާނޫނީ ގޮތުން ކޮމިޝަނަށް ލަފާދިނުން.
  2. ކޮމިޝަނުން ދަޢުވާ ކުރާ މައްސަލަތަކާއި ކޮމިޝަނަށް ރައްދުވާ މައްސަލަތަކުގައި ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ކޮމިޝަން ތަމްސީލުކުރުން.

.3ސެކްޝަނުން ފޮނުވަންޖެހޭ ސިޓީ ތައް ތައްޔާރު ކޮށް ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުމުގެ އެންމެހާ   މަސައްކަތްކުރުން.

.4 ކޮމިޝަނުގެ ހުރިހާ ޑިޕާޓްމަންޓްތަކަށް ގާނޫނީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުން.

.5ކޮމިޝަންގެ ހިންގާގަވާއިދުތަކާއި އުސޫލުތަކާއި “ޕްރޮސެސް އެންޑް ޕްރޮސީޖަރޒް” އެކުލަވާލުމުގައި ގާނޫނީ ލަފާދިނުން.

6.ކޮމިޝަން މެންޑޭޓްގައި ހިމެނޭ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރި ޕްރޮގްރާމްތައް ރާވާ ވެރިންގެ ލަފަޔާއި އިރުޝާދުގެ ދަށުން ހިންގުން.

7.ކޮމިޝަނުން ބަލާ ނިންމާ  ޝަކުވާ ތަކުގެ  މަޢުލޫމާތު ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ވެބްސައިޓުގައި  ޝާއިއު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުން.

8.ކޮމިޝަނުގެ ތަސައްވަރު ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރި ވެދިނުން.

9.ކޮމިޝަނުގެ މަސައްކަތްތަކާއި ގުޅުންހުރި ކަންކަމުގައި އެހީތެރިވެދިނުން.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް broadcom.org.mv އިން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ އަޞްލު)
  3. ދައުލަތުގެ އިދާރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  4. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު

06 އޮގަސްޓް 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި ސިފަތައް
  • ދިވެހި އަދި އިގިރޭސި ބަހުން ލިޔަންދެވޭ ޓެސްޓުން ފާސްވުން
  • ބްރޯޑްކާސްޓް ޕޮލިސީހެދުމުގެ މަސައްކަތްކޮށް އަދި ބްރޯޑްކާސްޓް ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މިވަޒީފާއަށް ހޮވިއްޖެނަމަ، އަމިއްލަ  ޕްރޮފެޝަންއާއި ގުޅުންހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވިސްނާފައިވާގޮތް

އިތުރު މައުލޫމާތު

ދެ ފަރާތް އެއްބަސްވާގޮތުގެ މަތިން ޤާނޫނީ ވަކީލެއްގެ ޙައިސިއްޔަތުން، ޕްރައިވެޓް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިދެވޭނެއެވެ.

އިންޓަރވިއު ކުރުން

މިމަގާމަށް މީހަކު ހޮވުމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚު އެންގޭނެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3334317  ނުވަތަ 3334333 ނަންބަރު ފޯނާ އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް www.broadcom.org.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ނޯޓް:  މައުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާތިލް ކުރެވޭނެ ވާހަކަ ދަންނަވައި  އަދި އީމެއިލް ގެ ޒަރިއްޔައިން ފޮނުވާ އެޕްލިކޭޝަން ބަލައި ނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި އެޕްލިކޭޝަންތައް ހުންނަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައި އިއުލާން ޖެހުމަށްފަހުއެވެ.

 

 

 

22 ޛުލްޤައިދާ  1440

25    ޖުލައި   2019