February 16, 2020
އިޢުލާނު
ނަންބަރު:(IUL)427-OPR/1/2020/3
މި ކޮމިޝަނުގެ ނަންބަރު:(IUL)427-OPR/1/2020/2 (9 ފެބްރުވަރީ 2020) އިޢުލާނަށް އިޖާބަ ދީފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިޢުލާން ބާތިލްކޮށް އެކަމަށް އަލުން އިޢުލާން ކުރަމެވެ.
1 އަހަރު ދުވަހުގެ މުއްދަތަށް އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މި ކޮމިޝަނުންދޭ މަޢުލޫމާތާއި އެއްގޮތަށް 2020 މާރޗް 01 ވަނަ ދުވަހުން ފެށިގެން (1) އެއް އަހަރުގެ މުއްދަތަށް އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން
ތާރީޚް: 20 ފެބްރުވަރީ 2020 (ބުރާސްފަތި)
ގަޑި:11:00
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި އިޢުލާނާއި އެކު މިވާ މަޢުލޫމާތާއި އެއްގޮތަށް 20 ފެބްރުވަރީ 2020 (ބުރާސްފަތި) ދުވަހު 11:00 އަށް ކޮމިޝަންގެ އިދާރާއަށް ވަޑައިގެން، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3334327 ،3334333 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ info@broadcom.org.mv އަށެވެ.
22 ޖުމާދަލްއާޚިރާ 1441
16 ފެބްރުވަރީ 2020