April 27, 2020
އިޢުލާން
ނަންބަރު: (IUL)427-OPR/1/2020/7
ކޮމިޝަނުން ބަލައިގަންނަ ފީތައް ދެއްކުމުގެ ސުންގަޑިއަށް ބަދަލު ގެނައުން
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޫކޮށްފައިވާ ބްރޯޑްކާސްޓިންގ އާއި ރީބްރޯޑްކާސްޓިންގ އަދި ފްރީކުއެންސީ ލައިސަންސްގެ އަހަރީ ފީ ގެ ގޮތުގައި މި ކޮމިޝަނަށް ދައްކަވަންޖެހޭ ފީތައް ބަލައިގަތުމަށް ކޮންމެ އަހަރަކުވެސް ހަމަޖައްސާފައިވާ އެންމެފަހުގެ ތާރީޚަކީ އެ އަހަރެއްގެ މާރިޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮވިޑް-19 އާ ގުޅިގެން އިޢުލާނު ކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި، މި ދުވަސްކޮޅު އަޅާފައިވާ އެކި ފިޔަވަޅުތަކުގެ ސަބަބުން، މި ކޮމިޝަނަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ދިމާވެދާނެ ދަތިތަކެއް ހުރެދާނެކަމަށް ޤަބޫލުކުރެވޭތީ، ލައިސަންސް ލިބިފައިވާ ފަރާތްތަކުން ކޮމިޝަނަށް ދައްކަވަންޖެހޭ 2020 ވަނަ އަހަރުގެ އަހަރީ ފީ ޖޫރިމަނާއަކާނުލައި ބަލައިގަތުމުގެ އެންމެ ފަހުގެ ތާރީޚަކީ 30 އެޕްރީލް 2020 ކަމުގައި މި ކޮމިޝަނުގެ ނަންބަރު: 427-OPR/1/2020/6 (IUL) (18 މާރިޗު 2020) އިޢުލާނުން ވާނީ ހަމަޖައްސާފައެވެ. ނަމަވެސް، ރާއްޖޭގެ ކޮވިޑް-19 ގެ ޙާލަތު ބަދަލުވެ، މާލެ ސިޓީ ލޮކްޑައުން ކުރުމާގުޅިގެން ދައުލަތުގެ އިދާރާތައް އިތުރަށް ބަންދުކުރަން ޖެހިފައިވުމާއެކު، ލައިސަންސް ލިބިފައިވާ ފަރާތްތަކުން ކޮމިޝަނަށް ދައްކަވަންޖެހޭ 2020 ވަނަ އަހަރުގެ އަހަރީ ފީ ދެއްކުމުގެ މުއްދަތު އިތުރުކޮށް، މި ދެންނެވި ފީތައް (ޖޫރިމަނާއަކާނުލައި) ބަލައިގަތުމަށް މިހާރު ހަމަޖައްސާފައިވާ އެންމެ ފަހުގެ ތާރީޚަކީ 31 މެއި 2020 ކަމުގައި ދެންނެވީމެވެ.
މިހާރު ކުރިމަތި ވެފައިވާ މި ޙާލަތާ ގުޅިގެން ދެންނެވުނު ސުންގަޑިއަށް އެއްވެސް ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެ ކަން އަލުން އިޢުލާނުކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
4 ރަމަޟާން 1441
27 އޭޕްރިލް 2020