އިޢުލާން – ކޮމިޝަނުން ބަލައިގަންނަ ފީތައް ދެއްކުމުގެ ސުންގަޑިއަށް ބަދަލު ގެނައުން

June 15, 2020

 އިޢުލާން

       ނަންބަރު: (IUL) 427-OPR/1/2020/9

 

ކޮމިޝަނުން ބަލައިގަންނަ ފީތައް ދެއްކުމުގެ ސުންގަޑިއަށް ބަދަލު ގެނައުން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޫކޮށްފައިވާ ބްރޯޑްކާސްޓިންގ އާއި ރީބްރޯޑްކާސްޓިންގ އަދި ފްރީކުއެންސީ ލައިސަންސްގެ އަހަރީ ފީ ގެ ގޮތުގައި މި ކޮމިޝަނަށް ދައްކަވަންޖެހޭ ފީތައް ބަލައިގަތުމަށް ކޮންމެ އަހަރަކުވެސް ހަމަޖައްސާފައިވާ އެންމެފަހުގެ ތާރީޚަކީ އެ އަހަރެއްގެ މާރިޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮވިޑް-19 އާ ގުޅިގެން އިޢުލާނު ކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި، މި ދުވަސްކޮޅު އަޅާފައިވާ އެކި ފިޔަވަޅުތަކުގެ ސަބަބުން،  މި ކޮމިޝަނަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ދިމާވެދާނެ ދަތިތަކެއް ހުރެދާނެކަމަށް ޤަބޫލުކުރެވޭތީ، ލައިސަންސް ލިބިފައިވާ ފަރާތްތަކުން ކޮމިޝަނަށް ދައްކަވަންޖެހޭ 2020 ވަނަ އަހަރުގެ އަހަރީ ފީ ޖޫރިމަނާއަކާނުލައި ބަލައިގަތުމުގެ އެންމެ ފަހުގެ ތާރީޚަކީ 30 ޖޫން 2020 ކަމުގައި މި ކޮމިޝަނުގެ ނަންބަރު: 427-OPR/1/2020/8  (IUL) (25 މެއި 2020) އިޢުލާނުން ވާނީ ހަމަޖައްސާފައެވެ. ނަމަވެސް، ރާއްޖޭގެ ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން، ބްރޯޑްކާސްޓަރުންނަށް މާލީގޮތުން ދަތިތަކާ ކުރިމަތިލާންޖެހިފައި ވުމުގެ ސަބަބުން ބައެއް ބްރޯޑްކާސްޓަރުން ފީ ދެއްކުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދެމުންދާތީ، ލައިސަންސް ލިބިފައިވާ ފަރާތްތަކުން ކޮމިޝަނަށް ދައްކަވަންޖެހޭ 2020 ވަނަ އަހަރުގެ އަހަރީ ފީ ދެއްކުމުގެ މުއްދަތު އިތުރުކޮށްދީ، މި ދެންނެވި ފީތައް (ޖޫރިމަނާއަކާނުލައި) ބަލައިގަތުމަށް މިހާރު ހަމަޖައްސާފައިވާ އެންމެ ފަހުގެ ތާރީޚަކީ 31 އޮގަސްޓް 2020 ކަމުގައި ދެންނެވީމެވެ.

މިހާރު ކުރިމަތި ވެފައިވާ  މި ޙާލަތާ ގުޅިގެން ދެންނެވުނު ސުންގަޑިއަށް އެއްވެސް ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެ ކަން އަލުން އިޢުލާނުކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

23 ޝައްވާލް 1441

15 ޖޫން 2020