May 13, 2015
އިޢުލާން
ނަންބަރު: 427-OPR/1/2015/21–(IUL)
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ވެބްސައިޓް އަޕްގްރޭޑްކޮށްދޭނެ ފަރާތެއް ހޯދުން
މިކޮމިޝަނުގެ ނަންބަރު: 427-OPR/1/2015/19–(IUL) (27 އެޕްރީލް 2015) އިޢުލާނަށް އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާތިލްކޮށް އެކަމަށް އަލުން އިޢުލާން ކުރަމެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ވެބްސައިޓް www.broadcom.org.mv އަށް ޒަމާނީ ބަދަލު ތަކެއް ގެނެސް އަޕްގްރޭޑްކުރުމަށް ބޭނުންވާތީ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި ވެބްސައިޓަށް ގެންނަން ބޭނުންވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
1. ވެބްސައިޓަކީ ޒަމާނީ އަދި މައުލޫމާތު ހޯދުމަށް ފަސޭހަ ވެބްސައިޓަކަށް ހެދުން
2. ސިމްޕަލް އަދި ޔޫޒަރ ފްރެންޑްލީ ވެބްސައިޓަކަށް ހެދުން
3. ސްމާރޓް ފޯނު، ޓެބްލެޓް ފަދަ ތަކެތި ބޭނުންކޮށްގެން ފަސޭހައިން އެކްސެސްކުރެވޭ ވެބްސައިޓަކަށް ހެދުން
ވީމާ، މިކަމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 25 މެއި 2015 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 އަށް މި ކޮމިޝަންގެ ޖަލްސާކުރާ މާލަމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށް ފަހު، 02 ޖޫން 2015 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00އަށް މި ކޮމިޝަނަށް ހާޒިރުވެވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް: އަންދާސީ ހިސާބު ހުށަހެޅޭނީ މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ. އަދި ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
24 ރަޖަބު 1436
13 މެއި 2015