September 17, 2024
ނަންބަރު: 41(IUL)427-OPR/1/2024/
ޢަދަދު:1
މަސައްކަތްކުރަންޖެހޭ ތަން: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން / ކ.މާލެ
ކްލެސިފިކޭޝަން: ލީގަލް އޮފިސަރ ގްރޭޑް 1
ސެކްޝަން: ލީގަލް އެފެއާޒް
އަސާސީ މުސާރަ: 7000/- ރުފިޔާ
– ނޮންޕްރެކްޓިސް އެލަވަންސް: -/2500 ރުފިޔާ
– ލިވިންގ އެލަވަންސް: -/3000 ރުފިޔާ
– އިތުރުގަޑީގެ ފައިސާ: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.
– މަގާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.
ޝަރީޢަތާއި ޤާނޫނީ ދާއިރާ
1. ޝަރީޢަތާއި ޤާނޫނީ ދާއިރާއިން ޑިޕްލޮމާ ޙާޞިލް ކޮށްފައިވުމާއި އެދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
2. ދިވެހި އަދި އިގިރޭސި ބަހުން ފަސޭހަކަމާއި އެކު މުޢާމަލާތު ކުރަން އެގުން.
3. މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޟިރީއަށް ފަރުވާބަހައްޓާ މީހަކަށް ވުން.
4. މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.
ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 60 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
1. ޤާނޫނީ ގޮތުން ކޮމިޝަނަށް ލަފާދިނުން.
2. ކޮމިޝަނުން ދަޢުވާ ކުރާ މައްސަލަތަކާއި ކޮމިޝަނަށް ރައްދުވާ މައްސަލަތަކުގައި ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ކޮމިޝަން ތަމްސީލުކުރުން.
3. ސެކްޝަނުން ފޮނުވަންޖެހޭ ސިޓީ ތައް ތައްޔާރު ކޮށް ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުމުގެ އެންމެހާ މަސައްކަތްކުރުން.
4. ކޮމިޝަނުގެ ހުރިހާ ޑިޕާޓްމަންޓްތަކަށް ގާނޫނީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުން.
5. ކޮމިޝަންގެ ހިންގާގަވާއިދުތަކާއި އުސޫލުތަކާއި “ޕްރޮސެސް އެންޑް ޕްރޮސީޖަރޒް” އެކުލަވާލުމުގައި ގާނޫނީ ލަފާދިނުން.
6. ކޮމިޝަން މެންޑޭޓްގައި ހިމެނޭ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރި ޕްރޮގްރާމްތައް ރާވާ ވެރިންގެ ލަފަޔާއި އިރުޝާދުގެ ދަށުން ހިންގުން.
7. ކޮމިޝަނުން ބަލާ ނިންމާ ޝަކުވާ ތަކުގެ މަޢުލޫމާތު ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ވެބްސައިޓުގައި ޝާއިއު ކުރުމަށް ކަމާއިގުޅޭ ޑިޕާޓްމެންޓަށްފޮނުވުން.
8. ކޮމިޝަނުގެ ތަސައްވަރު ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރި ވެދިނުން.
9. ކޮމިޝަނުގެ މަސައްކަތްތަކާއި ގުޅުންހުރި ކަންކަމުގައި އެހީތެރިވެދިނުން.
10. ކޮމިޝަންގެ މަސައްކަތްތަކަށް އެވަގުތަކު ބޭނުންވާ އެހީތެރިކަމެއް ފޯރުކޮށްދިނުން
1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.)
2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ އަޞްލު)
3. ދައުލަތުގެ އިދާރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
4. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވި ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާ އަދި އަދާކޮށްފައިވާ ވަޒީފާތަކުގެ ތަފްސީލް އެނގޭނެ ލިޔުން )
30 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅުއްވުން އެދެމެވެ.
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ކޮމިޝަނުގެ ކައުންޓަރުންނާއި، ވެބްސައިޓް www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ކޮމިޝަނުގެ ކައުންޓަރުންނާއި، ވެބްސައިޓް broadcom.org.mv އިން ލިބެން ހުންނާނެއެވެ.
މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު:3334334 / 3334333
އެޕްލިކޭޝަން ހުށަހަޅަންވީ އެޑްރެސް:
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން،
ގ. ބިއްލޫރިޖެހިގެ 3 ވަނަ ފަންގިފިލާ،
މަޖީދީ މަގު،
މާލެ.
އެޕްލިކޭޝަން އީމެއިލް ކުރަންވީ އެޑްރެސް: info@broadcom.org.mv
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދަންނަވަމެވެ.
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް
17 ސެޕްޓެންބަރު 2024 |