July 7, 2020
އިޢުލާން
ނަންބަރު:(IUL)427-OPR/1/2020/10
ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުންނާއި އެ މެންބަރުންގެ އަނބިއަނބިކަނބަލުންނާއި، ފިރިކަލުންނާއި އަދި އުމުރުން 18 އަހަރު ނުފުރޭ ދަރީންނަށް 15 އޮގަސްޓް 2020 އިން ފެށިގެން 1 އަހަރު ދުވަހަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއި އެކު މިވާ މަޢުލޫމާތާއި އެއްގޮތަށް 16 ޖުލައި 2020 ވާ (ބުރާސްފަތި) ދުވަހުގެ 13:00 އަށް ކޮމިޝަނަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މޯލްޑިވްސް ބަރޯޑްކާސްޓިންގ ކޮމިޝަންގެ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް 1 އަހަރު ދުވަހަށް ހެލްތު އިންޝުއަރަންސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހުށަހަޅަން ޖެހޭ މައުލޫމާތު
ހެލްތު އިންޝުއަރަންސް ކަވަރެޖް އަހަރަކަށް (/-14500 ރ ބޮލަކަށް )
ކޮމިޝަން މެމްބަރުންގެ އަދަދު: 7
ޑިޕެންޑެންޓުންގެ އަދަދު: 19
ޕްރޮޕޯސަލްގައި ހިމަނަންޖެހޭ
ހ. ދިވެހިރާއްޖޭގެ
ށ. ބައިނަލްއަޤުވާމީ
ބެނިފިޓްސް ތަކުގެ ތަފްސީލް، ފޯރުކޮށް ދެވެންއޮތް އެންމެ ފުޅާމިނަކަށް ( ހޮސްޕިޓަލް ބެނިފިޓްސް، ސަރޖިކަލް ބެނިފިޓްސް، އައުޓް ޕޭޝަންޓް ބެނިފިޓްސް )
ހ. އެޔަރ ފެޔަރ
ށ. މެޑިކަލް ޗެކްއަޕް ( އަހަރަކަށް މެޑިކަލް ޗެކްއަޕްސް ކުރެވޭނެ އަދަދާއި އަދި ދިވެހިރުފިޔާ އިން މެޑިކަލް ޗެކްއަޕްސްގެ އަގު އެނގޭނެހެން )
ކްލެއިމް ކުރުމުގެ ޕްރޮސީޖަރގެ ތަފްސީލް (ފައިސާނުލާ)
ވަކިވަކިން ތަފްސީލްކޮށް ކްލެއިމް ކުރުމަށް ބޭނުންވާ ލިޔެކިއުންތަށް ބަޔާންކުރުން.
އިންޝިއުރެންސް ކަވަރ ކުރެވޭ ގައުމުތަކުގެ ނަމާއި ކުރެވޭނެ ސިއްހީ ޚިދުމަތް ތަކުގެ ތަފްސީލް.
ކޯ-އިންޝުއަރެންސް ކުރެވޭނެތޯ؟
ޕްއިންޓްސް ދެވޭނެ އުސޫލު
ޙާޒިރުވާން ޖެހޭ ތަން
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ގ.ބިއްލޫރިޖެހިގެ (3 ވަނަ ފަންގިފިލާ)
މަޖީދީމަގު
ގަޑިއަށް ހާޒިރުނުވާ ފަރާތްތަކާއި ފުރިމަނުވާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ.
16 ޛުލްޤައިދާ 1441
7 ޖުލައި 2020