May 9, 2022
ނަންބަރު: (IUL)427-OPR/1/2022/13
މިކަމާ ގުޅިގެން ކުރިން ކޮށްފައިވާ އިޢުލާން (ނަންބަރު: 7/ (IUL)427-OPR/1/2022) ހުޅުވާލި މުއްދަތުގައި އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.
ދިވެހިރާއްޖޭގައި ބްރޯޑްކާސްޓް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މި ކޮމިޝަނުން “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް”ގެ ނަމުގައި އެވޯޑެއް ދިނުމަށް ހަމަޖެހިފައިވާތީ، މި އެވޯޑުގެ އެންމެހައި ކަންކަމުގެ މީޑިއާ ކަވަރޭޖް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ގަވާއިދުން ނެރެމުންދާ، މި ކޮމިޝަންގެ ލައިސަންސްގެ ދަށުން ބްރޯޑްކާސްޓްކުރާ ފަރާތަކަށް ނިސްބަތްނުވާ އެންމެހައި އޮންލައިން މީޑިއާތައް، މި އިޢުލާނާއެކު މިވާ މަޢުލޫމަތާއި އެއްގޮތަށް ކަނޑައެޅިފައިވާ އުޞޫލުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.
9 މޭ 2022