ވަޒީފާގެ ފުރުސަތު – ސެކްރެޓަރީ ޖެނެރަލް

March 7, 2022

ވަޒީފާގެ ފުރުޞަތު – ސެކްރެޓަރީ ޖެނެރަލް

ނަންބަރު: (IUL) 427-OPR/1/2022-4

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

މަޤާމް: ސެކްރެޓަރީ ޖެނެރަލް

ޢަދަދު: 1 (އެކެއް)

މުސާރަ: -/20,500ރ

ލިވިންގ އެލަވަންސް: -/15,000ރ

ފޯން އެލަވަންސް: -/700ރ

އިތުރު އިނާޔަތްތައް: މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު

  • މާސްޓަރސް ޑިގްރީ ޙާޞިލް ކޮށްފައިވުން. (މީޑިޔާ/ބްރޯޑްކާސްޓް ދާއިރާއިން މަތީ ތަޢުލީމް ޙާޞިލް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)
  • ހިންގުމުގެ ދާއިރާގައި މަދުވެގެން 05 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ހުރުން.
  • ހިންގުމުގެ ދާއިރާގައި ސީނިއަރ މެނެޖްމަންޓާއި އެގްޒެކެޓިވް ލެވެލްގައި މުވައްޒަފުން ގޮވައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • ޕްރޮފެޝަނަލް، އެޑްމިނިސްޓްރޭޓިވް އަދި ޓެކްނިކަލް މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން.
  • ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތުގައި ގިނަ ވަގުތު ހޭދަ ކުރެވޭ މީހެއްކަމުގައި ވުން.
  • ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގައި އެމީހެއްގެ އަމިއްލަ މަސްލަހަތެއް ނުހިމެނޭ މީހަކު ކަމުގައިވުން.
  • މަޤާމަށް ޤާބިލް މީހެއްކަން ކޮމިޝަންގެ މެންބަރުންގެ އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.

 

މަޤާމުގެ މަސްއޫލިއްޔަތު

  • ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ޤާނޫނާއި ކޮމިޝަނުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮމިޝަންގެ އިދާރާ ހިންގާ ބެލެހެއްޓުން.
  • ކޮމިޝަނުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮމިޝަންގެ ޖަލްސާތަކުގެ އިދާރީ ކަންތައްތައް ހިންގާ ބެލެހެއްޓުން.
  • ކޮމިޝަނަށް އެކަށައެޅިފައިވާ ބަޖެޓާ އެއްގޮތްވާ ގޮތުގެ މަތިން، ކޮމިޝަނުގެ މަޤްޞަދު ޙާޞިލުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް އެކަށޭނަ މުވައްޒަފުން ހިމެނޭ އިދާރާއެއް ޤާއިމުކުރުމުގައި ކޮމިޝަނަށް އެހީތެރިވުން.
  • ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި މަޝްރޫޢުތައް އެކުލަވައި، އެކަށައަޅައި ހިންގުމުގައި ކޮމިޝަނަށް އެހީތެރިވެދިނުން.
  • އިސްނެގުމާއި، އާ ގޮތްތަކާއި، އާ ޓެކްނޯލޮޖީއާއި ހުނަރަށް އިސްކަން ދީގެން މުވައްޒަފުންނަށް އެރޮނގުތަކުން ކުރިއެރުން ގެނެސް މަސައްކަތަށް އޭގެ އެދެވޭ ކުރިއެރުން ގެނައުން.
  • ކޮމިޝަންގެ އިދާރީ ހިންގުމަށް ބޭނުންވާނެ ގަވާއިދުތައް ހެދުން.

 

ހުށަހަޅަންޖެހޭ ތަކެތި

  1. ފުުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް: www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު )
  3. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  4. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  5. ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތުން ކުރިން ވަޒީފާ އަދާކުރި ދާއިރާގެ އިސް މުވައްޒަފަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް. (ރިކޮމެންޑޭޝަން ލެޓަރ)
  6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ / އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ސާފު ކޮޕީގެ އަސްލު)
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު: 15 މާރިޗް 2022 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން.

 

ވަޒީފާއަށް އެންމެޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު – %35
  • މަސައްކަތުގެ ތަޖުރިބާ – %20
  • މަސައްކަތުގެ ހުނަރާއި ފެންވަރު ސާބިތުކޮށްދިނުމަށް ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަމަކާ ގުޅޭ ގޮތުން ޕަވަރޕޮއިންޓް ޕްރެސެންޓޭޝަނެއް ހުށަހަޅައި ދިނުން – %45

 

އިންޓަވިއު ކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚު އެންގޭނެއެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3334333/ 3334317 ނަންބަރު ފޯނާއެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

 

ނޯޓް:  މައުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ކޮމިޝަންގެ ވަޒީފާއަށް އެދޭ ފޯމް