April 22, 2015
ވަޒީފާގެ ފުރުސަތު
ނަންބަރު:(IUL) 427-OPR/1/2015/18
މަޤާމް: ޕަބްލިކް ރިލޭޝަން ކޯޑިނޭޓަރ
ގްރޭޑް: 1
ސެކްޝަން: ލީގަލް އެފެއާޒް އެންޑް ކޮމިއުނިކޭޝަން
ޑިޕާޓްމަންޓް: ލީގަލް އެފެއާޒް، މޮނިޓަރިންގ އެންޑް ލައިސަންސިންގ
އަދަދު: 1
މުސާރަ: -/8900 ރ
ލިވިންގް އެލަވަންސް: -/3000 ރ
ނޮން ޕްރެކްޓިސް އެލަވަންސް: -/2500 ރ
އިތުރު އިނާޔަތްތައް:
· އިތުރުގަޑީގެ ފައިސާ: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
. މަގާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.
މަޤާމުގެ ޝަރުތު:
· މި ދާއިރާއާއި ގުޅޭ ފީލްޑަކުން ފުރަތަމަ ޑިގްރީ ޙާޞިލް ކޮށްފައިވުން، ނުވަތަ މިދާއިރާގައި މަދުވެގެން 7 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން،
· ވެބްސައިޓް ލޭޔައުޓް މަސައްކަތް ކުރުމަށް ބޭނުންވާ ޓެކްނިކަލް ހުނަރު ލިބިފައިވާ ފަރާތަކަށް ވުން.
· ދިވެހި އަދި އިނގިރޭސި ބަހުން ފަސޭހަކަމާއި އެކު މުޢާމަލާތު ކުރަން އެނގުމާއި ނޫސްބަޔާން، ޚަބަރު، ސްޕީޗް ފަދަ ލިޔުންތައް ތައްޔާރު ކުރަން އެނގުން.
· މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ މީހަކަށް ވުން،
. މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.
މަޤާމުގެ މަސްއޫލިއްޔަތު:
· ކޮމިޝަންގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން؛
· ކޮމިޝަންގެ ވެބްސައިޓަށް ބޭނުންވާ ކޮންޓެންޓް ލިޔެ ތައްޔާރުކޮށް ވެބްސައިޓް އަދި ސޯޝަލް މީޑިއާގައި އަޕްޑޭޓް ކުރުން؛
· ކޮމިޝަންގެ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ޢާންމު ކުރުން؛
· މީޑިޔާ ބްރީފިންގތައް އިންތިޒާމު ކުރުން؛
· ކޮމިޝަންގެ މަސައްކަތްތަކާއި ބްރޯޑްކާސްޓަރުންނާއި ގުޅޭ ކަންކަމުގައި ދިވެހި ބަހާއި އިނގިރޭސި ބަހުން ޕްރެސް ރިލީޒް ތައްޔާރުކޮށް މީޑިޔާއަށް މަޢުލޫމާތު ދިނުން؛
· ކޮމިޝަނަށް ބޭނުންވާ ސްޕީޗް ފަދަ ޑޮކިއުމަންޓްތަކާއި ޕްރެޒެންޓޭޝަންތައް އިނގިރޭސި ބަހާއި ދިވެހި ބަހުން ތައްޔާރުކުރުން؛
· ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން ކޮމިޝަންގެ އިންފޮމޭޝަން އޮފިސަރުގެ މަސްއޫލިއްޔަތު އަދާކުރުން،
· ކޮމިޝަންގެ ޕަބްލިކް ރިލޭޝަން ކަންކަމުގައި ބޭނުންކުރާ މޯބައިލް ފޯނަށް ޖަވާބު ދިނުން؛
· ކޮމިޝަންގެ ތަސައްވުރު ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
ހުށަހަޅަންޖެހޭ ތަކެތި:
1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.)
2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
3. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
4. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވިވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:
04 މެއި 2015 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ތަޢުލީމާއި ތަމްރީނު
މަސއްކަތުގެ ތަޖުރިބާ
މަސައްކަތުގެ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި ސިފަތައް
މީޑިއާ ދާއިރާގައި ނުވަތަ މީޑިއާ އާއި ގުޅުންހުރި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
އިންޓަވިއު ކުރުން:
މިމަގާމަށް މީހަކު ހޮވުމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޙު އެންގޭނެއެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3334333 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3334334 އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް އިންލިބިވަޑައިގަންނަވާނެއެވެ.
03 ރަޖަބު 1436
22 އެޕްރީލް 2015