ވަޒީފާގެ ފުރުސަތު (އެކައުންޓްސް އޮފިސަރ)

April 7, 2015

ވަޒީފާގެ ފުރުސަތު

ނަންބަރު:(IUL) 427-OPR/1/2015/16) 

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މުވައްޒަފަކަށް ވެވަޑައިގަތުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

މަޤާމް: އެކައުންޓްސް  އޮފިސަރ

ގްރޭޑް:  3

ސެކްޝަން: ފައިނޭންސް އެންޑް އެކައުންޓްސް

ޑިޕާޓްމަންޓް: ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން

އަދަދު: 1

މުސާރަ: -/8,200

ލިވިންގް އެލަވަންސް: -/3000

ނޮން ޕްރެކްޓިސް އެލަވަންސް: -/2500

އިތުރު އިނާޔަތްތައް: · އިތުރުގަޑީގެ ފައިސާ: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.

                             މަގާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ. 

މަޤާމުގެ ޝަރުތު:

 ·         މިދާއިރާއާއި ގުޅޭ ފީލްޑަކުން ޑިޕްލޮމާ ޙާޞިލް ކޮށްފައިވުން ނުވަތަ މި ދާއިރާގައި 05 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

·         ދިވެހި އަދި އިނގިރޭސި ބަހުން ފަސޭހަކަމާއި އެކު މުޢާމަލާތު ކުރަން އެނގުން،

·         ސެކްރެޓޭރިއަލް މަސައްކަތްތަކާއި އިދާރީ ހިންގުމުގެ ދާއިރާއިން ތަޖްރިބާ ލިބިފައިވުން،

·         ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާޢިދު ރަނގަޅަށް ދަންނަ ފަރާތަކަށް ވުން،

·         މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޟިރީއަށް ފަރުވާބަހައްޓާ މީހަކަށް ވުން،

.         މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދިނުން

މަޤާމުގެ މަސްއޫލިއްޔަތު: 

·         ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިންނާއި ކަމާބެހޭ ދެންނެވުން ތަކުގައިވާގޮތުގެ މަތިން، ފައިސާއާ ބެހޭ އެންމެހާ ރިޕޯޓްތައް ތައްޔާރުކުރުމާއި،ފައިސާއާބެހޭ ލިޔެކިޔުން ތައްޔާރު ކުރުމާއި، ބަޖެޓުން ފައިސާ ޚަރަދު ކުރުމުގެ އަދި މިނޫންވެސް ފައިސާއާ ބެހޭ އެންމެހާ މުޢާމަލާތްތައް ހިންގާ ބެލެހެއްޓުން،

·         ކޮމިޝަނުން ރައްޔަތުންގެ މަޖްލީހަށް ހުށަހެޅުމަށް ޤާނޫނު ލާޒިމްކުރާ އެންމެހައި ރިޕޯޓް އެ ކަނޑައަޅާ ދުވަހަށް ތައްޔާރުކުރުމުގެ އެންމެހައި މަސައްކަތް ކުރުން،

·         ވީކްލީ ތިޖޫރީ ރިޕޯޓް ތައްޔާރުކުރުމާއި ބަޖެޓާއިި ބެހޭ މިފަދަ އެހެނިހެން ރިޕޯޓްތަށް ކަމާބެހޭ ފަރާތްތަކަށް ފޮނުވޭނެގޮތަށް ތައްޔާރުކޮށް ވެރިންގެ ލަފާގެމަތީން އެތަކެތި ފޮނުވޭނެ އިންތިޒާމް ހަމަޖެއްްސުނ،

·         ކޮމިޝަނުގެ އެކިއެކި ޕްރޮޖެކްޓްތަކުގެ ބަޖެޓް ބެލެހެއްޓުން، ޚަރަދު ކުރުމާއި އާމްދަނީގެ ޔައުމިއްޔާ ތައްޔާރުކުރުން، ބަޖެޓް ބާކީ ޗެކްކުރުން،

·         ކޮމިޝަނުގެ އިންވެންޓްރީ ބެލެހެއްޓުން،

·         މުވައްޒަފުންނަށް މުސާރައާއި، އެލެވަންސްއާއި އެހެނިހެން ފައިސާ ޤަވާއިދުން ދިނުމަށް ތައްޔާރުކުރާ މުސާރަ ޝީޓާއި އެހެނިހެން ލިޔުން ފުރިހަމައަށް ޗެކްކޮށް އެފަދަ ފައިސާ ޤަވާޢިދުން ދެމުން ގެންދެވޭނެ އިންތިޒާމް ބަޖެޓްގެ ތެރެއިން ހަމަޖެއްސުން،

·         ވައުޗަރ ތައްޔާރުކުރުން (ޕަރޗޭސް ބިލް ހެދުން) އަދި ވައުޗަރ ރެޖިސްޓަރ ތައްޔާރުކުރުމާއި އެތަކެތި ފުރިހަމައަށް ޗެކްކުރުން،

·         ކްރެޑިޓް ބިލްތައް ޗެކްކުރުން،

·         ކޮމިޝަނުން އެކިފަރާތްތަކާއި ޙަވާލުކުރާ މަސައްކަތްތަކަށް ތައްޔާރުކުރާ އެއްބަސްވުންތަކަށް ބޭނުންވާ ބަޖެޓާއިބެހޭ މަޢުލޫމާތު ފުރިހަމަކޮށްދިނުން،

·         ޚަރަދު ކުރުމާއި އާމްދަނީގެ ޔައުމިއްޔާ ތައްޔާރުކުރުން،

·          ކޮންމެ އަހަރަކަށް ލަފާކުރާ ކޮމިޝަނުގެ ބަޖެޓް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން އަންގަވާ މުއްދަތަކަށް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން،

·          ކޮމިޝަނުންގެ އިންޓަރނަލް އޯޑިޓްގެ މަސައްކަތާއި އަހަރީ އޯޑިޓްގެ މަސައްކަތް ހަމަޖައްސާ އުސޫލާއި އެއްގޮތައް ކުރުން،

·         ރާއްޖެތެރެއަށް އަދި ރާއްޖެއިން ބޭރަށް ކުރުވޭ ދަތުރުތަކަށް ބަޖެޓުން ފައިސާ ހަމަޖެއްސުމުގެ އެންމެހައި މަސަކަތް ކުރުން،

ކޮމިޝަންގެ މަސައްކަތްތަކައް އެވަގުތަކު ބޭނުންވާ އެހީތެރިކަމެއް ފޯރުކޮއްދިނުން.       

ހުށަހަޅަންޖެހޭ ތަކެތި:

. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް، www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.)

  1. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް، ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ އަސްލު)
  2. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް،
  3. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވިވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ އެފަރާތުގެ ރަސްމީ ލިޔުމެއް.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:   22 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

ތަޢުލީމާއި ތަމްރީނު

މަސައްކަތުގެ ތަޖުރިބާ

މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް

 

އިންޓަވިއު ކުރުން: 

މިމަގާމަށް މީހަކު ހޮވުމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޙު  އެންގޭނެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3334333 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3334334

18  ޖުމާދަލްއާޚިރު  1436

 07  އެޕްރީލް     2015