ވަޒީފާގެ ފުރުސަތު – (އިންޓަރނޭޝަނަލް ރިލޭޝަންސް އޮފިސަރ)

July 2, 2015

ވަޒީފާގެ ފުރުސަތު

             ނަންބަރު:(IUL) 427-OPR/1/2015/27

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މުވައްޒަފަކަށް ވެވަޑައިގަތުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

މަޤާމް: އިންޓަރނޭޝަނަލް ރިލޭޝަންސް އޮފިސަރ

ގްރޭޑް:1

ސެކްޝަން: އިންޓަރނޭޝަނަލް ރިލޭޝަންސް ސެކްޝަން

ޑިޕާޓްމަންޓް: ޕްލޭނިންގ އެންޑް ޕޮލިސީ

އަދަދު:1

މުސާރަ: -/7000 ރ

ލިވިންގް އެލަވަންސް: -/3000 ރ

ނޮން ޕްރެކްޓިސް އެލަވަންސް: -/2500 ރ

އިތުރު އިނާޔަތްތައް:

· އިތުރުގަޑީގެ ފައިސާ: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

. މަޤާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

· ދާއިރާއާއި ގުޅޭ ފީލްޑަކުން ޑިޕްލޮމާއެއް ޙާޞިލް ކޮށްފައިވުން؛ ނުވަތަ މި ދާއިރާގައި 05 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

· ދިވެހި އަދި އިނގިރޭސި ބަހުން ފަސޭހަކަމާއިއެކު މުޢާމަލާތު ކުރަން އެނގުން؛

· އިންޓަރނޭޝަނލް ޙަރަކާތްތަކަށް ބޭނުންވާ ސެކްރެޓޭރިއަލް މަސައްކަތްތަކާއި އިދާރީ ހިންގުމުގެ ދާއިރާއިން ތަޖްރިބާ ލިބިފައިވުން؛

· މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ޙާޟިރީއަށް ފަރުވާބަހައްޓާ މީހަކަށް ވުން؛

. މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.

މަޤާމުގެ މަސްއޫލިއްޔަތު: 

· ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ބްރޯޑްކާސްޓަރުންނާ އަދި ބްރޯޑްކާސްޓަރުންގެ ޖަމިއްޔާ ތަކާއެކު ކޮމިޝަނުން ކުރަންޖެހޭ މުޢާމަލާތްތައް ކުރުމުގައި އެހީތެރިވެދިނުން؛

· ކޮމިޝަނަށް ބޭނުންވާ އެހީއާއި ތަމްރީންގެ ފުރުސަތުތައް ބައިނަލްޢަޤުވާމީ ފަރާތްތަކުން ހޯދުމުގައި އެހީތެރިކަން ދިނުން؛

· ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާ ތަރައްޤީ ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ތަމްރީންގެ ފުރުސަތުތައް ބޭރުގެ ފަރާތްތަކުން ހޯދުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވެދިނުން؛

· ކޮމިޝަންއާއި ގުޅިގެން ބޭރުގެ ބްރޯޑްކާސްޓަރުން ނުވަތަ ބްރޯޑްކާސްޓުކުރުމުގެ ދާއިރާއާއި ގުޅުންހުރި ޖަމާޢަތްތަކުން ރާއްޖޭގައި ބާއްވާ ކޮންފަރެންސް/ސެމިނަރ ފަދަ ކަންކަން ރާވައި ހިންގުމުގައި އެހީތެރިވެދިނުން؛

· ޑިޕާޓްމެންޓްގެ ފަރާތުން ކުރަންޖެހޭ މުވާޞަލާތުތައް ކުރުމާއި، ލިޔަންޖެހޭ ސިޓީ އީމެއިލް ފަދަ ތަކެތި ޑްރާފްޓްކޮށް ތައްޔާރު ކުރުން؛

· ކޮމިޝަންގެ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅުންހުރި ޕްރޮޖެކްޓްތަކައް ބޭނުންވާނެ މަޢުލޫމާތު ހޯދާ އެފަދަ މަޢުލޫމާތުގެއަލީގައި ޕްރޮޕޯޒަލްތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން؛

· ޕްލޭނިންގެ ސެކްޝަންގެ އެންމަހައި މަސައްކަތްތަކައް ބޭނުންވާ އެހީތެރިކަމެއް ފޯރުކޮއްދިނުން.

. ކޮމިޝަންގެ މަސައްކަތްތަކައް އެވަގުތަކު ބޭނުންވާ އެހީތެރިކަމެއް ފޯރުކޮއްދިނުން.

ހުށަހަޅަންޖެހޭ ތަކެތި:

· ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.)

· ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ އަޞްލު)

· ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، މިހާރު އަދާކުރަމުންދާ ވަޒީފާއިން ވަކި ކުރުމާއި މެދު އިޢުތިރާޒެއް ނެތްކަމަށް، އެ ބޭފުޅަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

· ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.

· ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު: 12ޖުލައި 2015 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން

ވަޒީފާއަށް އެންމެޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

. ތަޢުލީމާއި ތަމްރީނު

. މަސައްކަތުގެ ތަޖުރިބާ

. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް

އިންޓަރވިއު ކުރުން: 

މިމަގާމަށް މީހަކު ހޮވުމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޙު އެންގޭނެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3334333 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3334334 އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ އިން http://www.broadcom.org.mv ވެބްސައިޓް  ލިބިވަޑައިގަންނަވާނެއެވެ.

15 ރަމަޟާން 1436

02 ޖުލައި 2015