February 18, 2015
އިޢުލާން
ނަންބަރު: 6 (IUL)427-OPR/1/2015/
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ކޮންޓްރެކްޓް އުސޫލުން ޤާނޫނީ ލަފާ ދެއްވާނޭ ފަރާތެއް ބޭނުންވެއްޖެ
މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
މަސައްކަތް ކުރަން ޖެހޭ ވަގުތު: މަހަކު 8 (އަށެއް) ގަޑިއިރު
މުއްދަތު: 1 އަހަރު
ކުރަންޖެހޭ މަސައްކަތް: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އެކިއެކި ކަންކަމުގައި ބޭނުންވާ ޤާނޫނީ ލަފާ ދިނުމާއި ޤާނޫނީ ލިޔެކިޔުން ތައްޔާރުކުރުން އަދި ޝަރުއީ ކޯޓުތަކުގައި ކޮމިޝަން ތަމްސީލްކުރުން
މަޤާމުގެ ޝަރުޠު:
· ގާނޫނީ ދާއިރާއިން ޑިގްރީ ޙާޞިލް ކޮށްފައިވުން،
· ދިވެހި އަދި އިނގިރޭސި ބަހުން ފަސޭހަކަމާއިއެކު މުޢާމަލާތު ކުރަން އެނގުން،
· ގާނޫނީ ދާއިރާގައި މަސައްކަތް ކުރުމުގައި މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން،
· މަސައްކަތުގެ ހުނަރާއި ޤާބިލުކަން ކޮމިޝަންގެ އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.
ބްރޯޑްކާސްޓިންގ ދާއިރާގެ ޤާނޫން އަދި ޤަވައިދުތަކަށް އަހުލުވެރިވެ އަދި މިފަދަ ޤަވާއިދުތަކާއި، ގައިޑްލައިންތައް ޑްރާފްޓް ކުރުމުގައި އަދި ބްރޯޑްކާސްޓިންގ ދާއިރާގެ ކަންކަމުގައި ޤަނޫނީ ލަފާ ދިނުމުގައި ތަޖްރިބާހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
އުޖޫރަ: ކޮންމެ މަހަކު -/5،000ރ (ފަސް ހާސް ރުފިޔާ)
އިތުރުގަޑި: މަހަކު މަސައްކަތްކުރަން ހަމަޖެހިފައިވާ 8 (އަށެއް) ގަޑިއިރުގެ އިތުރަށް މަސައްކަތް ކުރާ ކޮންމެ ގަޑި އިރަކަށް ދެފަރާތުން އެއްބަސްވާ ރޭޓަކުން އިތުރުގަޑީގެ ފައިސާ ހަމަޖެއްސޭނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި:
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު: 25ފެބްރުއަރީ 2015 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން
އެޑްރެސް އަދި ގުޅޭނެ ނަންބަރު:
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
މާލެ،ދިވެހިރާއްޖެ
އަމީނީމަގު
ފޯން: 3334333
ފެކްސް: 3334334
އީމެއިލް: www.broadcom.org.mv
28 ރަބީޢުލްއާޚިރް 1436
18 ފެބްރުއަރީ 2015