May 16, 2023
ނަންބަރު: (IUL)427-OPR/1/2023/8
ކޮމިޝަނުން ބިއުރޯ އޮފިސަރ ގެ މަޤާމަށް 30 އެޕްރީލް 2023 ގައި ކުރެވުނު ނަންބަރު IUL)427-OPR/1/2023/5) އިއުލާން ބާތިލްކޮށް، މިމަގާމަށް އަލުން އިއުލާން ކުރަމެވެ.
މަޤާމު: ބިއުރޯ އޮފިސަރ
ޢަދަދު: 1
މަސައްކަތްކުރަންޖެހޭ ތަން: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން / ކ.މާލެ
ކްލެސިފިކޭޝަން: ބިއުރޯ އޮފިސަރ، ގްރޭޑް 1
ސެކްޝަން: ކޮމިޝަނަރސް ބިއުރޯ
އަސާސީ މުސާރަ: 7000 ރުފިޔާ
އެލަވަންސް:
އަސާސީ ޝަރުޠު:
1. އެޑްމިނިސްޓްރޭޓިވް ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއި އެކު 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،
2. ދިވެހި އަދި އިނގިރޭސި ބަހުން ފަސޭހަކަމާއެކު މުޢާމަލާތު ކުރަން އެނގުން،
3. ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކޮށް ޓައިޕްކުރަން އެނގުން،
4. ސެކްރެޓޭރިއަލް މަސައްކަތްތަކާއި އިދާރީ ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން،
5. މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ ފަރާތަކަށްވުން،
6. މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދިނުން.
އެހެނިހެން ޝަރުޠު:
ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 60 އަހަރަށްވުރެ ދޮށީ އުމުރުގެ މީހަކު ކަމުގައި ނުވުން.
މަޤާމުގެ މަސްއޫލިއްޔަތުތައް:
ތަޢުލީމީ ރޮނގު: އިދާރީ (އެޑްމިނިސްޓްރޭޓިވް)
ހުށަހަޅަންޖެހޭ ތަކެތި:
(ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
7. ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ މިމަޤާމަށް ހޮވިއްޖެނަމަ މިހާރު އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން
ސުންގަޑި: 25 މޭ 2023 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު:
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް:
ކޮންޕިޓަންސީ ދާއިރާ | މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%) |
ތަޢުލީމާއި ތަމްރީން | 35% |
މަސައްކަތުގެ ތަޖްރިބާ | 20% |
އިންޓަވިއު | 30% |
ޕްރެކްޓިކަލް ޓެސްޓް | 15% |
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:
ވަޒީފާގެ ފުރުޞަތު – ބިއުރޯ އޮފިސަރ
16 މެއި 2023