“ނޫސްވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯސް” ފަށައިފި

August 21, 2022

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލާއި ޝަހީބު މީޑިއާ ގުޅިގެން ނޫސްވެރިކަން އަދާކުރާ ޒުވާން ނޫސްވެރިންނަށާއި ނޫސްވެރިކަމަށް އަލަށް ނުކުންނަ ފަރާތްތަކަށް އަމާޒުކޮށް ނޫސްވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯހެއް ފަށައިފިއެވެ.

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް މަލްޓިޕަރޕަސް ހޯލްގައި 21 އޯގަސްޓުން 6 ސެޕްޓެމްބަރަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި ދިވެހި ނޫސްވެރިކަމުގެ ތަޖުރިބާކާރު އެތައް ނޫސްވެރިންނަކާއި އެޑިޓަރުން އެކި ސެޝަންތައް ނަންގަވައިދެއްވުމަށް ހަމަޖެހިފައިވެއެވެ.

އަދި ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއާއި، ލީގަލް ކޯޑިނޭޓަރ އަލްއުސްތާޛާ ސަނިއްޔާ ޙުސައިނާއި ލީގަލް އޮފިސަރ އަލްއުސްތާޛާ ޢާޢިޝަތު ހާދިޔާ މުޙައްމަދު މި ކޯހުގައި ސެޝަންތައް ނަންގަވައިދެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.