“ނޫސްވެރިކަމުގެ އަސާސީ ކޯސް” ނިމި، ބައިވެރިންނަށް ސެޓްފިކެޓް ދީފި

September 6, 2022

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލާއި ޝަހީބު މީޑިއާ ގުޅިގެން ނޫސްވެރިކަން އަދާކުރާ ޒުވާން ނޫސްވެރިންނަށާއި ނޫސްވެރިކަމަށް އަލަށް ނުކުންނަ ފަރާތްތަކަށް އަމާޒުކޮށް ބޭއްވި ނޫސްވެރިކަމުގެ އަސާސީ ހުނަރު ދަސްކޮށްދޭ ކޯސް ނިމި، ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

އަޙްމަދދިއްޔާ އިންޓަރނޭޝަނަލް ސްކޫލް މަލްޓިޕަރޕަސް ހޯލްގައި 21 އޯގަސްޓުން 6 ސެޕްޓެމްބަރަށް ކުރިއަށްގެންދިޔަ މި ކޯހުގައި ދިވެހި ނޫސްވެރިކަމުގެ ތަޖުރިބާކާރު އެތައް ނޫސްވެރިންނަކާއި އެޑިޓަރުން އެކި ސެޝަންތައް ނަންގަވައިދެއްވާފައިވެއެވެ.

އަދި މި ކޯހުގައި ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއާއި، ލީގަލް ކޯޑިނޭޓަރ އަލްއުސްތާޛާ ސަނިއްޔާ ޙުސައިނާއި ލީގަލް އޮފިސަރ އަލްއުސްތާޛާ ޢާޢިޝަތު ހާދިޔާ މުޙައްމަދު ސެޝަންތައް ނަންގަވައިދެއްވިއެވެ.

މި ކޯހުގައި ބައިވެރިވެ ސެޓްފިކެޓް ހާސިލްކުރި ބައިވެރިންނަށް ސެޓްފިކެޓްތައް ދެއްވީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މަރްޔަމް ވަހީދާއާއި، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް މުޙައްމަދު ޝަފާޢު ޙަސަން އަދި ޝަހީބް މީޑިއާގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޝަހީބެވެ.