“ލައިވް އިވެންޓްތައް ހުއްޓާލުމަށް ބްރޯޑްކާސްޓަރުންނަށް އެންގުމާބެހޭ އުސޫލު” ބާޠިލުކޮށްފި

December 6, 2018

 

22 ސެޕްޓެންބަރު 2018 ގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ޢާއްމުކޮށްފައިވާ “ލައިވް އިވެންޓްތައް ހުއްޓާލުމަށް ބްރޯޑްކާސްޓަރުންނަށް އެންގުމާބެހޭ އުސޫލު” 22 ނޮވެންބަރު 2018 އިން ފެށިގެން ބާތިލްވެފައިވާކަމުގައި ކަނޑައަޅައިފިއެވެ.

މި އުސޫލަކީ، ޤާނޫނު ނަންބަރު 15/2016 (އަބުރު ރައްކައުތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ ދަށުން އެކުލަވާލައި އަމަލުކުރަން ފެށުނު އުސޫލެއްކަމުން، އެ ޤާނޫނު 22 ނޮވެންބަރު 2018 ގައި އުވާލުމާ ގުޅިގެން މި އުސޫލުވެސް އެ ތާރީޚުން ފެށިގެން ބާތިލުވެފައިވާކަމަށް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.