May 20, 2015
އިޢުލާނު
ނަންބަރ: (IUL)427-LCM/1/2015/23
ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓް ލައިސަންސް ބާތިލްވުމާއި އެ ލައިސަންސަށް ދައްކަންޖެހޭ ފީ އަދި ޖޫރިމަނާ ދެއްކުން
ބްރޯޑްކާސްޓް ކުރުމުގެ ޤަވާއިދު އަދި ރިބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 11 ވަނަ މާއްދާގެ (ނ)ގެ ދަށުން ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ އަހަރީ ފީއަކީ ކޮންމެ އަހަރެއް ފެށޭއިރު ބްރޯޑްކާސްޓަރުން/ރިބްރޯޑްކާސްޓަރުން ކޮމިޝަނަށް ދައްކަންޖެހޭ ފީއެއްކަން އެނގެން އޮތުމާއި އެ ފީ ދެއްކުމަށް އޮންނަ އެންމެ ފަހު ތާރީހަކީ (ޖޫރިމަނާވުމަކާ ނުލައި) އެ އަހަރެއްގެ މާރޗްމަހުގެ އެންމެ ފަހު ދުވަސްކަން އެނގެން އޮތުމުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޫކޮށްފައިވާ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސެއް ނުވަތަ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސެއް ބާތިލްވެއްޖެ ނަމަ ނުވަތަ ބާތިލްކޮށްފި ނަމަ އެ އެލައިސަންސެއް ބާތިލްކުރި އިރު ނުވަތަ ބާތިލްވި އިރު ހިނގަމުންދާ އަހަރަށް ދައްކަން ޖެހޭ ލައިސަންސްގެ އަހަރީ ފީ ލައިސަންސްގެ ވެރިފަރާތުން ކޮމިޝަނަށް ދައްކަންވާނެއެވެ.
އަދި އެ އަހަރަށް ދައްކަންޖެހޭ ލައިސަންސްގެ އަހަރީ ފީ އެ އަހަރުގެ 31 މާރިޗު ގެ ނިޔަލަށް ނުދައްކައިގެން ޤަވާއިދުގައި ވާގޮތުގެ މަތީން ދުވާލަކަށް -/2000ރ ގެ މަގުން ހިނގާ ޖޫރިމާނާ ދެމިއޮންނާނީ ލައިސަންސް ބާތިލްކުރާ ނުވަތަ ބާތިލްވާ ދުވަހާ ހަމައަށް ކަމާއި މި ގޮތުން ހިނގާފައިވާ އެއްވެސް ޖޫރިމަނާ ފައިސާއެއް ވާނަމަ، ބާތިލްވި ލައިސަންސްގެ ވެރިފަރާތުން އެ ފައިސާއެއް ކޮމިޝަނަށް ދައްކަން ވާނޭކަން އަންގާ އިޢުލާން ކުރަމެވެ.
02 ޝަޢުބާން 1436
20 މެއި 2015