ކޮމިޝަންގެ އެދުމުގެ މަތިން، ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން ރައްޔިތުންނަށް ހިލޭ ލިބޭ ޕެކޭޖެއް މީޑިއާނެޓުން ތަޢާރަފުކޮށްފި

April 1, 2020

ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން ރައްޔިތުންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުގެ ސަބަބުން، އެކަމަށް އެހީތެރިވުމުގެ ގޮތުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އެދުމާއި މަޝްވަރާގެ މަތިން، މީޑިއާނެޓްގެ ކަސްޓަމަރުންނަށް ހިލޭ ލިބޭ އައު ޕެކޭޖެއް އެ ފަރާތުން ތަޢާރަފުކޮށްފިއެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި ރީބްރޯޑްކާސްޓިންގގެ ޚިދުމަތް ދެމުންދާ މީޑިއާނެޓުން، މިހާރުގެ ޙާލަތަށް ބަލައި، އޭޕްރީލް މަހަށް ޚާއްޞަކޮށް، ތަޢާރަފުކޮށްފައިވާ މި އައު ޕެކޭޖްގައި ބައެއް ދިވެހި ޗެނަލްތަކުގެ އިތުރުން، ރާއްޖެއިން ބޭރުގެ ޚަބަރާއި މުނިފޫހިފިލުވުމުގެ ބައެއް ޗެނަލްތައްވެސް ހިމަނާފައިވެއެވެ.

އަދި މި ޙާލަތާ ގުޅިގެން، އެހެން ރީބްރޯޑްކާސްޓަރުންނާއެކުވެސް ކޮމިޝަނުން ކުރަމުންދާ މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ނެރެވި، ވީހާވެސް އަވަސް ފުރުސަތެއްގައި ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށް ކޮމިޝަނުން އުއްމީދުކުރެއެވެ.