ޚަބަރު


ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދުމުގެ ފުރުސަތު ކޮމިޝަނުން ހުޅުވާލައިފި

October 4, 2020

ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 24 ވަނަ މާއްދާ އާއި ގަވާއިދު ނަންބަރު 2019/R-154 (ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) އަދި “ބްރޯޑްކާސްޓްކުރުމުގެ ލައިސަންސާއާ ގުޅޭ އުޞޫލު” ގެ ދަށުން މުޅި ރާއްޖެއަށް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުޞަތު 04 އޮކްޓޫބަރު 2020 ފެށިގެން 5 (ފަހެއް) އަހަރުގެ މުއްދަތަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުޅުވާލައިފިއެވެ.

މީޑިއާގެ ސުލޫކީ މިންގަނޑަށް އަހުލުވެރިކުރުމުގެ ވަރކްޝޮޕް ގެ ބައިވެރިންނަށް ސެޓްފިކެޓް ދީފި

October 4, 2020

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން ބޭއްވި “މީޑިއާގެ ސުލޫކީ މިންގަނޑަށް އަހުލުވެރިކުރުމުގެ ވަރކްޝޮޕް” ނިމި، ވަރކްޝޮޕްގެ ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. މި  ވަރކްޝޮޕް ނިންމުން ފާހަގަކުރުމުގެ ގޮތުން މިއަދު އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާރކްޝޮޕްގެ ބައިވެރިންނަށް ސެޓްފިކެޓް ބައްސަވާ ދެއްވީ  އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއެވެ. މީޑިއާތަކުގެ އެޑިޓަރ ލެވެލް ފަރާތްތަކަށާއި ނިއުސް ރޫމްގެ ނޫސްވެރިންނަށް އަމާޒުކޮށް ބޭއްވި މި ވާރކްޝޮޕަކީ ދިވެހި މީޑިއާގެ ވެށްޓަކީ […]

“މީޑިއާގެ ސުލޫކީ މިންގަނޑަށް އަހުލުވެރިކުރުމުގެ ވަރކްޝޮޕް” ފަށައިފި

October 2, 2020

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން ބާއްވާ “މީޑިއާގެ ސުލޫކީ މިންގަނޑަށް އަހުލުވެރިކުރުމުގެ ވަރކްޝޮޕް” މިއަދު ފަށައިފިއެވެ. މީޑިއާތަކުގެ އެޑިޓަރ ލެވެލް ފަރާތްތަކަށާއި ނިއުސް ރޫމްގެ ނޫސްވެރިންނަށް އަމާޒުކޮށް ބާއްވާ މި ވާރކްޝޮޕަކީ ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާއި އުސޫލުތައް ދަމަހައްޓައި ދިވެހި މީޑިއާގެ ވެށްޓަކީ ސުލޫކީ މިންގަނޑު ހިފަހައްޓައި އިސްލާމީ ހަމަތަކަށް އިޙުތިރާމުކުރާ ވެށްޓެއްގެ ގޮތުގައި ބައްޓަންކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމަށް އިސްލާމީ ޔުނިވަރސިޓީއާއި ކޮމިޝަނާ ދެމެދު […]

ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާއި އުސޫލުތައް ދަމަހައްޓައި ކުރިއެރުވުމަށް މަސައްކަތްކުރުމަށް އިސްލާމީ ޔުނިވަރސިޓީ އާއި ކޮމިޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

September 24, 2020

ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާއި އުސޫލުތައް ދަމަހައްޓައި ދިވެހި މީޑިއާގެ ވެށްޓަކީ ސުލޫކީ މިންގަނޑު ހިފަހައްޓައި އިސްލާމީ ހަމަތަކަށް އިޙުތިރާމުކުރާ ވެށްޓެއްގެ ގޮތުގައި ބައްޓަންކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ޕައިލަޓް ޕްރޮޖެކްޓާ ގުޅޭގޮތުން އެޑިޔުކޭޝަން މިނިސްޓަރާ ކޮމިޝަނުން މަޝްވަރާކޮށްފި

September 20, 2020

ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ޚިދުމަތް ތަޢާރަފްކުރުމަށްޓަކައި ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ދެވިދާނެ ޚިދުމަތެއްތޯ ބެލުމަށްޓަކައި އަޖުމަ ބެލުމުގެ ގޮތުން، ތަޢުލީމީ ދާއިރާއަށް އަމާޒުކޮށްގެން، ކޮމިޝަނުން ހިންގާ މަޝްރޫޢު (ޕައިލަޓް ޕްރޮޖެކްޓް) އާ ގުޅޭގޮތުން މިނިސްޓަރ އޮފް އެޑިޔުކޭޝަން ޢާއިޝަތު ޢަލީއާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މަޝްވަރާކޮށްފިއެވެ.