ޚަބަރު


ބްރޯޑްކާސްޓިންގ ކޮމިޝަންގެ މަސައްކަތްތައް ކޮމަންވެލްތްގެ އިލެކްޝަން އޮބްޒާވަރުންގެ ޓީމާ ހިއްސާކޮށްފި

September 4, 2013

ރާއްޖެ ވަޑައިގެން އުޅުއްވާ ކޮމަންވެލްތްގެ އިލެކްޝަން އޮބްޒާވަރުންގެ ޓީމާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަސައްކަތްތައް ހިއްސާކުރައްވައިފިއެވެ.

ރާއްޖޭގެ ރީބްރޯޑްކާސްޓް ނެޓްވާކްތަކުގައި ދިވެހި ޗެނެލްތައް ހިމެނުމަށް ކޮމިޝަނުން އިލްތިމާސްކޮށްފި

September 1, 2013

ރާއްޖޭގެ ރީބްރޯޑްކާސްޓަރުންގެ ނެޓްވާކްތަކުގައި ހުރިހާ ދިވެހި ޗެނެލްތައް ވެސް ހިމެނުމަށް މަސައްކަތްކުރުމަށާއި އަދި ވަކިން ޚާއްސަކޮށް ރައްޔިތުން ބަލަން ބޭނުންވާ ޗެނެލްތައް ހިމެނުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ރާއްޖޭގައި ރީބްރޯޑްކާސްޓްކުރާ ހުރިހާ ފަރާތްތަކަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު އިލްތިމާސްކޮށްފިއެވެ.

ސާފް ޗެމްޕިއަންޝިޕް ގެ ބްރޯޑްކާސްޓިންގ ރައިޓްސް އާ ގުޅޭ ގޮތުން އެމްބީސީ އިން ނެރެފައިވާ ބަޔާނަކީ ކަމުގެ ހަގީގަތް ބަލަންވާ ވަރަށް ނުބައްލަވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އަގުވެއްޓޭ ގޮތަށް ޝާއިޢުކޮށްފައިވާ ބަޔާނެއް: ކޮމިޝަން

August 28, 2013

ސާފް ޗެމްޕިއަންޝިޕްގެ ބްރޯޑްކާސްޓިނގ ރައިޓްސް އާއި ގުޅޭގޮތުން އެމްބީސީން ނެރެފައިވާ ބަޔާނަކީ ކަމުގެ ހަގީގަތް ބަލަންވާ ވަރަށް ނުބައްލަވައި، އާންމު ރައްޔިތުންނަށް މައުލޫމާތު އޮޅޭ ގޮތަށް އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އަގުވެއްޓޭ ގޮތަށް ޝާއިއުކޮށްފައިވާ ބަޔާނެއްކަމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނެފިއެވެ.

ރިޔާސީ ކެންޑިޑޭޓުންގެ ކަވަރޭޖު ގެނެސްދިނުމުގައި ޤާނޫނުތަކާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އަދި އުޞޫލުތަކުގައި ހިފެހެއްޓުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފި

August 26, 2013

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ބްރޯޑްކާސްޓަރުން ފޮނުވާ އެންމެހައި ކޮންޓެންޓެއްމެ އިންތިޚާބުތަކާ ބެހޭ އާއްމު ޤާނޫނާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އަދި “އިންތިޚާބު ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިނާ” އެއްގޮތަށް ބެހެއްޓުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ރިޔާސީ ކެންޑިޑޭޓުންނާ ގުޅުން ހުރި ޝަކުވާތައް އަވަސް މައްސަލަތަކެއްގެ ގޮތުގައި ބެލުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ނިިންމައިފި

August 22, 2013

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާ ގުޅުން ހުރި ޝަކުވާތައް އަވަސް މައްސަލަތަކެއްގެ ގޮތުގައި ބެލުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނިިންމައި، އެ އުސޫލުން އަމަލްކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.