މީޑިއާނެޓްގެ ނެޓްވޯކްގައި ލޯކަލް ޗެނަލްތައް ރައިޑް ކުރުމަށް ނަގަމުންދާ ފީ ފާސްކުރުން

February 23, 2015

ނަންބަރު: 427-LCM/CIR/2015/4

ސަރކިއުލަރ

 މީޑިއާނެޓްގެ ނެޓްވޯކްގައި ލޯކަލް ޗެނަލްތައް ރައިޑް ކުރުމަށް ނަގަމުންދާ ފީ ފާސްކުރުން

           މީޑިއާ ނެޓް ޕްރައިވެޓް ލިމިޓެޑްގެ ކ.އަތޮޅު އަދި ސ.އަތޮޅު ސަރަހައްދުގައި ހިމެނޭ ނެޓްވޯކްގައި ލޯކަލް ޗެނަލްތައް ރައިޑް ކުރުމަށް -/4ރ (ހަތަރު ރުފިޔާ) އެއީ އެކަށީގެންވާ އަގެއް ކަމުގައި އަންނަނިވި ޝަރުތުތަކާއި އެކު ކޮމިޝަންނުންވަނީ 24 ސެޕްޓެމްބަރ 2014ވަނަ ދުވަހު ފާސްކޮށްފައެވެ.

· ކޮންމެ ހަތަރު މަހުން އެއްމަހު މީޑިޔާނެޓްގެ ޙިދުމަތް ދެމުންދާ ސަރަޙައްދުތަކުގައި ހިމެނޭ ކަނެކްޝަންތަކުގެ އަދަދު ކޮމިޝަނަށް ލިޔުމުން އެންގުން.

· މީޑިޔާ ނެޓްގެ ކަނެކްޝަންތަކުގެ އަދަދަކީ އާންމުފަރާތްތަކަށް ސަރަހައްދުތައް ވަކިން އެގޭނޭހެން ޝާޢިޢު ކުރެވިފައިވާ މައުލޫމާތެއް ކަމުގައިވުން.

· ލައިސަންސް ދީފައިވާ ކޮންމެ ސަރަހައްދަކަށް ވަކިން ރައިޑްކުރުމުގެ ފުރުސަތު ބްރޯޑްކާސްޓަރުންނަށް އޮތުން

             ވީމާ މިކަން ހުރިހާ ބްރޯޑްކާސްޓަރުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

  04 ޖުމާދުލްއޫލާ 1436

 23 ފެބުރުވަރީ 2015