ކޮމިޝަނާއި ރާއްޖެޓީވީ ބައްދަލުކޮށް ދަތިތައް ހިއްސާކޮށްފި

May 9, 2025

ޤާނޫނު ނަމްބަރު 1/2013 ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ ބާބު, މީޑިއާ ގައި ބްރޯޑްކާސްޓްކުރުމުގައި ލާޒިމް ކުރާ ކަންކަން ތަންފީޒުކުރުމުގައި ބްރޯޑްކާސްޓިންގ އުސޫލް ތަކާއި އެކު އަމަލު ކުރުމުގައި ދިމާވާ ދަތިތަކާއި ގުޅިގެން ރާއްޖެޓީވީ އާ ބައްދަލުކޮށް, އެފަރާތުގެ ކަންބޮޑުވުން ތަކާއި ގުޅިގެން ބައްދަލުކޮށް ކޮމިޝަނުން މަޝްވަރާކޮށްފި އެވެ.

މި ބައްދަލުވުމުގައި ކޮމިޝަނުން ވަނީ ކޮންޓެންޓް ފޮނުވުމުގައި ބްރޯޑްކާސްޓަރުން  އަމަލުކުރަންޖެހޭ އުސޫލުގެތެރެއިން އަދި އާްމު އިޖުތިމާޢީ މިންގަނޑާއި އެއްގޮތަށް ކޮންޓެންޓް ފޮނުވުމަށް އެދިފައި އެވެ.އަދި ލައިވްކޮށް ފޮނުވާ ކޮންޓެންޓްވެސް ސުލޫކީ މިންގަނޑުގެ ތެރެއިން ފޮނުވުމަށް ސަމާލުކަން ދިނުމަށްވެސް ކޮމިޝަނުން ވަނީ އެދިފައިއެވެ.

މީގެ އިތުރަށް ބްރޯޑްކާސްޓް ކުރުމުގައި އެ ސްޓޭސަނަށް ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ ދެނެގަނެ އެ ޗެނަލްގެ ފަރާތުން ފާހަގަކުރި ކަންބޮޑުވުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ކޮމިޝަނާއި އަދި ޗެނަލްއަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް ބައްދަލުވުމުގައި މަޝްވަރާކުރިއެވެ.

އަދި ހަމަ މި ކަމާގުޅިގެން ރާއްޖޭގެ ބްރޯޑްކާސްޓް ކުރާ އެހެން ޗެނަލްތަކާއިވެސް މަޝްވަރާކުރުމަށް ކޮމިޝަނުން ވަނީ ނިންމާފައި އެވެ.