January 23, 2025
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ހުސްވެފައިވާ ރައީސް ކަމަށް ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި ޞަފާ ޝަފީޤް އިންތިހާބުކޮށްފިއެވެ.
ރައީސްކަމުގެ މަޤާމަށް ޞަފާ އިންތިހާބުކުރީ 22 ޖެނުއަރީގައި ބޭއްވި ކޮމިޝަނުންގެ ކުއްލި ބައްދަލުވުމުގައި ކޮމިޝަންގެ މެންބަރުންގެ އިއްތިފާގުންނެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ޞަފާ ޝަފީޤް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައި ވަނީ 9 މެއި 2023 ގައި އެވެ.އެހެން ކަމުން، މިވަގުތު ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ތިއްބެވީ؛
ނައިބު ރައީސް- މުހައްމަދު ފަޒީން
ކޮމިޝަނަރު-އާމިނަތު އަމީނާ
ކޮމިޝަނަރު-ޝިފްލާ އިބްރާހިމް
ކޮމިޝަނަރު-އާމިނަތު ނުޒުހާ އަދި މީގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާ 20 ޖަނަވަރީ 2025ގައި ކޮމިޝަންގެ މެންބަރު ކަމަށް އައްޔަނުކުރެއްވި މުހައްމަދު އަބްދުﷲ އަދި އަލްއުސްތާޛާ އާމިނަތު ސަރަހާތު އިއްޒަތު އެވެ.