February 10, 2014
ނަންބަރު: 427-LCM/CIR/2014/1
ސަރކިއުލަރ
ބްރޯޑްކާސްޓްކުރަން ފަށައިފައިނުވާ ފަރާތްތަކުގެ ލައިސަންސް ބާތިލުވުން
ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފަށަންވާނެ ތާރީޚަކީ ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން 12 މަސް ހަމަވާ ތާރީހުކަމުގައި ކަނޑައަޅައި އަދި މި ތާރީޚުގެ ފަހުން އިތުރަށް ހިނގާ 12 މަސްދުވަހުގެ ތެރޭގައި ބްރޯޑްކާސްޓްކުރަން ފަށާފައިނުވާ ނަމަ ލައިސަންސް ބާތިލްވާނޭކަމަށް ބަޔާންކޮށް މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު: (IUL)427-LCM/PRIV/2013/6 އިއުލާނާ ހަވާލާދީ ދަންނަވަމެވެ.
ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައި ވަނީ 2012ވަނަ އަހަރުގެ ތެރޭގައި ކަމުގައިވާތީ މި ހިނގާ 2014 ވަނަ އަހަރުގެ ތެރޭގައި ބްރޯޑްކާސްޓްކުރަން ފަށައިފާއިނުވާ ފަރާތްތަކުން، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 30ވަނަ މާއްދާގެ (ނ)އާއި ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 19ވަނަ މާއްދާގައި ވާގޮތުގެމަތީން، މަތީގައި ބުނެވިދިޔަ މުއްދަތުގައި ބްރޯޑްކާސްޓްކުރަން ފަށައިފައި ނުވާނަމަ އެ ފަރާތްތަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލްވާނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.
ތިރީގައިވާ ތާވަލުގައި ބަޔާންކޮށްފައި މި ވަނީ މިހާތަނަށް ބްރޯޑްކާސްޓްކުރަން ފަށާފައިނުވާ ފަރާތްތަކަށް ލައިސަންސް ދޫކޮށްފައިވާ ތާރީޚާއި ބްރޯޑްކާސްޓްކުރަން ފަށަންޖެހޭ ތާރީޚާއި ބްރޯޑްކާސްޓްކުރަން ނުފެށުމުގެ ސަބަބުން ލައިސަންސް ބާތިލުވާނޭ ތާރީހުގެ މައުލޫމާތެވެ.
ވީމާ، ބްރޯޑްކާސްޓްކުރަން މިހާތަނަށް ނުފަށާ ހުރި ބްރޯޑްކާސްޓަރުންގެ ސަމާލުކަމަށް މިކަން ގެނައުމާއެކު ޢާންމުކޮށް އަންގައި އިއުލާންކުރީމެވެ.
10 ރަބީއުލްއާޚިރު 1435
10 ފެބްރުއަރީ 2014