މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ޕާކިސްތާނުގެ ހައި ކޮމިޝަނަރާއި ބައްދަލުކޮށްފި

September 9, 2024

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ޕާކިސްތާނުގެ ހައި ކޮމިޝަނަރާއި ބައްދަލުކޮށް ރާއްޖޭގެ ބްރޯޑްކާސްޓް އިންޑަސްޓްރީގެ ތަރައްގީ އަށް ކުރެވެން ހުރި މަސައްކަތް ތަކާއި މެދު މަޝްވަރާކޮށްފި އެވެ.

މިއަދުގެ އޮތް މި ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާ ރެގިއުލޭޓް ކުރުމުގައި ހުރި ގޮންޖެހުންތައް ހިއްސާކުރި އެވެ. އެގޮތުން، ބްރޯޑްކާސްޓަރުން ފޮނުވާ ކޮންޓެންޓް މޮނިޓާ ކުރުމަށް އެންމެ އެކަށީގެންވާ އަދި ޒަމާނީ ފެންވަރެއްގެ ސިސްޓަމެއް ފޯރުކޮށްދިނުމުގައި އެހީތެރިކަމަށް އެދިފައިވެ އެވެ.

މީގެ އިތުރުންވެސް މިއަދުގެ ބައްދަލުވުމުގައި ބްރޯޑްކާސްޓިން ދާއިރާ އަށް ފަންނީ މީހުން ބިނާ ކުރުމަށް ކޮމިޝަނުން  ކުރަމުންގެންދާ މަސައްކަތާއި ގުޅިގެން މަޝްވަރާ ކުރި އެވެ. އަދި ކޮމިޝަނުން މީގެ ކުރިން ޕާކިސްތާނަށް ޒިޔާރަތްކޮށް މައުލޫމާތު ހޯދާފައިވާ އިންސްޓިޓިއުޝަންތަކާއި ގުޅިގެން މަސައްކަތް ކުރުމަށް އެމްއޯޔޫ ހެދުމަށް މަޝްވަރާ ކުރެވުނެވެ.

މިއަދުގެ މި ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައިކޮމިޝަނަރު ވައިސް އެޑްމިރަލް މުހައްމަދު ފައްޔާޒު ގިލަނީ އާއި ޑެޕިއުޓީ ހެޑް އޮފް މިޝަން، ޒުލްގަރްނައިން އަހުމަދު އެވެ.

މިއަދުގެ މި ބައްދަލުވުމުގައި ކޮމިޝަންގެ ފަރާތުން ބައިވެރިވަޑައިގަތީ؛

ކޮމިޝަންގެ ރައީސް-މަރިޔަމް ވަހީދާ

ކޮމިޝަނަރު- ޝިފްލާ އިބްރާހިމް

ކޮމިޝަނަރު-އާމިނަތު ނުޒުހާ

ސެކްރެޓަރީ ޖެނެރަލް-މަރިޔަމް ޒީނިޔާ