ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް ގުޅިގެން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

May 19, 2025

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅިގެން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް ގުޅިގެން ޕެނަލް ޑިސްކަޝަންއެއް ބާއްވައިފިއެވެ.

މި ޕެނަލް ޑިސްކަޝަންއަކީ، ނޫސްވެރިކަމުގެ މިނިވަންކަމަށާއި މީޑިއާއަށް މަސްނޫއީ ތޫނުފިލިކަމުން ކުރާ އަސަރާއި ގުޅޭގޮތުން ބޭއްވި ޕެނަލް ޑިސްކަޝަންއެކެވެ. މި ޕެނަލް ޑިސްކަޝަންގައި ނޫސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި އަދި ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޕެނަލް ޑިސްކަޝަންގައި 3 ޕެނަލްއަކުން، 3 މަޢުލޫއަކަށް އިންސާފްކުރެއްވިއެވެ.

މި ޑިސްކަޝަންގައި ވާހަކަދެކެވިގެންދިޔަ 3 މަޢުލޫއާއި ޕެނަލްގައި ހިމެނިވަޑައިގެންނެވި ބޭފުޅުން އަދި ފާހަގަކޮށްލެވޭ ނުކުތާތައް:

ޕެނަލް 1: އާޓިފިޝަލް އިންޓެލިޖެންސްއާއި ނޫސްވެރިކަން: ގޮންޖެހުންތައް އަދި ބެލެންސް ހޯދުން.

  1. މުޙައްމަދު ޖައިލަމް (ސީ.އީ.އޯ، ޖަވާބު އެކަޑަމީ)
  2. ފާތިމަތު ނަހުދާ ފާއިޒު (މެންބަރ، މޯލްޑިވްސް މީޑިއާ ކައުންސިލް)
  3. އަޙްމަދު ނާއިފް (ސީނިއަރ އެސޯސިއޭޓް އެޑިޓަރ، ދައުރު)
  4. އާލިމް އަބްދުއްލަތީފް (ސީ.އީ.އޯ، ނުކުތާ)

މިމަޢުލޫގައި ވާހަކަ ދެއްކެއްވި ޕެނަލިސްޓުން ފާހަގަކުރެއްވި މައިގަނޑު ކަންކަމުގެތެރޭގައި އޭ.އައި ގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރާނެ އަސަރުތަކަކީ ކޮބައިކަމާއި، އޭ.އައި ގެ ބޭނުންކޮށްގެން އުފައްދާ ކޮންޓެންޓްތަކުގެ ޞައްޙަކަން ކަށަވަރުކުރުމުގައި ހުރި ގޮންޖެހުންތައް ހިމެނެއެވެ. މީގެ އިތުރުން، އޭ.އައި ގެ ސަބަބުން ނޫސްވެރިންގެ ވަޒީފާތަކަށް ކުރާނެ އަސަރުތަކާއި، ނޫސްވެރިކަމުގެ ދާއިރާގައި އުފެދިދާނެ އައު ބާވަތުގެ ޑިސްއިންފޮމޭޝަން ކެމްޕޭންތަކަކީ ކޮބައިކަންވެސް ހިމެނެއެވެ.  އޭ.އައި އާއި ނޫސްވެރިކަމުގެ މިނިވަންކަމާ ދެމެދު ބެލެންސް ހޯދާނެގޮތަކާއި، އޭ.އައި ގެ ބޭނުންކުރުމުގައި އެޑިޓޯރިއަލް މިނިވަންކަން ކަށަވަރުކުރާނެގޮތްތަކާއި ގުޅޭގޮތުންވެސް ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވިގެންދިޔައެވެ.

  • ޕެނަލް 2: އޮޓޮމޭޓެޑް ކޮންޓެންޓް ޖެނެރޭޝަން: ފުރުޞަތުތަކާއި ހުރި ނުރައްކާތައް.
  1. އާމިނަތު ނުޒުހާ (ކޮމިޝަނަރ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން)
  2. ހަސަން ޒިޔާއު (މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ސްޓްރެޓިޖިސްޓް)
  3. އަލީ ސުލައިމާން (އެޑިޓަރ، މާއްދާ 4)
  4. ނުރައިން ޖަނާހް (ފައުންޑިންގ އެޑްވައިޒަރ އޮކްސިކާ)

މިމަޢުލޫގައި ވާހަކަ ދެއްކެއްވި ޕެނަލިސްޓުން ފާހަގަކުރެއްވި މައިގަނޑު ކަންކަމުގެ ތެރޭގައި، އޮޓޮމޭޓެޑް ކޮންޓެންޓް ޖެނެރޭޝަންގެ ސަބަބުން؛ ނޫސްވެރިކަމުގެ ދާއިރާއަށް ލިބޭނެ ފުރުޞަތުތަކާއި، ނުރައްކާތައް ހިމެނެއެވެ. އަދި އިންސާނީ ހައްގުތައް ހިފަހައްޓާނެގޮތްތަކާއި، ބައަސް (bias) ދެނެގަންނާނެ ގޮތްތަކާއި، އެކަން ޙައްލުކުރާނެގޮތްތަކާއި ގުޅޭގޮތުން ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވިގެންދިޔައެވެ.

  • ޕެނަލް 3: ޑިޖިޓަލް މީޑިއާގައި އޭ.އައި ގެ ބޭނުންކުރުން: އަޚްލާޤީ މިންގަނޑުތަކާއި ޤާނޫނީ ނަތީޖާ އަދި މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުން.
  1. އިބްރާހީމް މުޙައްމަދު (ނައިބް ރައީސް، މޯލްޑިވްސް މީޑިއާ ކައުންސިލް)
  2. ޢަލީ ޝައްމާން (ސްޓޭޓް މިނިސްޓަރ، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް)
  3. ޢަލީ ނިޝާން (އެޑިޓަރ، ނިއުސްރޫމް)
  4. ޞަފާ ޝަފީޤު (ރައީސް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން)
  5. ނަހްޒާ އިބްރާހީމް (ރައީސް، ވިމެން އިން ޓެކް)

މިމަޢުލޫގައި ވާހަކަ ދެއްކެއްވި ޕެނަލިސްޓުން ފާހަގަކުރެއްވި މައިގަނޑު ކަންކަމުގެތެރޭގައި، ޑިޖިޓަލް މީޑިއާގައި އޭ.އައި ގެ ބޭނުންކުރުމުގައި ޕްރައިވަސީ ރައްކާތެރިކުރާނީ ކިހިނެއްކަމާއި، އޭ.އައި ބޭނުންކޮށްގެން އުފައްދާ ކޮންޓެންޓްތަކާ ގުޅޭގޮތުން ހުރި ޤާނޫނީ ގޮންޖެހުންތަކަކީ ކޮބާކަން ހިމެނެއެވެ. މީގެ އިތުރުން، އޭ.އައި ބޭނުންކުރުމުގައި ގެންގުޅެންވީ އަޚްލާޤީ މިންގަނޑުތަކަކީ ކޮބައިކަމާއި، އޭ.އައި ގެ ބޭނުންކޮށްގެން އުފައްދާ ކޮންޓެންޓްގެ ޞައްޙަކަން ކަށަވަރުކުރާނީ ކިހިނެއްކަމާއި، އަދި އޭ.އައި ގެ ބޭނުންކޮށްގެން އުފައްދާ ކޮންޓެންޓްތަކުގައި ހިމެނޭ ޑިސްއިންފޮމޭޝަންގެ މަޢުލޫމާތު ދެނެގަންނާނީ ކިހިނެއްކަންވެސް ހިމެނެއެވެ. އޭ.އައި ގެ ބޭނުންކޮށްގެން އުފައްދާ ކޮންޓެންޓްތަކުގައި ހިމެނޭ ޑީޕްފޭކްސް ދެނެގަނެ، އެކަމާ ކުރިމަތިލާނީ ކިހިނެތްކަމާއި، އަދި  އޭ.އައި ގެ ބޭނުންކޮށްގެން އުފައްދާ ކޮންޓެންޓްތަކުގެ ސޯސްތައް ވެރިފައި ކުރާނީ ކިހިނެއްކަމާއި މެދު ވެސް މަޝްވަރާކުރެވުނެވެ. އަދި އޭ.އައި ގެ ބޭނުންކޮށްގެން އުފައްދާ ކޮންޓެންޓްތަކުގައި ހިމެނޭ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމަށް ބޭނުންކުރެވިދާނެ ޓެކްނޮލޮޖީތަކަކީ ކޮބައިކަމާއި ގުޅޭގޮތުން ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވިގެންދިޔައެވެ.

މި ޕެނަލް ޑިސްކަޝަން ބާއްވާފައިވަނީ 19 މެއި 2025 ވީ ހޯމަ ދުވަހުގެ 14:00 އިން 17:30 އަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ހޯލުގައެވެ. އަދި ޕެނަލް ޑިސްކަޝަންގައި އޯޑިއަންސްގޮތުގައި މީޑިއާތަކުންނާއި ސަރުކާރުގެ އިދާރާތަކުން ބައިވެރިވެފައިވެއެވެ.