ޕީ.އެސް.އެމް ގެ ޗެނަލްތަކުން 8 ޑިސެމްބަރ 2024 ގައި ގެނެސްދީފައިވާ ލައިވް ކޮންޓެންޓާއި ގުޅޭ

December 18, 2024

ނޫސް ބަޔާން

(PR)427-CS/427/2024/3:ނަމްަބަރު

ޕަބްލިކް ސާވިސް މީޑިއާ (ޕީ.އެސް.އެމް) ގެ ޗެނަލްތަކުން 8 ޑިސެމްބަރ 2024 ގައި ގެނެސްދީފައިވާ ލައިވް ކޮންޓެންޓެއްގައި ކީރިތި ޤުރުއާން  ކިޔަވަމުން ދިޔަ ވަގުތު ކޮންޓެންޓްގެ ބައެއް އުނިވެފައިވާކަމަށް މި ކޮމިޝަނަށް ފާހަގަ ކުރެވިފައިވާތީ، އެކަން ހިނގައިދިޔަގޮތް ކޮމިޝަނަށް ރިޕޯޓްކުރުމަށާއި އަދި ރައްޔިތުންނަށް އޮޅުންފިލުވައި ދެއްވުމަށް މި ކޮމިޝަނުން ވަނީ ޕީ.އެސް.އެމް ގައި އެދިފައެވެ.

އަދި ހަމަ އެދުވަހުން އެދުވަހަށް ޕީ.އެސް.އެމް އިން ވަނީ އެކަން ހިނގަދިއަގޮތް ދިވެހިރައްޔިތުންނަށް އޮޅުން ފިލުވައިދެއްވައި، ރައްޔިތުންގެ ކިބައިން މަޢާފަށް އެދިފައެވެ. އަދި ހަމައެއާއެކު ކަންހިނގި ގޮތުގެ ރިޕޯޓް ވަނީ މި ކޮމިޝަނަށް ހުށައަޅާފައެވެ.

އެރިޕޯޓަށް ރިޢާޔަތް ކުރާއިރު ފާހަގަކުރެވުނު ކަންތައްތައް ތިރީގައި އެވަނީއެވެ.

ޕީ.އެސް.އެމް އިން މި ކޮމިޝަނަށް ފޮނުވާފައިވާ ސިޓީ އާއި އެކު އެޓޭޗްކޮށްފައިވާ ކަންހިގާދިޔަ ގޮތުގެ ރިޕޯޓްގައި ބުނެފައިވަނީ؛

  • ރަސްދޫ އިން ލައިވް ސިގްނަލް ގެނައުމަށްޓަކައި ދެ ޑިވައިސްއެއް ބޭނުންކޮށްފައިވާ ކަމުގައި އެވެ. މި ގޮތަށް ދެ ޑިވައިސްއެއް ބޭނުންކޮށްފައިވަނީ އެއް ޑިވައިސްގެ ސިގްނަލް ފެއިލްވެއްޖެ ނަމަ، އަނެޑް ޑިވައިސްގެ ސިގްނަލަށް ބަދަލުކުރުމުގެ ބޭނުމުގައި ކަމުގައި އެވެ.
  • 2024 ޑިސެމްބަރު 8 ވަނަ ދުވަހ އއ. ރަސްދޫގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ޖަލްސާގެ ވަގުތު ދިމާވެފައި ވަނީ ޕީއެސްއެމް ނިއުސްގެ މެންދުރުފަހު ދެގަޑި ސުންމިނެޓުގެ ޚަބަރުގަޑިއަށް ކަމަށްވާތީ، ޖަލްސާ ލައިވްކުރަން ފަށާފައި ވަނީ ޚަބަރުކިޔާ ކޮންޓްރޯލް ރޫމުންނެވެ. އަދި ޖަލްސާގެ ލައިވް ފީޑު ހަބަރުކިޔާ ކޮންޓްރޯލް ރޫމުން، ޕީއެސްއެމްގެ މާސްޓާރ ކޮންޓްރޯލް ރޫމަށް ބަދަލުކުރެވުނު ކަމަށެވެ. މިއީ އާއްމު ގޮތެއްގައި ލައިވް ކުރުމުގައި ކަންތައް ކުރާ ގޮތް ކަމުގައި އެވެ.
  • ޕީއެސްއެމް ނިއުސްގެ ޚަބަރުކިޔާ ކޮންޓްރޯލް ރޫމުން ޕީއެސްއެމްގެ މާސްޓަރ ކޮންޓްރޯލް ރޫމަށް ލައިވް ފީޑް ބަދަލުކުރިކުރުމުގައި ޓެކްނިކަލް “ފްރޭމް-ލޮސް”އެއް އައިސްފައިވާކަން ވަނީ ފާހަގަކުރެވުނު ކަމުގައި އެވެ. އެހެން ކަމުން، ޕީއެސްއެމްގެ ހުރިހާ ޗެނަލްތަކާއި، ޕީއެސްއެމްގެ ހުރިހާ ސޯޝަލް މީޑިއާ ޕްލްޓްފޯމެއްގައިވެސް މި މައްސަލަ ދިމާވެފައި ކަމުގައި އެ ފަރާތުގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
  • ސޯޝަލް މީޑިއާގައި އެޑިޓްކޮށްފައިވާ ކަމަށް ދައުރުވަމުންދާ ވީޑިއޯގެ ނިއުސް ރަނިންގ ބާރ ހިނގަމުންދާ ގޮތުން، އެ ވީޑިއޯއަކީ އެޑިޓްކޮށްފައިވާ އެއްޗެއް ނޫން ކަން ސާބިތުވާނެ ކަމުގައި ރިޕޯޓުގައި ވެ އެވެ.

މިކަންކަމަށް ރިޢާޔަތްކުރާއިރު މި މައްސަލަ ދިމާވެފައިވަނީ ޕީ.އެސް.އެމް އިން ހާމަކޮށްފައިވާ ގޮތަށް ޓެކްނިކަލް އިޝޫއަކާއި ގުޅިގެންކަން މިކޮމިޝަނަށް ވަނީ ދެނެގަނެވިފައެވެ.

އެހެން ކަމުން މިކޮމިޝަނުންވާނީ މިފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތެއްގެ މަތީން އަމަލު ކުރުމަށާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕުރެކުޓިސް އާއި އެއްގޮތަށް އަމަލުކުރުމަށް އިތުރަށް ސަމާލުވުމަށް ޕީ.އެސް.އެމް އަށް އަންގާފައެވެ.