ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑި ބަދަލުވުން

May 28, 2017

އިޢުލާން

ނަންބަރު: (IUL)427-OPR/427/2017/3

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލު ގެނައުން

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސަރކިއުލަރ ނަންބަރު: 3/2017  ( 02 މޭ 2017 ) އިން 1438 ވަނަ އަހަރުގެ ރަމަޟާންމަހު ސަރުކާރު އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑި އާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ މަސައްކަތުގަޑި ހެނދުނު 10:00 ން މެންދުރުފަހު 2:00 އަށް ހަމަޖެއްސުމާއި ގުޅިގެން، މިކޮމިޝަނުގެ ރަސްމީ މަސައްކަތުގަޑި  އަކީ ހެނދުނު 10:00އިން މެންދުރުފަހު 2:00 އަށް ކަމުގައި ހަމަޖައްސައި މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. އަދި މިކޮމިޝަނަށް ފައިސާ ބަލައި ގަތުމަށް ހަމަޖެހިފައިވަނީ މެންދުރު 12:00 ގެ ކުރިން ކަމުގައި ވެސް ދެންނެވީމެވެ.

 

02 ރަމަޟާން 1438

  28 މޭ 2017