October 4, 2020
އިޢުލާން
ނަންބަރު: (IUL)427-LCM/427/2020/8
މުޅިރާއްޖެއަށާއި މާލެ ސަރަޙައްދަށް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދުމުގެ ފުރުސަތު ހުޅުވާލުން
ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 24 ވަނަ މާއްދާ އާއި ގަވާއިދު ނަންބަރު 2019/R-179 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) އަދި “ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސާއާ ގުޅޭ އުޞޫލު” ގެ ދަށުން މުޅި ރާއްޖެއަށާއި މާލެ ސަރަޙައްދަށް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދުން (04 އޮކްޓޫބަރު 2020) ފެށިގެން 5 (ފަހެއް) އަހަރުގެ މުއްދަތަށް ހުޅުވާލައިފީމެވެ.
“ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސާއާ ގުޅޭ އުޞޫލު” ގެ 5 ވަނަ މާއްދާގެ ދަށުން ރީބްރޯޑްކާސްޓްކުރުމަށް ބޭނުންވާ ފަރާތްތަކަށް، ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުމަށް ކޮމިޝަނުން ނިންމާފައިވާ ވަސީލަތް (މީޑިއަމް) ތައް ތިރީގައި މިވަނީއެވެ.
ވީމާ، ގަވާއިދު ނަންބަރު 2019/R-179 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) އަދި 04 އޮކްޓޫބަރު 2020 ގައި ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިޢުކުރެވިފައިވާ “ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސާއާ ގުޅޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެ މަތީން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހަޅުމަށް ދަންނަވެމެވެ. ލައިސަންސަށް އެދި ހުށަހަޅާ ފޯމް މިކޮމިޝަނުގެ ވެބްސައިޓް www.broadcom.org.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިފޯމު ކޮމިޝަނުގެ ރިސެޕްޝަންއިން ލިބެން ހުންނާނެއެވެ.
އަދި، ކޮމިޝަނުން ދޫކުރާ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްތައް އައު ފޯމެޓެއްގައި ދޫކުރުމަށާއި، މީގެކުރިން ކޮމިޝަނުން ދޫކޮށްފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްތައް އައު ފޯމެޓަށް )އެއްވެސް އަގަކާނުލައި( ބަދަލުކުރުމަށް މިއަދުން (04 އޮކްޓޫބަރު 2020) ފެށިގެން 3 އެޕްރީލް 2021 ގެ ކުރިން ކޮމިޝަނަށް ހުށަހެޅުމަށް މި ކޮމިޝަނުން ނިންމާފައިވާކަން އަންގަމެވެ. އަދި، ކޮމިޝަނުން ދޫކޮށްފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ އަސްލު ނުވަތަ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ގެއްލިފައި ނުވަތަ ހަލާކުވެފައިވާނަމަ، އެކަން ބަޔާންކޮށް، ލައިސަންސް ލިބިފައިވާ ފަރާތުގެ ލިޔުމެއް ހުށަހެޅުމުން ހަމަޖެހިފައިވާ އުސޫލުން އައު ފޯމެޓްގައި ލައިސަންސް ދޫކުރުމުގެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.
ވީމާ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
17 ޞަފަރު 1442
04 އޮކްޓޫބަރު 2020