ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖޫރިމަނާ ފީ ތާވަލަށް އިސްލާހްގެނައުން

March 8, 2017

                                               ނަންބަރު:(IUL)427-LCM/1/2017/8

އިއުލާން

ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ޖޫރިމަނާ ފީ ތާވަލަށް އިސްލާހްގެނައުން

 

ޤާނޫނު ނަމްބަރ: 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު)ގެ 46ވަނަ މާއްދާގެ ދަށުން އެކުލަވާލައިފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދު (2012/R-20)ގެ ޖޫރިމަނާ ފީގެ ތާވަލަށް (ޖޫރިމަނާ އަދަދަށް) އަންނަނިވި އިސްލާހު ވަނީ ގެނެސްފައެވެ.

 

  1. ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 11ވަނަ މާއްދާގެ (ބ)ގައި ބަޔާންކުރާ ޖަދުވަލު 2ގެ 10ވަނަ ނަމްބަރަށް އަންނަނިވި އިސްލާހު ގެނައުން

ޖަދުވަލު 2

ޖޫރިމަނާގެ ތާވަލު

10. މި ޤަވާއިދުގެ 11 ވަނަ މާއްދާގެ (ނ) އާ ޚިލާފުވުން. (ފާއިތުވާ ކޮންމެ ދުވަހަކަށް) – ނުދައްކާ އޮތް ފީގެ 0.05% (ސުމެއް ޕޮއިންޓް ސުމެއް ފަހެއް އިންސައްތަ)

މި ގޮތުގެ މަތީން ޖޫރިމަނާކުރެވޭނީ ނުދައްކާއޮތް ފީގެ އަދަދުގެ ދެގުނަ ނުވަތަ 250,000/- (ދެލައްކަ ފަންސާސް ހާސް) ރުފިޔާ، މި ދެ އަދަދުންކުރެ ބޮޑު އަދަދަކާ ހަމައަށެވެ.

މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި 08 ފެބްރުއަރީ 2017ގައި ޝާއިއުކުރުމާ ގުޅިގެން އެ ދުވަހުން ފެށިގެން އަމަލުކުރަން ވަނީ ފެށިފައެވެ.

08 މާރޗް 2017