ރީބްރޯޑްކާސްޓްކުރާ ޗެނެލްތަކުގެ ރައިޓްސް ހޯދުމުގައި ނޮން-އެކްސްކްލޫސިވް އެއްބަސްވުން ހެދުން

May 11, 2017

ސަރކިއުލަރ

                                                             427-LCM/CIR/2017/10:ނަންބަރު

ރީބްރޯޑްކާސްޓްކުރާ ޗެނެލްތަކުގެ ރައިޓްސް ހޯދުމުގައި ނޮން-އެކްސްކްލޫސިވް އެއްބަސްވުން ހެދުން

ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދުގެ 18ވަނަ މާއްދާގައި “ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ޗެނެލެއް ފޮނުވަންވާނީ ޗެނެލް ދޭ ފަރާތާއި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ ނޮން-އެކްސްކްލޫސިވް އެއްބަސްވުމެއް އޮވެގެންނެވެ.” މިހެން ބަޔާންކޮށްފައިވީ ނަމަވެސް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދޭ ބައެއް ފަރާތްތަކުން ރީބްރޯޑްކާސްޓްކުރާ ބައެއް ޗެނެލްތަކުގެ ވެރިފަރާތާއެކު އެކްސްކްލޫސިވްކޮށް އެއްބަސްވުން ހަދާފައިވާކަމުގެ މައުލޫމާތު މި ކޮމިޝަނަށް ލިބެމުން ދެއެވެ.

ވުމާއެކު ޗެނެލްތަކުގެ ވެރިފަރާތްތަކާއެކު ރީބްރޯޑްކާސްޓިންގ ރައިޓްސް ހޯދުމުގެ އެއްބަސްވުން ހަދާއިރު، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 18ވަނަ މާއްދާގައި ކަނޑައަޅާފައިވާގޮތުގެ މަތީން އަމަލުކުރުމަށް ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.

14 ޝައްބާން 1438

11 މޭ 2017