March 6, 2014
ނަންބަރު: 427-LCM/CIR/2014/3
ސަރކިއުލަރ
ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް ނަގާއަގުތައް ފާސްކުރުން
ޤާނޫނު ނަމްބަރ16 /2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 39ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާގޮތުން ލައިސަންސް ލިބިގެން ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އެ ހިދުމަތް ފޯރުކޮށްދިނުމަށް އަގެއް ނަގަންވާނީ، އެއަގެއް ކޮމިޝަނަށް ހުށަހަޅައި ފާސްކުރުމަށްފަހުގައެވެ. އަދި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (2012/R-20) ގެ 32ވަނަ މާއްދާގައި ވާގޮތުން ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތެއް ފޯރުކޮށްދޭ ފަރާތަކުން އެ ހިދުމަތެއް ފޯރުކޮށްދިނުމަށް އަގެއް ނަގަންވާނީ، އެ އަގެއް ކޮމިޝަނަށް ހުށަހަޅައި ފާސްކުރުމަށްފަހުގައެވެ.
ވީމާ ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް ނަގާ އަންނަނިވި އަގުތަކުގެ ތަފްސީލް 07 އޭޕްރީލް 2014 ގެ ކުރިން މި ކޮމިޝަނުން ފާސްކުރުމަށްޓަކައި ހުށަހެޅުމަށް އެދެމެވެ.
1. ކަނެކްޝަން ފީ
2. ޑީކޯޑަރގެ އަގު ނުވަތަ ފީ
3. މަހު ފީ
4. ރީ ކަނެކްޝަން ފީ
5. ޕެކޭޖްގެ ފީ
6. އިތުރު އެހެން ފީއެއް ހިދުމަތް ލިބިގަންނަ ފަރާތުން ނަގާނަމަ އެ ފީގެ ތަފްސީލް
05 ޖުމާދުލްއޫލާ 1435
06 މާރިޗު 2014