July 2, 2012
ނަންބަރު: 427-LCM/CIR/2012/06
ސަރކިއުލަރ
16 ޖުލައި 2012 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރީބްރޯޑްކާސްޓިންގ ފޯރަމް އާއި ގުޅޭ
މި ކޮމިޝަނުން އެކުލަވާލާފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދު (20-R/2012) ގެ ދަށުން ރީބްރޯޑްކާސްޓްކުރަން ބޭނުންވާ ފަރާތްތަކަށް އެ ޙިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ކޮމިޝަނާއި ހިއްސާ ކުރުމަށް މިކޮމިޝަންގެ ފަރާތުން އިންތިޒާމްކޮށްގެން ރީބްރޯޑްކާސްޓިންގ ފޯރަމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ 16 ޖުލައި 2012 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00ން މެންދުރު 12:00ށް ދިވެހިރާއްޖޭގެ އަޑުގެ ސިނެކޯ މާލަމުގައެވެ.
ވީމާ މިފޯރަމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މަޢުލޫމާތު (ނަން، އެޑްރެސް އަދި ފޯން ނަމްބަރު) ހިމެނޭހެން 11 ޖުލައި 2012 ވާ ބުދަ ދުވަހުގެ ކުރިން މިކޮމިޝަނަށް ފޮނުއްވައިދެއްވުން އެދި ދެންނެވީމެވެ. މައުލޫމާތު ހުށަހަޅުއްވާނީ ފޯނުން ނަމަ 3334333އަށް ފެކްސްގެ ޒަރިއްޔާއިން ނަމަ 3334334އަށް އަދި އީމެއިލް ކުރައްވާނަމަ comment@broadcom.org.mv އަށެވެ.
12 ޝައުބާން 1433
02 ޖުލައި 2012