ރީބްރޯޑްކާސްޓްކުރާ ފަރާތްތަކުން ބޭސިކް ޕެކޭޖަށް ނެގޭނެ އެންމެ މަތީ އަގު ކަނޑައެޅުން

March 22, 2015

ނަންބަރު: 427-LCM/CIR/2015/8

ސަރކިއުލަރ

ރީބްރޯޑްކާސްޓްކުރާ ފަރާތްތަކުން ބޭސިކް ޕެކޭޖަށް ނެގޭނެ އެންމެ މަތީ އަގު ކަނޑައެޅުން

ރީބްރޯޑްކާސްޓްކުރާ ފަރާތްތަކުން، ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 30ވަނަ މާއްދާގައި ބަޔާންކުރާގޮތުގެ މަތީން ރާއްޖޭގެ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރުގެ މައި ޗެނެލްގެ އިތުރުން މަދުވެގެން 3 ޗެނަލް ހިމެނޭގޮތަށް އެކުލަވާލާ ބޭސިކް ޕެކެޖްގެ އެންމެ މަތީ އަގަކަށް ނެގޭނީ -/150 (ސަތޭކަ ފަންސާސް ރުފިޔާ) ކަމުގައި ކޮމިޝަނުން ވަނީ 09 އޭޕްރިލް 2014ގައި ފާސްކޮށްފައެވެ.

ވީމާ ބޭސިކް ޕެކޭޖްގެ އަގު ކަނޑައެޅުއްވުމުގައި މިކަމަށް ސަމާލުކަން ދެއްވުމަށް ހުރިހާ ރީބްރޯޑްކާސްޓަރުންނަށް އަންގަމެވެ.

02 ޖުމާދަލް އާޚިރު 1436

22 މާރިޗް 2015