ރިސޯޓްތަކުގައި ރީބްރޯޑްކާސްޓްކުރުން

November 4, 2013

  ނަންބަރު: 427-LCM/CIR/2013/14

ސަރކިއުލަރ

ރިސޯޓްތަކުގައި ރީބްރޯޑްކާސްޓްކުރުން

     ޤާނޫނު ނަމްބަރ16 /2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ ދަށުން ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ (ކޭބްލް ޓީވީ) ޚިދުމަތެއް ދޭންވާނީ މި ކޮމިޝަނުން ހޯދާ ލައިސަންސްއެއްގެ ދަށުންނެވެ. އަދި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (2012/R-20) ގައި ވާގޮތުން ޓޫރިސްޓް ރިސޯޓްތަކުގައި ވެސް ދެވޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތަކީ އެ ޚިދުމަތެއް ދިނުމަށް ލައިސަންސް ހޯދަން ޖެހޭ ކަމެކެވެ.

      މި ގޮތުން ތިޔަ ރިސޯޓްގައި ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދޭކަމުގައި ވާނަމަ އެކަން މި ކޮމިޝަނަށް އަންގަވައި އަދި ލަސް ނުކުރައްވާ ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދުގައިވާ ގޮތުގެ މަތީން ލައިސަންސް ހޯދުމަށް އެދި ހުށަހެޅުއްވުމަށް ވެސް ދަންނަވަމެވެ.

      އަދި ދަންނަވަމެވެ. ލައިސަންސެއް ނެތި ރީބްރޯޑްކާސްޓްކުރުމަކީ ޤަނޫނާއި ގަވައިދާ ހިލާފު ކަމެއް ކަމުގައި ވުމާއެކު މި ފަދަ ފަރާތްތަކާ މެދު މި ކޮމިޝަނުން ފިޔަވަޅު އަޅަމުން އަންނަކަމުގައި ވެސް ތިޔަ ފަރާތުގެ މައުލޫމާތައްޓަކައި ދަންނަވަމެވެ.

                      30 ޛުލްހިއްޖާ 1434

                      04 ނޮވެމްބަރ 2013