September 15, 2015
އިޢުލާން
ނަންބަރު:(IUL)427-LCM/1/2015/43
ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުން
ދިވެހި ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމަށް، ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ ދަށުން ތިރީގައި މިވާ ފަރާތަށް މިކޮމިޝަނުން ލައިސަންސް ދޫކޮށްފީމެވެ.
1. ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތް : ސެޓްލިންކް ޕްރައިވެޓް ލިމިޓެޑް
2. ލައިސަންސްގެ ބާވަތް : ރީބްރޯޑްކާސްޓް ކުރުން
3. ބްރޯޑްކާސްޓްކުރާ ސަރަޙައްދު : އއ. އުކުޅަސް
4. ލައިސަންސް ދޫކޮށްފައިވާ ތާރީޚް : 10 މެއި 2015
5. ލައިސަންސްގެ މުއްދަތު ހަމަވާ ތާރީޚް: 09 މެއި 2025
6. ލައިސަންސަށް އެދި ހުށަހަޅާފައިވާ ފަރާތުގެ ހިއްސާދާރުން :
1. އަލްފާޟިލް މުޙައްމަދު މާހިދު ގޯލްޑަންލީފް/ ސ.ހުޅުދޫ
2. އަލްފާޟިލް އަޙްމަދު ހަފީޒް މުސްތަރީގެ/ ގދ. ފަރެސްމާތޮޑާ
ވީމާ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
02 ޛުލްޙިއްޖާ 1436
15 ސެޕްޓެމްބަރ 2015