މުޒާހަރާ ކަވަރު ކުރުމުގައި ޒިންމާދާރުވުމަށާއި، ބްރޯޑްކާސްޓަރުންނަށް މިނިވަންކަމާ އެކު ހަރާތްތެރިވެ އުޅުމުގެ ފުރުސަތު ދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލައިފި

December 21, 2011

ނަންބަރު: 427-LCM/CIR/2011/1004

ސަރކިއުލަރ

މުޒާހަރާ ކަވަރު ކުރުމުގައި ޒިންމާދާރުވުމަށާއި، ބްރޯޑްކާސްޓަރުންނަށް މިނިވަންކަމާ އެކު ހަރާތްތެރިވެ އުޅުމުގެ ފުރުސަތު ދިނުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލުން

މި ހިނގާ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު މާލޭގައި ބާއްވަން މަސައްކަތްކުރަމުންދާ މުޒާހަރާތައް ކަވަރުކުރުމުގަ އާއި ކަމާ ބެހޭ ޚަބަރުތައް ފެތުރުމުގައި ޒިންމާދާރުވުމަށާއި، ނޫސްވެރިކަމުގެ ޕްރޮފެޝަނަލިޒަމާއި ސްލޫކީ މިންގަނޑުތައް ހިފެހެއްޓުމަށާއި، ގައުމުގެ އަމަންއަމާންކަމާއި ސުލްހަމަސްލަހަތަށް އިސްކަންދިނުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނަސޭހަތްތެރިވެ، އިލްތިމާސްކުރަމެވެ.

އަދި މި މުޒާހަރާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ބްރޯޑްކާސްޓް މީޑިއާގެ ފަރާތްތަކަށް، މިނިވަންކަމާއެކު ހަރަކާތްތެރިވެ އުޅުމުގެ ފުރުސަތު މުޒާހަރާތައް އިންތިޒާމްކުރާ ފަރާތްތަކާއި ސަލާމަތީ ބާރުތަކުން ވެސް ތަނަވަސްކޮށްދިނުމަށް އެދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ގޮވާލަމެވެ.

       24 މުޙައްރަމް 1433

      21 ޑިސެމްބަރ 2011