ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލާފައިވާ ޤަވާއިދުތަކުގެ ފުރަތަމަ ޑްރާފްޓަށް ކޮމެންޓް ފޮނުވުމާ ބެހޭ

November 16, 2011

ނަންބަރު: 427-LCM/CIR/2011/1003

ސަރކިއުލަރ

ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލާފައިވާ ޤަވާއިދުތަކުގެ ފުރަތަމަ ޑްރާފްޓަށް ކޮމެންޓް ފޮނުވުމާ ބެހޭ

އާންމު ފަރާތްތަކުގެ ލަފަޔާއި ޚިޔާލު ހޯދުމަށްޓަކައި، މި ކޮމިޝަނުން އެކުލަވާލާފައިވާ 12 ކަރުދާހެއްގެ ފުރަތަމަ ޑްރާފްޓް ކޮމިޝަންގެ ވެބްސައިޓް www.broadcom.org.mv އިން ލިބެން ހުންނާނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާންކުރަމެވެ.

މި ކަރުދާސްތަކަކީ:

  1. ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދު
  2. ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ނަގާ ފީގެ ތާވަލު
  3. ޖޫރިމަނާ ފީގެ ތާވަލު
  4. އިޝްތިހާރު ކުރުމުގެ މިންގަނޑު
  5. ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑު
  6. ޤުދުރަތީ ކާރިޘާތަކާއި ހިތާމަވެރި ހާދިސާތަކާއި ޚާއްސަ ހާލަތްތައް ކަވަރުކުރުމުގައި ގެންގުޅެންވީ މިންގަނޑުތައް
  7.  ބްރޯޑްކާސްޓްކުރުމުގައި ކުޑަކުދިން ހިމާޔަތް ކުރުމަށްޓަކައި ގެންގުޅެންވީ މިންގަނޑު
  8.  ބްރޯޑްކާސްޓް ކުރުމުގައި އަންހެނުންގެ ޙައްޤުތައް ހިމާޔަތް ކުރުމަށްޓަކައި ގެންގުޅެންވީ މިންގަނޑުތައް
  9. ރޭޑިއޯ/ޓީވީ ބްރޯޑްކާސްޓިންގއަށް ފްރީކުއަންސީ ދޫކުރުމުގެ ޤަވާއިދު
  10.  ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމް
  11. ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ މަރުޙަލާތައް ބަޔާންކުރާ ޗާޓް
  12. ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ފޯމު

ޚިޔާލު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް ލިޔުމުން މި ކޮމިޝަނަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މީގެ އިތުރުން ކޮމިޝަންގެ އީމެއިލް އެޑްރެސްcomment@broadcom.org.mv މެދުވެރިކޮށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ވެސް އޮތް ކަމަށާއި، ހުށަހަޅުއްވާ ޚިޔާލު ހުށަހެޅުއްވުމުގެ އެންމެ ފަހު ތާރީޚަކީ މިހިނގާ ނޮވެމްބަރ މަހުގެ 30 ވާ ބުދަ ދުވަހުގެ 16:00 ކަމުގައި ދަންނަވަމެވެ.

20 ޛުލްޙިއްޖާ  1432

16 ނޮވެމްބަރ  2011