ލައިސަންސް ދޫކުރިތާ ދެ އަހަރު ހަމަވާއިރު ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފަށާފައިނުވާ ފަރާތްތަކުގެ ލައިސަންސް ބާތިލްވާނެކަން ހަނދާންކޮށްދީފި

February 11, 2014

ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރިތާ ދެ އަހަރު ދުވަސް ހަމަވާއިރު ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފަށާފައިނުވާ ފަރާތްތަކުގެ ލައިސަންސް ބާތިލްވާނެކަން ހަނދާންކޮށްދީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ސަރކިއުލާއެއް އާންމުކޮށްފި އެވެ.

ތިރީގައި މިވަނީ މިކަމާ ގުޅިގެން ކޮމިޝަނުން ނެރެފައިވާ ސަރކިއުލަރއެވެ.

“ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފަށަންވާނެ ތާރީޚަކީ ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން 12 މަސް ހަމަވާ ތާރީހުކަމުގައި ކަނޑައަޅައި އަދި މި ތާރީޚުގެ ފަހުން އިތުރަށް ހިނގާ 12 މަސްދުވަހުގެ ތެރޭގައި ބްރޯޑްކާސްޓްކުރަން ފަށާފައިނުވާ ނަމަ ލައިސަންސް ބާތިލްވާނޭކަމަށް ބަޔާންކޮށް މި ކޮމިޝަނުން ކޮށްފައިވާ ނަންބަރު: (IUL)427-LCM/PRIV/2013/6 އިއުލާނާ ހަވާލާދީ ދަންނަވަމެވެ.

“ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައި ވަނީ 2012ވަނަ އަހަރުގެ ތެރޭގައި ކަމުގައިވާތީ މި ހިނގާ 2014 ވަނަ އަހަރުގެ ތެރޭގައި ބްރޯޑްކާސްޓްކުރަން ފަށައިފާއިނުވާ ފަރާތްތަކުން، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 30ވަނަ މާއްދާގެ (ނ)އާއި ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 19ވަނަ މާއްދާގައި ވާގޮތުގެމަތީން، މަތީގައި ބުނެވިދިޔަ މުއްދަތުގައި ބްރޯޑްކާސްޓްކުރަން ފަށައިފައި ނުވާނަމަ އެ ފަރާތްތަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލްވާނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.

“ތިރީގައިވާ ތާވަލުގައި ބަޔާންކޮށްފައި މި ވަނީ މިހާތަނަށް ބްރޯޑްކާސްޓްކުރަން ފަށާފައިނުވާ ފަރާތްތަކަށް ލައިސަންސް ދޫކޮށްފައިވާ ތާރީޚާއި ބްރޯޑްކާސްޓްކުރަން ފަށަންޖެހޭ ތާރީޚާއި ބްރޯޑްކާސްޓްކުރަން ނުފެށުމުގެ ސަބަބުން ލައިސަންސް ބާތިލުވާނޭ ތާރީހުގެ މައުލޫމާތެވެ.”

#

ކުންފުނީގެ ނަން

ޗެނަލްގެ ނަން

ލައިސަންސްގެބާވަތް

ލައިސަންސް ދޫކުރި ތާރީހް

ބްރޯޑްކާސްޓްކުރަން ނުފަށައިފި ނަމަ ލައިސަންސް ބާތިލްވާނޭ ތާރީހް

1

ޓީވީ 5 ޕްރައިވެޓް ލިމިޓެޑް

ޓީވީ 5

ޓީވީ

18 އެޕްރީލް 2012

17 އެޕްރީލް 2014

2

އެޓޯލް އިންވެސްޓްމަންޓް  (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް

އެޓޯލް ޓީވީ

ޓީވީ

16 މެއި 2012

15 މެއި 2014

3

މީޑިއާ އަންލިމިޓެޑް ޕްރައިވެޓް ލިމިޓެޑް

ޗެނަލް 9

ޓީވީ

22 މެއި 2012

21 މެއި 2014

4

ޕިކްޗަރ ލޭންޑް އެފްއެމް ޕްރައިވެޓް ލިމިޓެޑް

ސަން ޓީވީ

ޓީވީ

 27 މެއި 2012

 26 މެއި 2014

5

ކޮންޓްރާސްޓް ޕްރައިވެޓް ލިމިޓެޑް

ޗެނަލް އެމް

ޓީވީ

30 މެއި 2012

29 މެއި 2014

6

ބިޒްނަސް އިމޭޖް ގްރޫޕް ޕްރައިވެޓް ލިމިޓެޑް

ރޭޑިއޯ އެފް އެމް

ރޭޑިއޯ

30 މެއި 2012

29 މެއި 2014

7

އައިލެންޑް އެންޑް ކޮމިއުނިކޭޝަން އެންޓަރޓެއިންމަންޓް ޕްރައިވެޓް ލިމިޓެޑް

އައިސް ޓީވީ

ޓީވީ

02 ޖޫން 2012

01 ޖޫން 2014

8

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން

ދިވެހި ޓީވީ

ޓީވީ

 04 ޖޫން 2012

 03 ޖޫން 2014

9

ބްރޯޑްކާސްޓިންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ޗެނަލް ސެވަން

ޓީވީ

18 ޖޫން 2012

17 ޖޫން 2014

10

އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓަޑް

ވީ ޓީ ވީއެކްސްޓްރާ

ޓީވީ

 04 ސެޕްޓެމްބަރ 2012

 03 ސެޕްޓެމްބަރ 2014

11

އިންޓޯން މީޑިއާ ޕްރައިވެޓް ލިމިޓަޑް

އައި ޓީވީ

ޓީވީ

 06 ސެޕްޓެމްބަރ 2012

 05 ސެޕްޓެމްބަރ 2014

12

ބްރޯޑްކާސްޓިންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ދިޓީވީ ސްޕޯޓްސް

ޓީވީ

18 އޮކްޓޯބަރ 2012

17 އޮކްޓޯބަރ 2014

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ވީމާ، ބްރޯޑްކާސްޓްކުރަން މިހާތަނަށް ނުފަށާ ހުރި ބްރޯޑްކާސްޓަރުންގެ ސަމާލުކަމަށް މިކަން ގެނައުމާއެކު ޢާންމުކޮށް އަންގައި އިއުލާންކުރީމެވެ.