January 20, 2025
ނަންބަރު: (IUL) 427-OPR/1/2025/2
ވަޒީފާގެ ފުރުޞަތު
މަޤާމު: ރިސަރޗް އެންޑް ޑިވެލޮޕޮމަންޓް އޮފިސަރ
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
ޢަދަދު: 1
މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން / ކ.މާލެ
ޑިޕާޓްމެންޓް: ކޮމިއުނިކޭޝަން ރިސަރޗް އެންޑް ޑިވެލޮޕްމަންޓް
އަސާސީ މުސާރަ: 7000/- ރުފިޔާ
އެލަވަންސް:
މަގާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ހަމަޖެހިފައި އޮންނަ އުޞޫލުން ދެވޭނެއެވެ.
އަސާސީ ޝަރުތު:
އެހެނިހެން ޝަރުތު:
ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 65 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
މަޤާމުގެ މަސްއޫލިއްޔަތުތައް:
1. ކޮމިޝަންގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން؛
2. ކޮމިޝަންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަމާއި ގުޅޭގޮތުން ކޮމިޝަންގެ ވެބްސައިޓްގައި ހިމެނަން ބޭނުންވާ މަޢުލޫމާތު ޑިޕާރޓްމަންޓް/ ސެކްޝަން ހިންގުމާއި ޙަވާލުވެހުންނަ ފަރާތެއްގެ އިރުޝާދުގެދަށުން އަދާ ހަމަކުރުން:
3. ކޮމިޝަންގެ މަސައްކަތްތަކާއި ބްރޯޑްކާސްޓަރުންނާއި ގުޅޭ ކަންކަމުގައި ދިވެހި ބަހާއި އިނގިރޭސިބަހުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ޑިޕާރޓްމަންޓް/ ސެކްޝަން ހިންގުމާއި ޙަވާލުވެހުންނަ ފަރާތެއްގެ އިރުޝާދުގެދަށުން ތައްޔާރުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން؛
4. ކޮމިޝަންގެ ތަސައްވުރު ރަގަޅު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން؛
5. ބްރޯޑްކާސްޓިންގ ދާއިރާ ތަރައްގީ ކުރުމަށް ދިރާސާ ކުރަންޖެހޭ ކަންކަމަކީ ނުވަތަ މަޢުލޫތަކަކީ ކޮބައިކަން ދެނެގަނެ، ކުރަންޖެހޭ ދިރާސާތައް ކުރުމުގައި ޑިޕާރޓްމަންޓް/ ސެކްޝަން ހިންގުމާއި ޙަވާލުވެހުންނަ ފަރާތައް އެހީވެދިނުން؛
6. ކޮމިޝަންގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ދިރާސާތައް ކުރިއަށް ގެންދާނެގޮތުގެ އެކްޝަން ޕްލޭން ތައްޔާރުކުރުމަށް ޑިޕާރޓްމަންޓް/ ސެކްޝަނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން؛
7. ކޮމިޝަންގެ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅުން ހުރި ޕްރޮޖެކްތައް ލިޔެ ޕްރޮޕޯޒަލްތައް ތައްޔާރުކުރުން؛
8. ކޮމިޝަންގެ މަސައްކަތްތަކުގެ ތަރައްޤީއަށް ބޭނުންވާ ދުރު، މެދު އަދި ކުރު ރާސްތާގެ މަޝްރޫޢުތައް ދެނެގަނެ، ދިރާތަށް ހެދުމާއި، ޑިޕާޓްމެންޓްގެ / ސެކްޝަން ހިންގުމާއި ހަވާލުވެހުންނަ ފަރާތް މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ އިދާރި އެހީތެރިކަން ފޯރުކޮށްދިނުން؛
9. ކޮމިޝަންގެ ސްޓްރެޓީޖިކް ޕްލޭނާއި އެކްޝަން ޕްލޭނަށް ރިޢާޔަތްކޮށް ކޮމިޝަނާއި، ލޯކަލް ބްރޯޑްކާސްޓަރުންގެ ޑިވެލޮޕްމެންޓް ޕްލޭން އެކުލަވާލުމުގައި އެހީތެރިވެދިނުން؛
10. ބްރޯޑްކާސްޓް ކުރުމުގެ އިންޓަނެޝަނަލް ބެސްޓް ޕްރެކްޓިސްތައް ދެނެގަނެ އެ މަޢުލޫމާތުތަކުގެ އަލީގައި ސްޓްރެޓެޖިކް އެކްޝަން ޕޮލޭންގައި ހިމަނާ ޕްރޮގްރާމްތައް ތަރުތީބުކުރުމަށް އެހީތެރިވެދިނުން؛
11. ދިވެހިރާއްޖޭގެ ބްރޯޑްކާސްޓަރުންގެ ތަރައްޤީއަށް ބޭނުންވާ ކަންކަން މުރާޖަޢާކޮށް އެފަދަ ކަންކަން ތަންފީޒު ކުރުމަށް އެހީތެރިވުން؛
12. މުވައްޒަފުންގެ ކުރިއެރުމަށް ބޭނުންވާ ތަމްރީންތައް އެޗްއާރުން ދެނެގަތުމުން، އެފަދަ ތަމްރީންތަކާއި ގުޅުންހުރި ދިރާސާ ހެދުމާއި އެދިރާސާގެ މައްޗަށް ރިޕޯޓެއް އެކުލަވާލުން؛
13. ކޮމިޝަނުގެ މަސައްކަތްތަކައް އެވަގުތަކު ބޭނުންވާ އެހީތެރިކަމެއް ފޯރުކޮށްދިނުން.
ތަޢުލީމީ ރޮނގު:
މެނެޖްމެންޓް ދާއިރާ، ރިސަރޗް އެންޑް ޑިވެލޮޕްމަންޓް ދާއިރާ
ހުށަހަޅަންޖެހޭ ތަކެތި:
1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.)
2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ އަޞްލު)
3. ދައުލަތުގެ އިދާރާއަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
4. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާ އަދި އަދާކޮށްފައިވާ ވަޒީފާތަކުގެ ރެފަރީސް)
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް:
ކޮންޕިޓަންސީ ދާއިރާ | މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%) |
ތަޢުލީމާއި ތަމްރީން | 35% |
މަސައްކަތުގެ ތަޖްރިބާ | 20% |
އިންޓަވިއު | 30% |
ޕްރެކްޓިކަލް ޓެސްޓް | 15% |
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:
އިތުރު މައުލޫމާތު:
– މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ކޮމިޝަނުގެ ކައުންޓަރުންނާއި، ވެބްސައިޓް www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.
– މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3334317 / 3334327
– އެޕްލިކޭޝަން ހުށަހަޅަންވީ އެޑްރެސް: މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން،
ގ. ބިއްލޫރިޖެހިގެ
3 ވަނަ ފަންގިފިލާ،
މަޖީދީ މަގު.
– އެޕްލިކޭޝަން އީމެއިލް ކުރަންވީ އެޑްރެސް: info@broadcom.org.mv
– ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
– އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދަންނަވަމެވެ.
ސުންގަޑި: 30 ޖަނަވަރީ 2025 ވާ ( ބުރާސްފަތި ) ދުވަހުގެ 13:30ގެ ކުރިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅުއްވުން އެދެމެވެ.
20 ޖަނަވަރީ 2025