“ވަށްމޭޒު ސައްލާ” ބާއްވައިފި

August 31, 2022

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ އަދި މޯލްޑިވްސް މީޑިއާ ކައުންސިލް ގުޅިގެން ނޫސްވެރިންނާއި އެކު “ވަށް މޭޒު ސައްލާ” އެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގު ޙައްޤުގެ ޤާނޫނުގެ ދަށުން މަޢުލޫމާތު ހޯދުމުގައި ނޫސްވެރިންނަށް ދިމާވާ ދަތިތަކާއި އެކަންތައް ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ މެދު މަޝްވަރާކުރެވުނެވެ.

މީގެއިތުރުންވެސް، ނޫސްވެރިކަމަށް ހުރި އިތުރު ގޮންޖެހުންތަކަށްވެސް މި މަޝްވަރާގައި އަލިއަޅުވައިލައި، ޙައްލުތަކާމެދު ޚިޔާލުފާޅުކޮށްފައިވެއެވެ.

މި ހަރަކާތް ރާވާފައިވަނީ ތިން މުއައްސަސާ ގުޅިގެން ގުޅުންހުރި ދާއިރާތަކުން އެއްބާރުލުން ދިނުމަށް ތިން ފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ.