December 25, 2018
ރާއްޖެ ޓީވީއިން 28 ޖުލައި 2017 ވަނަ ދުވަހު ވަގުތުން ގެނެސްދިން ޕްރޮގްރާމްގައި ދައްކާފައިވާ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް މުޙައްމަދު މުސްޠަފާ، ރާއްޖޭގެ ރައްޔިތުން ނިކުމެ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބޭރުކުރުމަށް ދައްކާފައިވާ ވާހަކައަކީ، ޤާނޫނު ނަންބަރު 15/2016 (އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު)ގެ 9 ވަނަ މާއްދާއާއި ޚިލާފުކަމަށްބުނެ، 5 އޮކްޓޯބަރ 2017 ގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑް 500,000/- (ފަސްލައްކަ) ރުފިޔާއިން ޖޫރިމަނާކުރި ކުރުމަކީ ޤާނޫނު ނަންބަރު 15/2016 (އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު)އާއި އެޤާނޫނުގެ 34ވަނަ މާއްދާގެ ދަށުން އެކުލަވާލާ 14 ނޮވެމްބަރ 2016 މިތާރީޚުގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ (އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަވަނަ ބާބުގެ ދަށުން ޖޫރިމަނާކުރުމާބެހޭ އުސޫލާއި އެއްގޮތްނޫން ގޮތަކަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނިންމާފައިވާ ނިންމުމެއްކަން ޝަރީޢަތަށް ސާބިތުނުވާތީ، ރާއްޖެ ޓީވީއާ ދެކޮޅަށް ކޮމިޝަނުން އަޅާފައިވާ ފިޔަވަޅު ބާޠިލުކޮށްދެވެން ނެތްކަމަށް 20 ޑިސެމްބަރ 2018ގައި ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.