ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑިބަދަލުވުން

May 7, 2018

       އިޢުލާން

 ނަންބަރު: (IUL)427-OPR/1/2018/5

 ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑިބަދަލުވުން

          ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުން ނަންބަރު: 6/2018  ( 29 އެޕްރީލް 2017 ) އިން 1439 ވަނަ އަހަރުގެ ރަމަޟާންމަހު ސަރުކާރު އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑި އާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ މަސައްކަތުގަޑި ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް ހަމަޖެއްސުމާއި ގުޅިގެން، މިކޮމިޝަންގެ ރަސްމީ މަސައްކަތުގަޑި  އަކީ ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް ކަމުގައި ހަމަޖައްސައި މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. އަދި މިކޮމިޝަނަށް ފައިސާ ބަލައި ގަތުމަށް ހަމަޖެހިފައިވަނީ މެންދުރު 12:00 ގެ ކުރިން ކަމުގައި ވެސް ދެންނެވީމެވެ.

21 ޝަޢުބާން 1439

7  މޭ 2018