September 17, 2024
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ކުރިއަށްގެންދާ ‘ސްޓޭޝަން ވިޒިޓް’ ގައި އެސްޓީވީއާ ބައްދަލުކޮށްފި އެވެ.
އެސްޓީވީ ހިންގާ ސަނީސައިޑް ނެޓްވޯކްސް ޕްރައިވެޓް ލިމިޓެޑުގައި އޮތް މި ބައްދަލުވުމުގެ މަގްސަދަކީ ސްޓޭޝަން ހިންގުމަށް އެއްވެސް ކަހަލަ ގޮންޖެހުންތަކެއް ހުރިތޯ ބަލާ ދެނެގަތުމާއި އެކު ކޮމިޝަނުން އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަންކަން ދެނެގަތުމެވެ.
މި ބައްދަލުވުމުގައި އެސްޓީވީ ގެ ފަރާތުން ބައިވެރިވެވަޑައިގަތީ؛
ތަލްހަތު ރާޝީދު – މެނޭޖިންގް ޑިރެކްޓރު
މި ބައްދަލުވުމުގައި ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ؛
މަރިޔަމް ވަހީދާ- ރައީސް
މުހައްމަދު ފަޒީން- ނައިބު ރައީސް
ޞަފާ ޝަފީޤް – ކޮމިޝަނަރު
އިބްރާހިމް އަޝްރަފު- ލައިސެންސިންގް ޑިރެކްޓަރު
އާމިނަތު ނުހާ އަހުމަދު – ރިސާޗް އެންޑް ޑިވެލޮޕްމަންޓް އޮފިސަރު
ސްޓޭޝަން ވިޒިޓްތަކަކީ ލައިސަންސް ދޫކޮށްފައިވާ ބްރޯޑްކާސްޓަރުންނާއި ކޮމިޝަންއާ ގުޅުން ބަދަހިކޮށް، ސްޓޭޝަންތަކަށް ދިމާވާ ދަތިތައް ދެނެގަނެ މައުލޫމާތު އޮޅުން ފިލުވުމަށް ބާއްވާ ސިލްސިލާ ބައްދަލުވުން ތަކެކެވެ. މިގޮތުން ކޮމިޝަނުން މިފަހުން ވަނީ ޕީއެސްއެމް، އެސްއެސްޓީވީގެ އިތުރުން އެންޓީވީ އާއި ބައްދަލުކޮށްފައި އެވެ. މި ބައްދަލުވުންތަކުގައިވެސް ވަނީ އެ ޗެނަލްތައް ހިންގުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ކޮމިޝަނާއި ޗެނަލްތައް ގުޅިގެން ކުރެވޭނޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައި އެވެ.