July 1, 2014
ނަންބަރު : (IUL)427-LCM/1/2014/39
އިއުލާން
އައިސް ޓީވީ އިން ވޯލްޑް ކަޕް ބެލުމަށް އަގުނެގުން
މިހާރު ހިނގަމުންދާ ފީފާ ވޯލްޑް ކަޕްގެ މެޗްތައް ބެލުމުގެ މަގްސަދުގައި “އައިސް ޓީވީ” ޗެނެލަށް ސަބްސްކްރައިބްކުރުމަށް މީޑިއާނެޓްގެ ޚިދުމަތް ބޭނުންކުރައްވާ ގިނަ ފަރާތްތަކަކުން ފައިސާ ދައްކާފައިވާ ކަމަށާއި މި ކަމާ ގުޅިގެން ބައެއް ކަސްޓަމަރުންގެ ހިތްހަމަނުޖެހުންތަކެއް ހުރިކަމުގެ މައުލޫމާތު މި ކޮމިޝަނަށް ލިބެމުން އެބަ ދެއެވެ.
ވީމާ، ވޯލްޑްކަޕް ބެލުމުގެ މަގްސަދުގައި “އައިސްޓީވީ”އަށް ސަބްސްކްރައިބްކުރުމަށް 12 ޖޫން 2014 އިން ފެށިގެން މިހާތަނަށް މީޑިއާ ނެޓަށް ފައިސާ ދައްކާފައިވާ ކަސްޓަމަރުންގެ އެއްވެސް ޝަކުވާއެއް ވާނަމަ، 15 ޖުލައި 2014ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، އެ ކަމަށްޓަކައި މި ކޮމިޝަނުން ތައްޔާރުކޮށްފައިވާ ފޯމް މެދުވެރިކޮށް ޝަކުވާ ހުށަހެޅުވުން އެދެމެވެ. މި ފޯމް މި ކޮމިޝަންގެ ވެބްސައިޓް www.broadcom.org.mv އަދި ކޮމިޝަންގެ ރިސެޕްޝަންނުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.
03 ރަމަޟާން 1435
01 ޖުލައި 2014