ޓައިމްލައިން


ޑިސެމްބަރ

29 ޑިސެމްބަރ 2015

ދިވެހިރާއްޖޭގެ އަޑުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަހުނިޔާ ފޮނުވައިފިއެވެ.

22 ޑިސެމްބަރ 2015

ގަވާއިދުން ފްރީކުއެންސީ އަހަރީ ފީ ދައްކަމުން ނުދާ ދެ ބްރޯޑްކާސްޓަރަކަށް އެ ފައިސާ ދެއްކުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު އަންގައިފިއެވެ.

ނޮވެމްބަރ

26 ނޮވެމްބަރ 2015

ހަމަނުޖެހުމަކަށް ހިތްވަރު ލިބި، ޙަޤީގަތް އޮޅިގެންދާ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކޮށްފި އެވެ.

4 ނޮވެމްބަރ 2015

ޤައުމީ ސަލާމަތަށް އުނިކަން އަންނަ ގޮތަށް ބްރޯޑްކާސްޓްނުކުރުމަށް ކޮމިޝަނުން އަންގައިފިއެވެ.

 

އޮކްޓޯބަރ

4 އޮކްޓޯބަރ 2015

ރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

 

ސެޕްޓެމްބަރ

8 ސެޕްޓެމްބަރ 2015

މުޅިރާއްޖެއަށް ބްރޯޑްކާސްޓްކުރުމަށް ޕަބްލިކް ބްރޯޑްކާސްޓަރ “ޕަބްލިކް ސަރވިސް މީޑިއާ”އަށް އާ 7 ލައިސަންސެއް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދޫކޮށްފިއެވެ.

 

އޯގަސްޓް

23 އޯގަސްޓް 2015

މޯލްޑިވްސް ރެޑް ކްރެސެންޓުން ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހަނދާނީ ފިލައެއް އަރުވައިފިއެވެ.

28 އޯގަސްޓް 2015

އޭ.އައި.ބީ.ޑީ.ގެ އެގްޒެކެޓިވް ބޯޑްގެ ޗެއަރޕާސަންގެ މަގާމަށް ޕީ.އެސް.އެމް.ގެ މެނޭޖިންގ ޑިރެކްޓަރ އިންތިޚާބުވުމާ ގުޅިގެން ބްރޯޑްކާސްޓިންގ ކޮމިޝަނުން މަރުހަބާ ދަންނަވައިފިއެވެ.

18 އޯގަސްޓް 2015

“ހިއުމަން ރައިޓްސް އެންޑް ގުޑް ގަވަރނަންސް ރިޕޯޓިންގ” ޓްރެއިނިންގ އޮފް ޓްރެއިނަރސް ވާރކްޝޮޕް ބާއްވައިފިއެވެ.

11 އޯގަސްޓް 2015

ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް ބްރޯޑްކާސްޓިން ކޮމިޝަނުން ފަށައިފިއެވެ.

 

ޖުލައި

20 ޖުލައި 2015

މުޅި ރާއްޖެއަށް ބްރޯޑްކާސްޓްކުރުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލައިފިއެވެ.

15 ޖުލައި 2015

ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއް ބައިނަލްއަގުވާމީ އެވޯޑެއް ހާސިލްކުރުމުން ބްރޯޑްކާސްޓިންގ ކޮމިޝަނުން މަރުހަބާ ދަންނަވައިފިއެވެ.

 

ޖޫން

15 ޖޫން 2015

ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީން ހިންގަވާ ކޮމިއުނިޓީ އީ-ސެންޓަރ ކެޕޭސިޓީ ބިލްޑިންގ (އެމްޕަވަރިންގ ދަރޫރަލް ކޮމިއުނިޓީސް، ރީޗިންގ ދަ އަންރީޗްޑް) ޕްރޮޖެކްޓްގައި ބައިވެރިވުމަށް އެ ސެންޓަރާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންއާ ދެމެދު މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމް. އޯ. ޔޫ)އެއްގައި ސޮއި ކޮށްފިއެވެ.

11 ޖޫން 2015

ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ގޮތަށް އަމަލު ނުކުރުމަށް ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

 

މެއި

——–

 

އޭޕްރިލް

30 އޭޕްރިލް 2015

ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ގޮތަށް އަމަލު ނުކުރުމަށް ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

 

މާރޗް

29 މާރޗް 2015

ޓެލެވިޜަން މޯލްޑިވްސްގެ އަހަރީ ދުވަހުގެ މުނާސަބާތުގައި ކޮމިޝަނުން ތަހުނިޔާ ދަންނަވައިފިއެވެ.

19 މާރޗް 2015

ބްރޯޑްކާސްޓްކުރުމުގައި ފުރައްސާރަކުރުމުގެ ގޮތުން ވަނަން ބޭނުން ނުކުރުމަށް ބްރޯޑްކާސްޓަރުންނަށް ހަނދާންކޮށްދީފިއެވެ.

18 މާރޗް 2015

ޙަސަން ނިޒާމު އަވަހާރަވުމާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަޢުޒިޔާ ކިޔައިފިއެވެ.

9 މާރޗް 2015

ރާއްޖެ ޓީވީން ފޮނުވި ޚަބަރެއްގެ މައްސަލަ އާއި ރާއްޖެ ޓީވީގެ ނޫސްވެރިން ކްރިމިނަލް ކޯޓްގެ ބައެއް ޝަރީޢަތްތަކަށް ނުވައްދަން ނިންމި ކަމަށް ބުނާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފިއެވެ.

5 މާރޗް 2015

އޭ.ބީ.ޔޫ ޑިޖިޓަލް ބްރޯޑްކާސްޓިންގ ސިމްޕޯޒިއަމްގައި ކޮމިޝަނުން ބައިވެރިވެއްޖެއެވެ.

 

ފެބްރުއަރީ

 25 ފެބްރުއަރީ 2015

އެއްވުމާ ގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެއްވެ އުޅުންތައް ކަވަރުކުރުމުގައި ބޭނުންކުރުމަށް ކަނޑައަޅާފައިވާ ކާޑުގެ ބޭނުން ކުރުމަށް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

19 ފެބްރުއަރީ 2015

  • ސިޔާސީ އެއްވުންތައް ބްރޯޑްކާސްޓްކުރުމުގައި ސަމާލުވުމަށް ބްރޯޑްކާސްޓަރުންނާ ބައްދަލުކޮށް ނަސޭޙަތްތެރިވެއްޖެއެވެ.
  • ސިޔާސީ އެއްވުންތައް ބްރޯޑްކާސްޓްކުރުމުގައި ސަމާލުވުމަށް ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކޮށްފިއެވެ.

9 ފެބްރުއަރީ 2015

“ނޭޝަނަލް ކޮންސަލްޓޭޝަން އޮން ކޮމިއުނިޓީ މީޑިއާ އިން މޯލްޑިވްސް” ބާއްވައިފިއެވެ.

 

ޖެނުއަރީ

—–

2015

ޑިސެމްބަރު

27 ޑިސެމްބަރު 2014

ޤާނޫނުލް އުޤޫބާތަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން މީޑިއާއަށް އަމާޒުކޮށްގެން ބޭއްވި ތަމްރީނު ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

ނޮވެމްބަރު

10 ނޮވެމްބަރު 2014

ސީޝެލްސް މީޑިއާ ކޮމިޝަނުން ބާއްވާ އެޑިޓަރސް ފޯރަމްގައި ކޮމިޝަނުން ބައިވެރިވެއްޖެއެވެ.

އޮކްޓޯބަރު

27 އޮކްޓޯބަރު 2014

އޭޝިއާ ބްރޯޑްކާސްޓިންގ ޔޫނިއަންގެ ފަރާތުން މަކާއޯގައި ބޭއްވި “ވިމަން ވިތް ދަ ވޭވް”ފޯރަމްގައި ކޮމިޝަނުން ބައިވެރިވެއްޖެއެވެ.

14 އޮކްޓޯބަރު 2014

ރާއްޖޭގައި ޑިޖިޓަލް ޓްރެސްޓްރިއަލް ބްރޯޑްކާސްޓިންގ ފެށުމަށް ދިރާސާކުރާ ޖަޕާނުގެ ޓީމާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ބައްދަލުކޮށްފިއެވެ

9 އޮކްޓޯބަރު 2014

މީޑިއާނެޓުން ދިވެހި ޗެނަލްތައް “ރައިޑްކުރުމަށް” ނަގާ ފީ ފާސްކޮށްފިއެވެ.

4 އޮކްޓޯބަރު 2014

ލޫދިފައިވާ ގައުމުގެ އިޖުތިމާއީ ފޭރާން އަލުން ވިޔުމަށް ހުރިހާ ބްރޯޑްކާސްޓަރުން ގުޅިގެން، އެކުގައި މަސައްކަތް ކުރުމަށް އިލްތިމާސް ދަންނަވައިފިއެވެ.

ސެޕްޓެމްބަރު

22 ސެޕްޓެމްބަރު 2014

ކަރަންޓަށް ކުރާ ޚަރަދު ކުޑަވާނެ ގޮތަކަށް ހަކަތަ އުފައްދާ ޕްރޮޖެކްޓެއްގައި ބައިވެރިވުމަށް ބްރޯޑްކާސްޓަރުންނަށް ފުރުސަތު ތަނަވަސްވެއްޖެއެވެ.

9 ސެޕްޓެމްބަރު 2014

ދިވެހި ބްރޯޑްކާސްޓަރުން ތަމްރީނުކުރުމުގެ ފުރުސަތު ދެއްވާނެކަމުގެ ޔަގީންކަން މެލޭޝިއާގެ ކޮމިއުނިކޭޝަނާ ބެހޭ ވަޒީރު ދެއްވައިފިއެވެ.

8 ސެޕްޓެމްބަރު 2014

އޭބީޔޫ އިން ބާއްވާ 7 ވަނަ ވޯލްޑް ސަމިޓް އޮން މީޑިއާ ފޯ ޗިލްޑްރެންގައި ކޮމިޝަނުން ބައިވެރިވެއްޖެއެވެ.

އޮގަސްޓް

28 އޮގަސްޓް 2014

ރޯލް އޮފް މީޑިއާ އިން އިމަރޖެންސީސް، ޑިޒާސްޓަރ އެންޑް ވައަލެންސް ޕްރިވެންޝަން ވޯކްޝޮޕް ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

17 އޮގަސްޓް 2014

އޭޝިޔާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް ގެ 13 ވަނަ އާއްމު ޖަލްސާގައި ކޮމިޝަނުން ބައިވެރިވެއްޖެއެވެ.

10 އޮގަސްޓް 2014

ހެލްޕް ގާޒާ ޓެލެތޯންގެ ކާމިޔާބަށް ބްރޯޑްކާސްޓިން ކޮމިޝަނުން ތައުރީފުކޮށް ތަހުނިޔާ ފޮނުވައިފިއެވެ.

ޖުލައި

17 ޖުލައި 2014

ކަރަންޓް އަދި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތަށް ބްރޯޑްކާސްޓަރުންގެ އަތުން ނަގާ ފީ ކުޑަކޮށްދެއްވުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވައިފިއެވެ.

15 ޖުލައި 2014

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިންފޮމޭޝަން އޮފިސަރކަމަށް އީމާން އަންވަރު ހަމަޖައްސަވައިފިއެވެ.

10 ޖުލައި 2014

މާލެ އަދި މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލައިފިއެވެ.

8 ޖުލައި 2014

އެއްވެސް ޝަރުތެއް ނެތި ކޮމިޝަންގެ އެންގުމާ އެއްގޮތަށް އަމަލުކުރުމަށް މީޑިއާނެޓަށް ތަކުރާރުކޮށް އަންގައި އަމުރުކޮށްފިއެވެ.

ޓީވީއެމްގެ ވޯލްޑްކަޕް މެޗްތައް އެޗްޑީކޮށް ފޮނުވައިދޭން މީޑިއާ ނެޓަށް ކޮމިޝަނުން އަންގައިފިއެވެ.

7 ޖުލައި 2014

ޓީވީއެމާއި ވީޓީވީ ފިޔަވައި އެހެން އެއްވެސް ޗެނަލަކުން ފީފާ ވާރލްޑްކަޕް ދެއްކުން ހުއްޓާލުމަށް މީޑިއާނެޓަށް ކޮމިޝަނުން އަންގައިފިއެވެ.

3 ޖުލައި 2014

ބްރޯޑްކާސްޓަރުންގެ ލޮބީ ގްރޫޕުން ފާހަގަކުރައްވާފައިވާ ބައެއް ނުކުތާތަކުގައި ފުރިހަމަ މައުލޫމާތު ހިމެނިފައި ނެތުމުގެ ސަބަބުން، އެކަންކަން ސާފުކޮށްދިނުމަށް ކޮމިޝަނުން ބަޔާނެއް ނެރެފިއެވެ.

2 ޖުލައި 2014

ވޯލްޑް ކަޕް ބެލޭނޭ ކަމަށް ބުނެ އައިސް ޓީވީ އިން އަގު ނަގައިފައިވާ މައްސަލައިގެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލައިފި

އަގު ފާސްކުރުމެއް ނެތި މީޑިއާ ނެޓުން ކުރަމުންދާ އިޝްތިހާރު ހުއްޓާލުމަށް ކޮމިޝަނުން އަންގައިފިއެވެ.

ޖޫން

26 ޖޫން 2014

މީޑިއާނެޓްއިން ފޮނުވާ “ޗެނެލް 100” ނުވަތަ “ޗެނެލް +100″އިން ބްރޯޑްކާސްޓްކުރުން ވަގުތުން ހުއްޓާލުމަށް ކޮމިޝަނުން އަންގައިފިއެވެ.

25 ޖޫން 2014

ގައުމިއްޔަތު ކުރިއެރުވުމަށް ލަފާދޭ ކޮމިޓީ އާ ބައްދަލުކުރައްވައިފިއެވެ.

22 ޖޫން 2014

ލިސްޓަޑް އިވެންޓްސްއާ ގުޅޭ ވަކި ޤަވާއިދެއް އެކުލަވާލުމަށް ކޮމިޝަނުން ނިންމައިފިއެވެ.

15 ޖޫން 2014

ރައިޓްސް ނެތް ޗެނަލްތަކަކުން ވޯލްޑް ކަޕް ދައްކާ ކަމަށް ބެލެވޭ މައްސަލަ ބްރޯޑްކާސްޓިންގ ކޮމިޝަނުން ބަލަން ފަށައިފިއެވެ.

5 ޖޫން 2014

ވަރކްޝްޕް އޮން ޖެންޑަރ ސެންޓިސައިޒޭޝަން ފޮރ ބްރޯޑްކާސްޓް މީޑިއާ” ގެ ނިންމުމުގެ ރަސްމިއްޔާތު މިއަދު މޫކައި ހޮޓެލްގައި ބާއްވައިފިއެވެ.

3 ޖޫން 2014

ޖެންޑަރ ސެންސިޓައިޒިންގ ވޯރކްޝޮޕް ފޮ ބްރޯޑްކާސްޓް މީޑިއާ” ގެ ނަމުގައި ވޯކްޝޮޕެއް ފަށައިފިއެވެ.

2 ޖޫން 2014

ކޮމަންވެލްތް ބްރޯޑްކާސްޓިންގ އެސޯސިއޭޝަންގެ ރައީސާ ކޮމިޝަނަށް ޒިޔާރަތްކުރައްވައިފިއެވެ.

1 ޖޫން 2014

ވޯލްޑްކަޕްގެ ރައިޓްސްގެ މައްސަލާގައި މި ކޮމިޝަން ބަދުނާމުކޮށް އެމް.ބީ.ސީން ވާހަކަ ދައްކަވާފައިވާތީ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މެއި

21 މެއި 2014

ސެޓަލައިޓާ ބެހޭ މައުލޫމާތު ހިއްސާކުރުމުގެ ވޯކްޝޮޕް އިފްތިތާހުކޮށްދެއްވައިފިއެވެ.

7 މެއި 2014

2014  އޭޝިޔާ މީޑިއާ ސަމިޓް އަދި ޕްރީ ސަމިޓް ޕްރޮގްރާމްގައި ބްރޯޑްކާސްޓިންގ ކޮމިޝަނުން ބައިވެރިވެއްޖެއެވެ.

ހައްޖުގެ އަޅުކަން ކަވަރުކުރުމަށް ދިވެހިރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް ތިން ފުރުސަތު ދެއްވަން ސައުދީ ސަރުކާރުން ނިންމައިފިއެވެ.

3 މެއި 2014

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ހުރިހާ ނޫސްވެރިންނަށާއި މީޑިއާގެ ފަރާތްތަކަށް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބު ފޮނުއްވައިފިއެވެ.

އޭޕްރީލް

30 އޭޕްރީލް 2014

ފީފާ ވޯލްޑް ކަޕްގެ ބްރޯޑްކާސްޓިންގ ރައިޓްސްގެ މައުލޫމާތު ކޮމިޝަނާއި ހިއްސާކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުން އަދި ރީބްރޯޑްކާސްޓަރުންނަށް އަންގައިފިއެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކޮމިޝަނުން ބްރޯޑްކާސްޓް ކޮންޓެންޓް މޮނިޓަރކޮށް އެކުލަވާލާފައިވާ ރިޕޯޓާއި ތްރެޓް އެނަލިސިސް ރިޕޯޓް އާއްމުކޮށްފިއެވެ.

23 އޭޕްރީލް 2014

ޓީވީ 5 ޕްރައިވެޓް ލިމިޓެޑަށް ބްރޯޑްކާސްޓްކުރުމަށް ދޫކޮށްފައިވާ ލައިސަންސް ބާތިލްވެއްޖެއެވެ.

20 އޭޕްރީލް 2014

ޖަޕާނުގެ ހިލޭ އެހީގެ ދަށުން ޑިޖިޓަލް ބްރޯޑްކާސްޓިން ޓެކްނޮލޮޖީއެއް ރާއްޖޭގައި ގާއިމްކޮށްދޭން ނިންމުމާ ގުޅިގެން މަރުހަބާ ކިޔައިފިއެވެ.

17 އޭޕްރީލް 2014

ބްރޯޑްކާސްޓް ކޮމިޝަނުން ޝަކުވާ ބަލާ ފިޔަވަޅު އަޅުމުގެ އިޖުރާތު ތަކާއި ގުޅޭ ގޮތުން މީޑިއާ އަށް މަޢުލޫމާތު ދެއްވައިފިއެވެ.

2 އޭޕްރީލް 2014

އޯޓިޒަމް އަށް ހޭލުންތެރިކުރުމުގެ ދުވަސް ކޮމިޝަނުން ފާހަގަކޮށްފިއެވެ.

މާޗް

29 މާޗް 2014

ޓެލެވިޜަން މޯލްޑިވްސްގެ އަހަރީ ދުވަހުގެ މުނާސަބާތުގައި ކޮމިޝަނުން ތަހުނިޔާ ދަންނަވައިފިއެވެ.

27 މާޗް 2014

ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓު ހުށަނާޅާ ބްރޯޑްކާސްޓަރުން 10 އޭޕްރީލް ގެ ކުރިން އަހަރީ ރިޕޯޓް ހުށެހެޅުމަށް ކޮމިޝަނުން އަންގައިފިއެވެ.

22 މާޗް 2014

ކެމްޕެއިން ކުރުން މަނާ ގަޑިތަކުގައި “ހުކުރު ދުވަހުގެ ހާއްސަ ރިޕޯޓްދިޓީވީ އަދި ދިއެފް.އެމް ޕްލަސްއިން ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެފަރާތްތަކަށް އަންގައިފިއެވެ.

20 މާޗް 2014

ރައްޔިތުންގެ މަޖްލިސް އިންތިޚާބާ ގުޅިގެން ކެމްޕެއިންކުރުން މަނާ ވަގުތުތަކުގައި ކެމްޕެއިން ހަރަކާތްތައް ބްރޯޑްކާސްޓްނުކުރުމަށް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

18 މާޗް 2014

ރައްޔިތުން މަޖުލިސް އިންތިޚާބު މޮނިޓަރ ކުރުމަށް ރާއްޖެވަޑައިގެން އުޅުއްވާ ކޮމަންވެލްތް އޮބްޒާވަރުންގެ ޓީމާ ކޮމިޝަނުން ބައްދަލުކޮށްފިއެވެ.

16 މާޗް 2014

ޔޫރަޕިއަން ޔޫނިއަންއިން ރާއްޖޭގެ ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބު އޮބްޒާރވް ކުރާ ޓީމުގެ އޮފިޝަލަކު ކޮމިޝަނާއި ބައްދަލުކޮށްފިއެވެ.

10 މާޗް 2014

ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް ނަގާއަގުތައް ފާސްކުރުމަށް ކޮމިޝަނަށް ހުށެހެޅުމަށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ކޮމިޝަނުން އަންގައިފިއެވެ.

6 މާޗް 2014

ލައިސަންސްނެތި ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުން ހިފެހެއްޓޭ ޢާލާތްތަކާމެދު ޢަމަލުކުރާނެ އުސޫލު”ގެ ގަވާއިދުގެ ދެލިކޮޕީއަށް ޢާންމުން ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުޅުވާލައިފިއެވެ.

2 މާޗް 2014

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުންނަށް ކަސްޓަމަރ ސާރވިސް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ.

ކުޅަދާނަ ޕްރެޒެންޓަރެއްގެ ގޮތުގައި 20 އަހަރު ދުވަހު ޚިދުމަތްކޮށްދެއްވުމަށްފަހު ރިޓަޔަރކުރެއްވި މަސްޢޫދު ޢަލީއާ، ބްރޯޑްކާސްޓިން ކޮމިޝަނުން ބައްދަލުކުރައްވައިފިއެވެ.

ފެބުރުއަރީ

27 ފެބުރުއަރީ 2014

ފާއިތުވީ އަހަރުގެ އަހަރީ ރިޕޯޓް ހުށެހެޅުމަށް ބްރޯޑްކާސްޓަރުންނަށް ހަނދާންކޮށްދީފިއެވެ.

25 ފެބުރުއަރީ 2014

އޭ.އައި.ބީ.ޑީ އިން ހިންގާ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ބްރޯޑްކާސްޓިންގައި ކޮމިޝަނުން ބައިވެރިވެއްޖެއެވެ.

13 ފެބުރުއަރީ 2014

އެއްވެސް ފަރާތެއްގެ ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން ބްރޯޑްކާސްޓް ނުކުރުމަށް ދި އެފް.އެމް ޕްލަސް އާއި ދިޓީވީ އަށް އަންގައިފިއެވެ.

12 ފެބުރުއަރީ 2014

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން ބްރޯޑްކާސްޓް ނުކުރުމަށް ދި އެފް.އެމް ޕްލަސް އާއި ދިޓީވީ އަށް އަންގައިފިއެވެ.

11 ފެބުރުއަރީ 2014

ލައިސަންސް ދޫކުރިތާ ދެ އަހަރު ހަމަވާއިރު ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފަށާފައިނުވާ ފަރާތްތަކުގެ ލައިސަންސް ބާތިލްވާނެކަން ހަނދާންކޮށްދީފިއެވެ.

6 ފެބުރުއަރީ 2014

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުތަކުގައި ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާ އަށް އެހީތެރިކަން ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ދަންނަވައިފިއެވެ.

ޖެނުއަރީ 

27 ޖެނުއަރީ 2014

ސީޝެލްސްގެ މީޑިއާ ކޮމިޝަނުގެ ސީއީއޯ ބްރޯޑްކާސްޓިންގ ކޮމިޝަނަށް ޒިޔާރަތް ކުރައްވައިފިއެވެ.

7 ޖެނުއަރީ 2014

ލައިސަންސް ނެތި ގާނޫނާ ޚިލާފަށް ކޭބަލް ޓީވީގެ ހިދުމަތްދޭ ތަންތަން ބަންދުކުރުމާ ބެހޭ ގޮތުން ހޯމް މިނިސްޓަރާ އެކު މަޝްވަރާކޮށްފިއެވެ.

5 ޖެނުއަރީ 2014

އައު ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި، ނޫސްވެރިކަމުގެ މިނިވަންކަމުގެ 5 ނުކުތާގެ ވައުދުގައި ސޮއިކުރެއްވުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ފަރާތުން ރައީސުލަޖުމްހޫރިއްޔާއަށް އިލްތިމާސް ދަންނަވައިފިއެވެ.

1 ޖެނުއަރީ 2014

މީލާދީ އައު އަހަރުގައި ހުރިހާ ބްރޯޑްކާސްޓަރުން ވެސް އިތުރަށް ޒިންމާދާރުވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް ގޮވާލައްވައިފިއެވެ.

އޭޝިޔާ ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަން ( އޭބީޔޫ)ގެ އެފިލިއޭޓް މެންބަރެއްގެ ގޮތުގައި މޯލްޑިވްސް ބްރޯޑްކާސްޓިނގް ކޮމިޝަން ހިމެނިއްޖެއެވެ.

26 ޑިސެމްބަރު 2013

26 ޑިސެމްބަރ 2004 ގައި ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގެ ހަނދާނުގައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި މިއަދު ހެނދުނު 9:20 އިން ފެށިގެން ގެނައި އެއް މިނެޓުގެ ސުކޫތުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ބައެއް މެންބަރުންނާއި މުވައްޒަފުން ބައިވެރިވެއްޖެއެވެ.

25 ޑިސެމްބަރު 2013

ރާއްޖެ ޓީވީއިން ފޮނުވި ކޮންޓެންޓަކާ ގުޅިގެން ސުޕްރީމް ކޯޓުން ކުރެއްވި އަމުރަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުގީގުކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި ރާއްޖެޓީވީގެ ދެ ނޫސްވެރިއެއްގެ މައްސަލައެއް ޝަރީއަތަށް ފޮނުވޭނެ ޖާގައެއް ނެތްކަމަށް ޕީޖީ އޮފީހުން ނިންމަވާ މައްސަލަ އަބުރާ ފޮނުވާލައްވާފައި ވާތީ އެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މަރުހަބާ ކިޔައިފިއެވެ.

22 ޑިސެމްބަރު 2013

ރާއްޖެ ޓީވީން ބްރޯޑްކާސްޓްކުރި ކޮންޓެންޓަކާ ގުޅޭ ގޮތުން ސުޕްރީމު ކޯޓުން ހުށަހެޅި މައްސަލަ ނިންމި ގޮތުގެ މައުލޫމާތު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ސުޕްރީމު ކޯޓާ ހިއްސާކޮށްފި އެވެ.

15 ޑިސެމްބަރު 2013

ރާއްޖެޓީވީގެ އަހަރީ ދުވަހުގެ މުނާސަބާތުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަހުނިޔާ ފޮނުވައިފިއެވެ.

2 ޑިސެމްބަރު 2013

ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސް ދިނުމުގެ ޢާއްމު ޝަރުތެއްކަމުގައިވާ ހިނގައިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ހުށެނޭޅުމުގެ ސަބަބުން އެޓޯލް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ޓީވީ 5 ޕްރައިވެޓް ލިމިޓެޑާއި މެދު ފިޔަވަޅުއެޅުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް  މިއަދު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފޮނުވައިފިއެވެ.

ހެނދުނު 06:00 އާއި ރޭގަނޑު 09:00 އާ ދެމެދު ބްރޯޑްކާސްޓްކުރާ ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ގަވައިދުގައި ވާގޮތުގެ މަތިން ހުރިހާ އުމުރުފުރައަކަށްވެސް އެކަށީގެންވާ ކޮންޓެންޓްކަމުގައި ހެދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހަނދާންކޮށްދީފިއެވެ.

1 ޑިސެމްބަރު 2013

ލައިސަންސް ނެތި ގާނޫނާ ޚިލާފަށް ރީބްރޯޑްކާސްޓްކުރަމުންދާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނިންމައި، އެ ކަން ތަންފީޒުކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅަން ފަށައިފި އެވެ.

 “ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީ”ގެ އިފްތިތާޙީ ބައްދަލުވުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގައި މިއަދު ބާއްވައިފިއެވެ

ނޮވެމްބަރު

18 ނޮވެމްބަރު 2013

އަހަރީ ރިޕޯޓް މިހާތަނަށް ހުށަނާޅާ ދެ ބްރޯޑްކާސްޓަރުންނަށް ރިޕޯޓް ހުށަހެޅުމަށް އެންމެ ފަހުގެ ތާރީޚް ދީފިއެވެ.

16 ނޮވެމްބަރު 2013

“އަންދަލުސް” ދަރުސް އަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓަށާއި އެ ޕާޓީގެ މެނިފެސްޓޯއާ ގުޅުވައި ހަޤީޤަތާ ޚިލާފް ވާހަކަތަކެއް ހިމެނޭ ގޮތުން ފާޑު ކިޔާފައިވާ ދަރުސެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން އެންގެވުމާ ގުޅިގެން، އެ މައްސަލަ ބަލައި ނިމެންދެން، ނޮވެމްބަރ 17 ވަނަ ދުވަހުގެ ހެނދުނު 06:00 ގެ ކުރިން “އަންދަލުސް” ދަރުސް ބްރޯޑްކާސްޓް ނުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފި އެވެ.

14 ނޮވެމްބަރު 2013

އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ނަތީޖާ އަށްފަހު ވެސް، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ މިންގަނޑުތަކަށް ސަމާލުވުމަށް އެންމަހައި ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.

13 ނޮވެމްބަރު 2013

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުކުރުން މަނާ ވަގުތުގައި ކެމްޕޭނު ނުކުރުމަށާއި އެންޓި ކެމްޕޭން ނުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.

09 ނޮވެމްބަރު 2013

ދި ޓީވީ ހިންގާ އިމާރާތަށް އަމާޒުކޮށް ހަމަލާ ދީފައިވާތީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކަން ކުށްވެރިކޮށްފިއެވެ.

07 ނޮވެމްބަރު 2013

ރިސޯޓްތަކުގައި ރީބްރޯޑްކާސްޓް ކުރާނަމަ ޤާނޫނު ނަމްބަރ16 /2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ވާ ފަދައިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ހޯދުމަށްފަހު ޚިދުމަތްދިނުމަށް ކޮމިޝަނުން މިއަދު އިލްތިމާސްކޮށްފިއެވެ.

އޮކްޓޯބަރު

31 އޮކްޓޯބަރ 2013

އެކިއެކި ފަރާތްތަކުގެ ފޮޓޯ އާއި އެ ފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގައި ވެސް، އެ ބޭފުޅުންގެ ގަދަރަށް އުނިކަން ލިބޭ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.

30 އޮކްޓޯބަރ 2013

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ނިމި، ޤައުމުގައި މިހާރު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަން ހަމައަކަށް އެޅެންދެން ވެސް، އިތުރު ހަމަލާއެއް ނުދެވޭނެ ގޮތަށް ރާއްޖެޓީވީގެ ސެކިއުރިޓީގެ ކަންކަން ބަލަހައްޓަވައިދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދަންނަވައިފި އެވެ.

29 އޮކްޓޯބަރ 2013

ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤާނޫނުތައް ބާރުވެރިކުރުވުމާއެކު ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމެއް އެއްވެސް ފަރާތަކުން ކުރުމަށް ފުރުސަތު ނުދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސް ދަންނަވައިފި އެވެ.

28 އޮކްޓޯބަރ 2013

ރާއްޖެ ޓީވީގެ ކޮންޓެންޓަކާ ގުޅޭ މައްސަލަ ފުލުހުން ތަހްޤީޤު ކުރަނީ ޖިނާޢީ މައްސަލައެއްގެ ގޮތުގައި ކަމަށްވާތީ
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. އަދި ރައީސް އޮފީހުން އިސްތިއުނާފު ކުރައްވާފައިވާ ރާއްޖެ ޓީވީގެ މައްސަލަ އަނބުރާ ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް އިލްތިމާސް ދަންނަވައިފި އެވެ.

27 އޮކްޓޯބަރ 2013

ރާއްޖެ ޓީވީގެ ކޮންޓެންޓެއްގެ މައްސަލައެއް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ސުޕްރީމް ކޯޓުން ކުރައްވާފައިވާ އަމުރު ބާތިލްކުރައްވައި އެ މައްސަލަ އަނބުރާ ގެންދެވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށްް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު އިލްތިމާސް ދަންނަވައިފި އެވެ.

26 އޮކްޓޯބަރ 2013

ބްރޯޑްކާސްޓްކުރި ކޮންޓެންޓަކާ ގުޅިގެން، ރާއްޖޭ ޓީވީގެ ނޫސްވެރިއަކު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ޗިޓް ހަވާލުކުރުމާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު މިއަދު މީޑިއާ ބްރީފިންގެއް ބާއްވާއިފިއެވެ.

07 އޮކްޓޯބަރ 2013

ރާއްޖޭ ޓީވީ ހިންގާ އިމާރާތުގައި ރޯކޮށްލުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

06 އޮކްޓޯބަރ 2013

ރާއްޖެޓީވީ ހުއްޓުވަން ނިންމައިފައި ވަނީ ޑިފެންސް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީން އެޓާނީ ޖެނެރަލް މެދުވެރިކޮށް ހޯދާ ކޯޓު އަމުރެއްގެ ދަށުން ކަމަށް ބަޔާންކޮށް ފަތުރަމުންދާ ޚަބަރާ މެދު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށް އެ މައްސަލަ ބަލައިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅައިފި އެވެ.

04 އޮކްޓޯބަރ 2013

ރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހުގެ ގޮތުގައި ފުރަތަމަ ފަހަރަށް މިއަދުދުވަހެއް ފާހަގަކުރާއިރު، ދިވެހި ރާއްޖޭގެ ސިޔާސީ ވެށި މި ވަނީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި މި ހުތޫރަތްތެރި ދަނޑިވަޅުގައި، ގައުމުގެ މަސްލަހަތު އިސްކޮށް، ރައްޔިތުން އެކަތިގަނޑަކަށް ހެދުމުގައި ޒިންމާދާރުކަމާ އެކު ހުރިހާ ބްރޯޑްކާސްޓަރުން މަސައްކަތް ކޮށްދެއްވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު އިލްތިމާސް ދަންނަވައިފި އެވެ.

ސެޕްޓެމްބަރު

30 ސެޕްޓެމްބަރ 2013

ރިޔާސީ އިންތިޚާބުގެ ކަންތައްތައް ކުރިއަށްދާ ގޮތް ބެލުމަށްޓަކައި ރާއްޖެ ވަޑައިގެން އުޅުއްވާ ކޮމަންވެލްތް އޮބްޒާވަރުންގެ ވަފުދުގެ ދައުވަތަކަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދެވަނަ ފަހަރަށް އެ ވަފުދާ ބައްދަލުކޮށް މަޢުލޫމާތު ހިއްސާކޮށްފިއެވެ.

29 ސެޕްޓެމްބަރ 2013

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީގެ އިފްތިތާހީ ބައްދަލުވުން 3 އޮކްޓޯބަރު 2013 ގައި ބޭއްވުމަށް ކޮމިޝަނުން ހަމަޖައްސާ ކޮމިޓީގެ މެންބަރުންނަށް ދަޢުވަތު ފޮނުވައިފިއެވެ.

27 ސެޕްޓެމްބަރ 2013

ޤައުމީ ސަލާމަތަށް އުނިކަން އަންނަ ގޮތަށް ބްރޯޑްކާސްޓްކޮށްފިނަމަ، ބްރޯޑްކާސްޓް ކުރުމަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމަށްފަހު ލައިސަންސް ބާތިލްކުރުމަށްޓަކައި ކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބިގެންވާ ކަމަށާއި އެ ފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ އެ ފިޔަވަޅު އަޅާނެ ކަމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އަންގައިފި އެވެ.

26 ސެޕްޓެމްބަރ 2013

ބައެއް މުވައްސަސާތަކުގެ ވެރިންގެ ފޮޓޯ، ބައެއް ޗެނަލްތަކުން ބްރޯޑްކާސްޓްކުރަނީ އެ ބޭފުޅުންގެ ގަދަރަށް އުނިކަން ލިބި، ޤައުމުގެ މަސްލަހަތު ގެއްލެމުންދާ ގޮތަށް ކަމަށް ބުނެ ގިނަ ޝަކުވާތަކެއް ލިބެމުންދާތީ، އެ މައްސަލަތައް ކޮމިޝަނުން ބަލައި ނިމެންދެން މިފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓަރުންނަށް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު އަންގައިފި އެވެ.

24 ސެޕްޓެމްބަރ 2013

ޖަމީޢަތުއް ސަލަފުން ބޭއްވި “އަންދަލުސް” ދަރުސްގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފް ކޮންޓެންޓެއް ނުހިމެނޭ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމަވައި، އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަވައިފި އެވެ.

16 ސެޕްޓެމްބަރ 2013

ިރިޔާސީ އިންތިހާބާ ގުޅިގެން ސިޔާސީ ގޮތުން ޤައުމު ހަލަބޮލިވަމުންދާ މިފަދަ ދަނޑިވަޅެއްގައި، އެއްވެސް ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ގޮތަށް އަމަލު ނުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު އިލްތިމާސްކޮށްފި އެވެ.

15 ސެޕްޓެމްބަރ 2013

މި އަހަރުގެ ޙައްޖުގެ އަޅުކަން ހިނގަމުންދާގޮތް ގެނެސްދިނުމަށްޓަކައި ރާއްޖޭގެ ބްރޯޑްކާސްޓަރަކަށް ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން ހަދިޔާކޮށްފައިވާ ޙައްޖުދަތުރަށް އެ ފަރާތުން ހޮއްވަވާފައިވާ ވީ.ޓީ.ވީގެ ޑިރެކްޓަރ އޮފް ރޭޑިއޯ އަޙްމަދު ރަމީޒާ ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ބައްދަލުކުރައްވައިފިއެވެ.

05 ސެޕްޓެމްބަރ 2013

ވީޓީވީގެ  5 ވަނަ އަހަރީ ދުވަހުގެ މުނާސަބާތުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަހުނިޔާ ފޮނުވައިފިއެވެ.

04 ސެޕްޓެމްބަރ 2013

ރާއްޖެ ވަޑައިގެން އުޅުއްވާ ކޮމަންވެލްތްގެ އިލެކްޝަން އޮބްޒާވަރުންގެ ޓީމާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަސައްކަތްތައް ހިއްސާކުރައްވައިފިއެވެ.

01 ސެޕްޓެމްބަރ 2013

ރާއްޖޭގެ ރީބްރޯޑްކާސްޓަރުންގެ ނެޓްވާކްތަކުގައި ހުރިހާ ދިވެހި ޗެނެލްތައް ވެސް ހިމެނުމަށް މަސައްކަތްކުރުމަށާއި އަދި ވަކިން ޚާއްސަކޮށް ރައްޔިތުން ބަލަން ބޭނުންވާ ޗެނެލްތައް ހިމެނުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ރާއްޖޭގައި ރީބްރޯޑްކާސްޓްކުރާ ހުރިހާ ފަރާތްތަކަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު އިލްތިމާސްކޮށްފިއެވެ.

އޯގަސްޓް

28 އޯގަސްޓް 2013

ސާފް ޗެމްޕިއަންޝިޕްގެ ބްރޯޑްކާސްޓިނގ ރައިޓްސް އާއި ގުޅޭގޮތުން އެމްބީސީން ނެރެފައިވާ ބަޔާނަކީ ކަމުގެ ހަގީގަތް ބަލަންވާ ވަރަށް ނުބައްލަވައި، އާންމު ރައްޔިތުންނަށް މައުލޫމާތު އޮޅޭ ގޮތަށް އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އަގުވެއްޓޭ ގޮތަށް ޝާއިއުކޮށްފައިވާ ބަޔާނެއްކަމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނެފިއެވެ.

26 އޯގަސްޓް 2013

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ބްރޯޑްކާސްޓަރުން ފޮނުވާ އެންމެހައި ކޮންޓެންޓެއްމެ އިންތިޚާބުތަކާ ބެހޭ އާއްމު ޤާނޫނާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އަދި “އިންތިޚާބު ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިނާ” އެއްގޮތަށް ބެހެއްޓުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

22 އޯގަސްޓް 2013

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާ ގުޅުން ހުރި ޝަކުވާތައް އަވަސް މައްސަލަތަކެއްގެ ގޮތުގައި ބެލުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނިިންމައި، އެ އުސޫލުން އަމަލްކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފި  އެވެ.

21 އޯގަސްޓް 2013

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީ (ބީއޭސީ) އަށް ކޮމާޝަލް ރޭޑިއޯ ޗެނަލްތައް ތަމްސީލުކުރުމަށް ދެ މެންބަރުން މިއަދު އިންތިޚާބުކޮށްފިއެވެ.

19 އޯގަސްޓް 2013

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީގައި ކޮމާޝަލް ރޭޑިއޯ ޗެނަލުން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 21 އޮގޮސްޓްގައި ބޭއްވުމަށް ނިންމައި މި އިންތިޚާބުގައި ވޯޓުލުމަށް ހުރިހާ ރޭޑިއޯ ޗެނަލަކަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދައުވަތު އަރުވައިފިއެވެ.

12 އޯގަސްޓް 2013

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ބްރޯޑްކާސްޓިން ކަވަރޭޖް މޮނިޓަރކުރުމުގެ މަސައްކަތް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށައިފިއެވެ.

11 އޯގަސްޓް 2013

އިންތިޚާބާއި ބެހޭ ޢާއްމު ޤާނޫނޫ (11/2008) ގެ 30 ވަނަ މާއްދާގެ ދަށުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކަވަރުކުރުމަށް ބްރޯޑްކާސްޓަރުން ރިޔާސީ ކެންޑިޑޭޓުންނަށް ދޫކުރާ “ޑިރެކްޓް އެކްސެސް ވަގުތު” މޮނިޓަރ ކުރުމަށް ކޮމިޝަނަށް ހުށަހެޅުމަށް ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އަންގައިފިއެވެ.

05 އޯގަސްޓް 2013

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީ (ބީއޭސީ) އަށް ކޮމާޝަލް ޓީވީ ޗެނަލްތައް ތަމްސީލުކުރުމަށް ތިން މެންބަރުން މިއަދު އިންތިޚާބުކޮށްފިއެވެ.

ޖުލައި

31 ޖުލައި 2013

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީގައި ކޮމާޝަލް ޓީވީ ޗެނަލުން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 05 އޮގޮސްޓްގައި ބޭއްވުމަށް ނިންމައި މި އިންތިޚާބުގައި ވޯޓުލުމަށް ހުރިހާ ޓީވީ ޗެނަލަކަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދައުވަތު އަރުވައިފިއެވެ.

29 ޖުލައި 2013

ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ލައިސަންސް ދިނުމުގެ ޢާންމު ޝަރުތުތަކުގެ 9 ވަނަ މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ފާއިތުވި އަހަރުގެ ސްޓޭޝަން ހިންގި ގޮތުގެ އަހަރީ ރިޕޯޓް ހުށަނާޅާ ބްރޯޑްކާސްޓަރަރުންނަށް ރިޕޯޓް ހުށެހެޅުމަށް އެންމެ ފަހު ފުރުސަތު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދީފިއެވެ.

28 ޖުލައި 2013

އިންޓަނޭޝަނަލް ކޮމިޓީ އޮފް ދި ރެޑް ކްރޮސް (އައި.ސީ.އާރ.ސީ) އިން އިންތިޒާމްކޮށްގެން އިންޑިއާގައި ބާއްވަން ހަމަޖެހިފައިވާ ސީނިއަރ އެޑިޓަރސް ކޮންފަރެންސްގައި ބައިވެރިވުމުގު ފުރުސަތު ދިވެހިރާއްޖޭގެ އެޑިޓަރުން/ ސީނިއަރ ޖާރނަލިސްޓުންނަށް ހުޅުވާލައިފިއެވެ

25 ޖުލައި 2013

އިންތިޚާބު ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ގައިޑްލައިނެއް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވައިލައި، އެ ގައިޑްލައިނަށް ބްރޯޑްކާސްޓަރުންގެ ޚިޔާލު ހޯދުމަށް ފޮނުވައިފިއެވެ.

23 ޖުލައި 2013

ރާއްޖޭގައި އަލަށް ބްރޯޑްކާސްޓްކުރަން ފަށާ ފަރާތްތަކުން ބްރޯޑްކާސްޓް ޓެސްޓް ސިގްނަލް ފޮނުވުމުގެ ކުރީން ހުއްދައަށް އެދުމަށާއި އަދި ބްރޯޑްކާސްޓްކުރަން ފަށާ ތާރީހް ލިޔުމުން އެންގުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހަނދާންކޮށްދީފިއެވެ.

ތައިލޭންޑްގެ ޕަބްލިކް ސާރވިސް ބްރޯޑްކާސްޓަރ  (ތައި.ޕީ.ބީ.އެސް) ގެ އެޓޭޗްމަންޓް ޕްރޮގްރާމުގައި ރާއްޖޭގެ ބްރޯޑްކާސްޓަރުން ބައިވެރިވުމުގެ ފުރުސަތު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުޅުވާލައިފިއެވެ.

ދި އެފް.އެމް 95.2 ގެ 6 ވަނަ އަހަރީ ދުވަހުގެ މުނާސަބާތުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަހުނިޔާ ފޮނުވައިފިއެވެ.

05 ޖުލައި 2013

ރާއްޖޭގެ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގ ޗެނެލެއް ކަމުގައިވާ ޓީވީ މޯލްޑިވްސް އަކީ އިންޑިއާގެ ޤައުމީ ސަލާމަތަށް ނުރައްކާ ހުރި ޗެނެލެއް ނޫންކަމަށް އިންޑިއާ ސަރުކާރުން މިއަދު ކަށަވަރުކޮށްދީފިއެވެ.

02 ޖުލައި 2013

ދުނިޔޭގެ އެންމެ ބޮޑު ޕަބްލިކް ސަރވިސް ޓީވީ ސްޓޭޝަން ކަމަށްވާ އިންޑިއާގެ ދޫރު ދަރްޝަންގައި ރާއްޖޭގެ ބްރޯޑްކާސްޓަރުންގެ ޓެކްނިކަލް ތަމްރީނުތައް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެހިއްޖެއެވެ.

01 ޖުލައި 2013

އިންޑިއާ ގެ ބްރޯޑްކާސްޓިންގ އާއި ބެހޭ މަސްއޫލު ފަރާތްތަކާ ބައްދަލުކޮށް މަޢުލޫމާތު ހޯދުމަށްޓަކައި އިންޑިއާ ސަރުކާރުގެ ދައުވަތަކަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަތީ ފެންވަރުގެ ވަފުދެއް ނިއު ދިއްލީ އަށް ފުރާވަޑައިގަންފިއެވެ.

ޖޫން

30 ޖޫން 2013

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޖަޕާނުގެ މިނިސްޓަރ އޮފް އިންޓާރނަލް އެފެއާޒް އެންޑް ކޮމިއުނިކޭޝަން މރ. ޔޮޝިޓާކާ ޝިންޑޯ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އިޙްތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

މެއި

27 މެއި 2013

އެޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓް ޑެވެލޮޕްމަންޓް (އޭ.އައި.ބީ.ޑީ) އިން ބޭއްވުމަށް ހަމަޖެހިފައިވާ “އޭޝިއާ މީޑިއާ ސަމިޓް 2013” ގައި ބައިވެރިވެވަޑައިގަތުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބު ރޭ އިންޑޮނޭޝިޔާ އަށް ފުރާވަޑައިގެންފި އެވެ.

22 މެއި 2013

މުޒަހަރާތަކާއި ހަލަބޮލި ހާލަތްތައް ކަވަރުކުރުމުގައި ބްރޯޑްކާސްޓަރުން އަމަލުކުރާނެގޮތުގެ ގައިޑްލައިނެއް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލާ ގެޒެޓްކޮށްފިއެވެ.

19 މެއި 2013

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަސައްކަތާ ގުޅޭ މަޢުލޫމާތު ހާމަކުރުމާއި އާންމުކުރުމުގެ ސިޔާސަތާއި އުސޫލުތައް އެކުލަވާލައި މި ސިޔާސަތަށް ކޮމިޝަނުން އަމަލުކުރަން ފަށައިފިއެވެ.

15 މެއި 2013

ދިވެހިރާއްޖޭގެއަޑުގެ މީޑިއަމް ވޭވް ފްރިކުއެންސީ އިން ބްރޯޑްކާސްޓްކުރުން ހުއްޓުވުމަށް މަސައްކަތްކުރުމަކީ ރައްޔިތުންނަށް ލިބިދީފައިވާ މައުލޫމާތު ލިބިގަތުމުގެ ހައްޤަށް އުނިކަމެއް އަންނާނެ ކަމެއް ކަމަށާއި އަދި އެ ފްރިކުއެންސީ ހުއްޓުވުމުގެ ބަދަލުގައި އެންޓަނާތައް އެހެން ތަނަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދެއްވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން އަށް ލަފާ އަރުވައިފި އެވެ.

14 މެއި 2013

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުން ބްރޯޑްކާސްޓަރުންގެ މައްޗަށް ލާޒިމްކުރާ ވޭތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓް ހުށެހެޅުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބްރޯޑްކާސްޓަރުންނަށް ހަނދާންކޮށްދީފިއެވެ.

09 މެއި 2013

ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލުމަށް ލާޒިމްކޮށްފައިވާ “އެއްވުމާ ގުޅޭގޮތުން ޚަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ޤަވާއިދު” ގެ ދަށުން ފުރަތަމަ އެކްރެޑިޓޭޝަން ކާޑު ކޮމިޝަނުން މިއަދު ދޫކޮށްފިއެވެ.

03 މެއި 2013

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ހުރިހާ ނޫސްވެރިންނަށާއި މީޑިއާގެ ފަރާތްތަކަށް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބު ފޮނުއްވައިފިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިން އިންތިޒާމް ކޮށްގެން މިއަދު ހަވީރު 16:30 ގައި ޖުމްހޫރީ މައިދާނުގައި ބާއްވަން ހަމަޖެހިފައިވާ ފަސް ނުކުތާގެ ވައުދުގައި ސޮއިކުރުމުގެ ހަރަކާތް މޫސުން ތަން ދިނުމުގެ ސަބަބުން ކެންސަލް ކޮށްފިއެވެ.

01 މެއި 2013

މިނިވަން ނޫސްވެރިކަން ދެމެހެއްޓުމުގެ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވައިލައިފައިވާ ފަސް ނުކުތާގެ ވަޢުދުގައި ދައުލަތުގެ މުވައްސަސާތަކުން ސޮއިކުރުމުގެ ހަރަކާތް އަންނަ ހުކުރު ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވަން ހަމަޖައްސައިފި އެވެ.

އޭޕްރީލް

24 އޭޕްރިލް 2013

މިނިވަން ނޫސްވެރިކަން ދެމެހެއްޓުމުގެ ގޮތުން ފަސް ނުކުތާގެ ވަޢުދެއް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވައިލައި، ދައުލަތުގެ މުވައްސަސާތަކުން އެ ވައުދުގައި ސޮއިކުރުން ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

15 އޭޕްރިލް 2013

ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލުމަށް ލާޒިމްކޮށްފައިވާ “އެއްވުމާ ގުޅޭގޮތުން ޚަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ޤަވާއިދު” ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް އެ ޤަވާއިދަށް އަމަލު ކުރަން ފަށައިފިއެވެ.

ހަރުދަނާ އަދި ޒިންމާދާރު ގޮތެއްގައި ޚަބަރުތައް ގެނެސްދިނުމަށާއި ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުޢައްސަސާތަކާއި މަދަނީ ޖަމިއްޔާތަކުގެ މަސައްކަތްތަކާ ބެހޭގޮތުން ބްރޯޑްކާސްޓަރުން ހޭލުންތެރިކުރުމަށް ބާއްވާ ސިލްސިލާ މަޢުލޫމާތު ބައްދަލުވުންތަށް ފަށައިފިއެވެ.

10 އޭޕްރިލް 2013

ބްރޯޑްކާސްޓް ދާއިރާ އަށާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ދައުރާއި މަސައްކަތްތަކަށް ސުކޫލް ކުދިން ހޭލުންތެރި ކުރުމުގެ ގޮތުން މަޢުލޫމާތު ސެޝަނެއް ބާއްވައިފިއެވެ.

08 އޭޕްރިލް 2013

ސާކް އިންފޮމޭޝަން ސެންޓަރއިން (އެސް.އައި.ސީ) އިންތިޒާމުކޮށްގެން 24-27 އޭޕްރީލްގައި ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ “ރޯލް އޮފް މީޑިއާ އިން ކޮންފްލިކްޓް ރިޒޮލިއުޝަން އެންޑް ޕީސް ބިލްޑިންގ” ކޮންފަރެންސްގައި ބައިވެރިވުމަށް ކޮމިޝަނުން ރާއްޖެ ޓީވީ ހޮވައިފިއެވެ.

04 އޭޕްރިލް 2013

ސްރީލަންކާގެ ކޮލޮމްބޯގައި، “ރޯލް އޮފް މީޑިއާ އިން ކޮންފްލިކްޓް ރިޒޮލިއުޝަން އެންޑް ޕީސް ބިލްޑިންގ” ގެ ނަމުގައި މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި މަސައްކަތްކުރާ ފަރާތަކަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުޅުވާލައިފި އެވެ.

މާޗް

28 މާޗް 2013

ޓީވީ މޯލްޑިވްސްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ތަނުގެ ވެރިންނަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ތަހުނިޔާ ފޮނުވައިފި އެވެ

ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލުމަށް ލާޒިމްކޮށްފައިވާ “ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ޤަވާއިދު” ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވައިލައި، ފާސްކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ.

13 މާޗް 2013

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ހުސްވެފައިވާ މެންބަރު ކަމަށް ހއ. ދިއްދޫ، އާލިޔާ،މުޙައްމަދު އަސްލަމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

12 މާޗް 2013

ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލުމަށް ލާޒިމްކޮށްފައިވާ “ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ޤަވާއިދު”ގެ ދެލިކޮޕީ އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

މިނިވަންކަމާ އެކު މަސްއޫލިއްޔަތު އަދާކުރުމަށް ދިވެހިރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް ހުރި ހުރަސްތަކާއި ނުރައްކާތައް ފާހަގަކޮށް “ތްރެޓް އެނެލެސިސް ރިޕޯޓް” އެއް ތައްޔާރުކުރުމުގެ މަސައްކަތް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށައިފިއެވެ.

11 މާޗް 2013

ބްރޯޑްކާސްޓަރުންގެ މެދުގައި ތަފާތު ނުކުރުމަށް ސިޔާސީ ޕާޓީތަކަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންނުން މިއަދު ގޮވާލައިފި އެވެ. ތިރީގައި މި ވަނީ މި ކަމާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންނުން ނެރުނު ބަޔާނެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދާ ޚިލާފަށް މީޑިއާ ނެޓް ޕްރައިވެޓް ލިމިޓެޑުން އެ ކުންފުނީގެ ލޯގޯ ފޮނުވަމުންދާ މައްސަލަ ހައްލުކުރުމަށް މީޑިއާ ނެޓުން އެދުނު ގޮތަށް ފުރުސަތު ދިނުމުން ވެސް، އެކަން ހައްލުކޮށްފައިނުވާތީ ދެ ހާސް ރުފިޔާ އިން މީޑިއާ ނެޓް ޖޫރިމަނާކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފި އެވެ.

05 މާޗް 2013

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް ކަމުގައި ކުރިން ހުންނެވި ބަދުރުއްނަސީރު އިސްތިޢުފާ ދެއްވުމާ ގުޅިގެން، ހުސްވެފައިވާ ކޮމިޝަންގެ މެމްބަރުކަމަށް ހއ. ދިއްދޫ އާލިޔާ، މުޙައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުން ހޮއްވަވައިފިއެވެ.

05 މާޗް 2013

ވީޓީވީ އާއި ސަންގެ ނޫސްވެރިންނަށް ބަޔަކު ދިން ހަމަލާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ކުށްވެރިކޮށްފިއެވެ.

03 މާޗް 2013

އިންތިޚާބުތަކާ ގުޅޭ ޤާނޫނުތައް އިސްލާޙުކުރެއްވުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ ކޮމަންވެލްތްގެ ތަޖުރިބާކާރު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ފެބުރުއަރީ

27 ފެބުރުއަރީ 2013

ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ “ބްރޯޑްކާސްޓް ދުވަސް”ގެ ގޮތުގައި ފާހަގަކުރުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ކަނޑައަޅައި އެކަން މިއަދު އިއުލާންކޮށްފި އެވެ.

26 ފެބުރުއަރީ 2013

ކޮމަންވެލްތް ބްރޯޑްކާސްޓިންގ އެސޯސިއޭޝަންގެ ރައީސާ މޮނީޒާ ހާޝްމީއާ ކޮމިޝަނަރ ހަނާ ބައްދަލުކުރައްވައިފިއެވެ.

23 ފެބުރުއަރީ 2013

ނޫސްވެރިންނަށް ދޭ ހަމަލާތައް ކުށްވެރިކޮށް ނޫސްވެރިންނަށް ހިމާޔަތް ހޯދައިދިނުމަށް ގޮވާލާ މިއަދު އޮތް ހިނގާލުމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން ބައިވެރިވެ އަޑުއުފުލައިފިއެވެ.

ޓީ.ވީ.އެމް އާއި ރާއްޖެ ޓީވީ ގައި މަސައްކަތްކުރާ ނޫސްވެރިންތަކަކަށް ބަޔަކު ރޭ ދަންވަރު ހަމަލާ ދީ ރާއްޖެޓީވީގެ ނޫސްވެރިޔާ ވަރަށް ބޮޑަށް ޒަހަމްކޮށްލުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ތިރީގައި މިވަނީ މިކަށް ކުށްވެރިކޮށް ކޮމިޝަނުން ނެރުއްވި ބަޔާނެވެ.

20 ފެބުރުއަރީ 2013

ހަމަޖެހިފައި އޮންނަ އުސޫލުން ކަންކަން ކުރުމަށްޓަކައި، “ޝަކުވާ ހުށަހަޅާ ފޯމެއް” ފޮނުވުން އެއީ ރައީސް އޮފީސް އާދައިގެ ތަނަކަށް ހަދާލުން ކަމަށް ގަބޫލް ނުކުރައްވާ ކަމަށް ވިދާޅުވެ، ހިއުމަން ރައިޓްސް އެމްބަސަޑަރ އަހުމަދު އިބްރާހިމް ދީދީ އަށްމޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ސިޓީއެއް ފޮނުއްވައިފި އެވެ.

19 ފެބުރުއަރީ 2013

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މރ. ނޮބުހީޓޯ ހޯބޯ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

14 ފެބުރުއަރީ 2013

ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް ސަރުކާރުގެ އިދާރާތަކުން ހަމަހަމަ އުޞޫލެއް ގާއިމްކޮށްދެއްވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދަށް އިލްތިމާސްކޮށްފި އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލަފާ ދިނުމަށްޓަކައި އެކުލަވާލާ “ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީ” އަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ކޮމާޝަލް ޓީވީ އަދި ރޭޑިއޯ ސްޓޭޝަންތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ދެވަނަ ފަހަރަށް ހުޅުވާލައިފިއެވެ.

13 ފެބުރުއަރީ 2013

“ވޯލްޑް ޓީވީ އެވޯޑްސް 2013” އަށް ކުރިމަތިލުމުގެ ފުރުޞަތު އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް (އޭ.އައި.ބީ.ޑީ) އިން ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް ހުޅުވާލައިފިއެވެ.

97 މިނިވަން ރޭޑިއޯގެ ނޫސްވެރިއަކަށް ހުރަސް އެޅިކަމަށް ބުނާ މައްސަލައިގެ މަޢުލޫމާތު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެދެފިއެވެ.

07 ފެބުރުއަރީ 2013

ސުލްޙަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު (ނަމްބަރު 2013/01) ގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހަދަންޖެހޭ “ނޫސްވެރިން އެކްރެޑިޓްކުރުމުގެ ޤަވާއިދު” ގެ ފުރަތަމަ ދެލިކޮޕީ އެކުލަވާލައިފިއެވެ.

07 ފެބުރުއަރީ 2013

ދިވެހިރާއްޖޭގެ ތާރީޚާއި ސަޤާފަތާއި އަދި ޤުދުރަތީ ވަސީލާތްތަކާއި ގުޅޭގޮތުން ޕްރޮގްރާމާއި ޑޮކިއުމެންޓްރީ ހަދަން ދަސްކޮށްދޭ ވާރކްޝޮޕް މިއަދު ނިމި ބައިވެރިންނަށް ސާރޓިފިކެޓް ދީފިއެވެ.

03 ފެބުރުއަރީ 2013

ދިވެހިރާއްޖޭގެ ތާރީޚާއި ސަޤާފަތާއި އަދި ޤުދުރަތީ ވަސީލާތްތަކާއި ގުޅޭގޮތުން ޕްރޮގްރާމާއި ޑޮކިއުމެންޓްރީ ހަދަން ދަސްކޮށްދޭ ވާރކްޝޮޕެއް  މިއަދު ފަށައިފިއެވެ.

ޖެނުއަރީ

30 ޖެނުއަރީ  2013

އިންތިޚާބު ކަވަރު ކުރުމަށް ދަސްކޮށްދޭ ވާރކްޝޮޕް ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

27 ޖެނުއަރީ  2013

އިންތިޚާބުތައް ކަވަރުކުރުމުގައި ދުނިޔޭގެ ގައުމުތަކުގައި އަމަލްކުރަމުން އަންނަ އުސޫލުތަކާ ބެހޭ މައުލޫމާތު، ކަމާ ބެހޭ ތަޖުރިބާކާރަކު ބްރޯޑްކާސްޓިންގ ސްޓޭޝަންތަކާއެކު ހިއްސާކުރަން ފަށައިފި އެވެ.

26 ޖެނުއަރީ  2013

ޑިމޮކްރްރެޓިކް ވެއްޓެއްގެ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް އިންތިޚާބުތައް ކަވަރުކުރުމަށް ދަސްކޮށްދޭ ވާރކްޝޮޕެއް   މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި އެމެރިކާ އެމްބަސީ ގުޅިގެން ފަށައިފިއެވެ.

24 ޖެނުއަރީ  2013

އިންތިޚާބުތައް ކަވަރުކުރުމުގައި މީޑިއާގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން “ޑިމޮކްރަސީއައުޓްލައުޑް ވިތް ޓޭރީ އަންޒޫރ” ގެ ނަމުގައި ހަފްލާއެއް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ރޭ ބާއްވައިފިއެވެ.

17 ޖެނުއަރީ  2013

އިންޑިއާގައި ބާއްވާ  ކޮމިއުނިޓީ ބްރޯޑްކާސްޓިންގ އާއި ގުޅޭ ބައިނަލްއަގުވާމީ ސެމިނަރގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބައިވެރިވެއްޖެއެވެ.

15 ޖެނުއަރީ  2013

ނޫސްވެރިން އެކްރެޑިޓްކުރުމުގެ ޤަވާއިދު އެކުލަވާލުމުގެ މަސައްކަތުގައި މީޑިއާ ކައުންސިލްގެ ހިއްސާ އާއި އެއްބާރުލުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެދެފިއެވެ.

10 ޖެނުއަރީ  2013

ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްފީ ކަނޑައަޅާނެ އާބާދީއަކީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ޕްލޭނިންގ އިން އާއްމުކޮށްފައިވާ ސްޓެޓިސްޓިކަލް އަހަރީ ފޮތް 2012ގެ ރެޖިސްޓަރޑް ޕޮޕިއުލޭޝަން ޖުލައި 2012 ކަމުގައި ކަނޑައަޅާ މި ކޮމިޝަނުންވަނީ ނިންމާފައެވެ

06 ޖެނުއަރީ  2013

ރައްޔިތުންގެ މަޖްލީހުގެ ޖަލްސާތައް ލައިވްކުރުމުގައި ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދާއި ސުލޫކީ މިންގަނޑާއި އެއްގޮތަށް އަމަލު ނުކުރެވޭނެ ހުރަހެއް މަޖްލިހުގެ ފަރާތުން ނެތް ކަމުގައި މޯލްޑިވްސްގެ ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފިއެވެ.

01 ޖެނުއަރީ  2013

 އައު އަހަރުގެ ތަޙްނިޔާ ރާއްޖޭގައި ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރާ އެންމެހާ ފަރާތްތަކަށް އަރިސްކުރަމެވެ.

 2013

ޑިސެމްބަރ

31 ޑިސެމްބަރު 2012

ރައްޔިތުންގެ މަޖްލީހުގެ ޖަލްސާތައް ލައިވްކުރުމުގައި ބްރޯޑްކާސްޓަރުންނަށް ދިމާވާ ދަތިތަކާ ބެހޭގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން، ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީއާ މިއަދު ބައްދަލުކޮށް މަޝްވަރާކުރައްވައިފި އެވެ.

30 ޑިސެމްބަރު 2012

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އަންނަ އަހަރު ކުރީކޮޅު ބާއްވާ ދެ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ބްރޯޑްކާސްޓަރުންނަށް ދަޢުވަތު ފޮނުވައިފި އެވެ.

ދިވެހި ރާއްޖޭގައި ބްރޯޑްކާސްޓްކުރުމަށް، ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ ދަށުން ޔޫ ޓުއަރަސް ޕްރައިވެޓް ލިމިޓަޑަށް މިކޮމިޝަނުން ދޫކޮށްފައިވާ  ލައިސަންސް ބްރޯޑްކާސްޓިންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ބަދަލުކޮށް އިސްލާހު ގެނެސްފީމެވެ.

29 ޑިސެމްބަރު 2012

ދިވެހިރާއްޖޭގެ އަޑަށް 50 އަހަރު ފުރުމުގެ މުނާސަބާތުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބު ތަހުނިޔާ ފޮނުއްވައިފިއެވެ.

27 ޑިސެމްބަރު 2012

ބްރޯޑްކާސްޓް ކޯޑް އޮފް ޕްރެކްޓިސް އަށް އޯޑިއޯ/ވީޑިއޯ ކެމްޕެއިން ހެދުމަށް ޕްރޮޕޯޒަލް ހުށެހެޅުމަށް އިޢުލާންކޮށްފިއެވެ

24 ޑިސެމްބަރު 2012

2013 ވަނަ އަހަރު ހިންގަން ހަމަޖެހިފައިވާ ތަމްރީނުތަކާ ބެހޭ މަޢުލޫމާތު ބްރޯޑްކާސްޓަރުންނާއެކު އިއްޔެ ހިއްސާކޮށްފިއެވެ.

19 ޑިސެމްބަރު 2012

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ “ފާން ރެކްރިއޭޝަން ކްލަބު”ގެ ފުރަތަމަ ހިންގާ ކޮމިޓީ އަށް މެންބަރުން  އިންތިޚާބުކޮށްފިއެވެ.

17 ޑިސެމްބަރު 2012

އިލެކްޝަންސް ކަވަރޭޖް ވޯކްޝޮޕާ ބެހޭ މައުލޫމާތު އިލެކްޝަންސް ކޮމިޝަނާއެކު ހިއްސާކޮށްފިިއެވެ.

އެމެރިކަން ސެެންޓަރގެ  ޑިރެކްޓަރ ކްރިސް ޓީލާއި ކޮމިޝަނުން ބައްދަލުކުރައްވާ އިލެކްޝަންސް ކަވަރޭޖާއި ބެހޭ ވާރކްޝޮޕް ގެ އިންތިޒާމްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

16 ޑިސެމްބަރު 2012

ބްރޯޑްކާސްޓް ކުުރުމުގެ ސުލޫކީ މިންގަނޑަށް ހޭލުންތެރިކުރުވުމުގެ ހަފްލާއެއް ބާއްވައިފިއެވެ.

15 ޑިސެމްބަރު 2012

ކޮމިއުނިޓީ ބްރޯޑްކާސްޓިންގ އާ ބެހޭ ދިރާސާ ވ. އޮތޮޅުން ނިންމާލައިފިއެވެ.

13 ޑިސެމްބަރު 2012

ކުއްލި ޙަލާތްތަކާއި ނުރައްކާތެރި ހާދިޞާތަށް ކަވަރު ކުރުމަށް ދަސްކޮށްދޭ ވާރކްޝޮޕެއް ކޮމިޝަނުން ފަށައިފިއެވެ.

ސެންސިޓައިޒޭޝަން ވޯކްޝޮޕް ފޯ މީޑިއާ މިއަދު ހަވީރު ނިމި ސެޓްފިކެޓް ދީފިއެވެ.

09 ޑިސެމްބަރު 2012

ޓީވީ މޯލްޑިވްސް އިންޑިއާގައި ދެއްކުން މަނާކުރި ކަމަށް ބުނެ ފެތުރި ޚަބަރެއްގެ ޙަޤީޤަތް ބެލުމުގެ މަސައްކަތް ބްރޯޑްކާސްޓިން ކޮމިޝަނުން ފަށައިފިއެވެ.

08 ޑިސެމްބަރު 2012

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން ނޫސްވެރިކަމަށް އަޙުލުވެރިކުރުމަށް “ވާރކްޝޮޕް އޮން ޖާނަލިޒަމް” ގެ ނަމުގައި ވާރކޮޝޮޕެއް މިއަދު ބާއްވައިފިއެވެ.

03 ޑިސެމްބަރު 2012

ކޮމިއުނިޓީ ބްރޯޑްކާސްޓިންގ އާ ގުޅޭ ދިރާސާއެއް ހެދުމުގެ މަސައްކަތް ބްރޯޑްކާސްޓިން ކޮމިޝަނުން ފަށައިފި

ދިވެހި ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމަށް، ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ ދަށުން ކޮރަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް މިކޮމިޝަނުން ލައިސަންސް ދޫކޮށްފީމެވެ.

ނޮވެމްބަރ

29 ނޮވެމްބަރ 2012

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ޤާނޫނީ ލަފާ ދެއްވާނޭ ލޯފާރމެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

28 ނޮވެމްބަރ 2012

މަޖްލިހުގެ ޖަލްސާތަށް ލައިވްކުރުމުގައި ބްރޯޑްކާސްޓަރުންނަށް ކުރިމަތިވާ މައްސަލަތަކާއި މެދު މަޝްވަރާކުރުމަށް މަޖްލިހާއި ބައްދަލުކުރުމަށް ބްރޯޑްކާސްޓިންގް ކޮމިޝަނުން އެދެފިއެވެ.

ދިވެހި ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމަށް، ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ ދަށުން ސުޕަރ އާމްސް ޓްރޭޑް ޕްރައިވެޓް ލިމިޓެޑަށް މިކޮމިޝަނުން ލައިސަންސް ދޫކޮށްފީމެވެ.

ދިވެހި ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމަށް، ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ ދަށުން އޭދަފުށި ކޭބަލް ނެޓްވާރކް ޕްރައިވެޓް ލިމިޓެޑަށް މިކޮމިޝަނުން ލައިސަންސް ދޫކޮށްފީމެވެ.

27 ނޮވެމްބަރ 2012

ލައިވްކުރާ ކޮންޓެންޓް ފޮނުވާއިރު ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާ ޚިލާފުވާތީ ބްރޯޑްކާސްޓަރުންނާއި އެކު އެކަން ހިއްސާ ކޮށްފިއެވެ.

26 ނޮވެމްބަރ 2012

ރާއްޖޭގައި ބޭނުންކުރާ ޓެރެސްޓްރިއަލް ބްރޯޑްކާސްޓިންގ ގެ ޚިދުމަތް އެނެލޮގް އިން ޑިޖިޓަލް ޓެކްނޯލޮޖީއަށް ހިޖުރަކުރުމަށްޓަކައި މިކަން ކުރާނޭ ގޮތުގެ މަގު ޗާޓެއް އެކުލަވާލުމުގެ މަސައްކަތް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށައިފިއެވެ.

ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އެޓް އޯލް ނެޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފީމެވެ.

ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އެން.ޖޭ.އޭ.ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފީމެވެ.

21 ނޮވެމްބަރ 2012

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސަކަށް މުޙައްމަދު ޝަޙީބު އަދި ނައިބު ރައީސަކަށް އަބްދުﷲ ސުޖާޢު އިންތިހާބު ކޮށްފިއެވެ.

11 ނޮވެމްބަރ 2012

އެމެރިކަން ސެންޓަރުގެ ޑިރެކްޓަރ މރ.ކްރިސް ޓީލް އާއި އެކު ބައްދަލުވުމެއް ބާއްވައިފިއެވެ. ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ބްރޯޑްކާސްޓިންގ ދާއިރާ ތަރައްޤީކުރުމަށް ޔޫ.އެސް އެމްބަސީއިން ފަންޑް ހޯދުމަށް ދެއްނެވުމެވެ.

08 ނޮވެމްބަރ 2012

ލައިސަންސަކާއި ނުލާ ރީބްރޯޑްކާސްޓް ކުރާ ފަރާތްތަކާއި މެދު އަޅާނެ ފިޔަވަޅުތަކާއި މެދު މަޝްވަރާ ބައްދަލުވުމެއް  މޯލްޑިވްސް ޕޮލިސް ސާރވިސްއާއި އެކު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ

އޮކްޓޯބަރ

30 އޮކްޓޯބަރު 2012

ބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދިފައިވާ ހުރިހާ ފަރާތްތަކަށް(ޖުމްލަ 33 ފަރާތަށް) ލައިސަންސް ދޫކުރެވިއްޖެއެވެ.

25 އޮކްޓޯބަރ 2012

ބްރޯޑްކާސްޓް ދާއިރާ ތަރައްޤީކުރުމަށް ޕްރޮޖެކްޓްތަކެއް ހިންގުމަށް ޔޫ.އެން އާއި ކޮމިޝަނާއި ދެމެދު އެއްބަސްވުމެެއްގައި ސޮއި ކޮށްފިއެވެ.

02 އޮކްޓޯބަރ 2012

ޑރ. އަފްރާޝީމް އަލީ ޝަހީދުކޮށްލުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

01 އޮކްޓޯބަރ 2012

ރާއްޖެ ޓީވީ އަށް އެއްބާރުލުން ދެއްވުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ނިންމެވުމުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މަރުޙަބާ ދަންނަވައިފިއެވެ.

ސެޕްޓެމްބަރ

30 ސެޕްޓެމްބަރ 2012

ރާއްޖޭގައި ބްރޯޑްކާސްޓްކުރާ ފަރާތްތަށް ހިދުމަތްދިނުމަށް ފެށުމުގެ ކުރިންނާއި ހިދުމަތް މެދުކަނޑާލުމުގެ ކުރިން އަދި ބްރޯޑްކާސްޓްކުރާ ސްޓޭޝަންގެ ނަމަށް ބަދަލުގެނައުމުގެ ކުރިން ބްރޯޑްކާސްޓިންގ ކޮމިޝަނަށް އެންގުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އަންގައިފިއެވެ.

27 ސެޕްޓެމްބަރު 2012

ޤައުމީ ފެންވަރެއްގައި ބްރޯޑްކާސްޓަރުންގެ ދުވަހެއް ފާހަގަކުރާ ގޮތަށް ނިންމައިފިއެވެ.

23 ސެޕްޓެމްބަރ 2012

މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުޞަތު 19 ސެޕްޓެމްބަރ 2012 އިން ފެށިގެން 2 މަސްދުވަހަށް ޢާޢްމުކޮށް ހުޅުވާލައިފިއެވެ.

“ޓްރެއިނިންގް އޮފް ޖާނަލިސްޓް އޮން ލީގަލް އެވެއާރނަސް އިން އެން އީރާ އޮފް މީޑިއާ ކޮންވަރޖެންސް” މިއަދު ފެށިއްޖެެއެވެ.

20 ސެޕްޓެމްބަރ 2012

“ޓްރެއިނިންގް އޮފް ޖާނަލިސްޓް އޮން ލީގަލް އެވެއާރނަސް އިން އެން އީރާ އޮފް މީޑިއާ ކޮންވަރޖަންސް” ސަބްރީޖަނަލް ވޯކްޝޮޕް ފެށުނެވެ.

19 ސެޕްޓެމްބަރ 2012

ރީބްރޯޑްކާސްޓް ކުރުމުގެ ޤަވާއިދަށް ގެނައި އިސްލާހަށް 17 ސެޕްޓެމްބަރުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.

12 ސެޕްޓެމްބަރ 2012

ސަޢޫދީ ސަރުކާރުން ދެއްވާ ޙައްޖު ދަތުރަށް ވަނަވަރު ހުށަހެޅުމުގެ ފުރުސަތު ލިބޭ ތިން ޗެނަލް ގުރުއަތުން ހޮވައިފިއެވެ.

11 ސެޕްޓެމްބަރ 2012

ރާއްޖޭގެ ބްރޯޑްކާސްޓަރަކަށް ސައުދީ ސަރުކާރުން ދެއްވާ ޙައްޖު ދަތުރުގެ ގުރުއަތުގައި ބައިވެރިވުމަށް ދައުވަތު ދީފިއެވެ.

10 ސެޕްޓެމްބަރ 2012

ސަޢޫދީ ސަރުކާރުން ދެއްވާ ޙައްޖު ދަތުރަށް ރާއްޖޭގެ ބްރޯޑްކާސްޓަރަކު ހޮވުން ބްރޯޑްކާސްޓިން ކޮމިޝަނާ ހަވާލުކުރައްވައިފިއެވެ.

06 ސެޕްޓެމްބަރ 2012

ބްރޯޑްކާސްޓްކުރުމުގައި ފުރައްސާރަކުރުމުގެ ގޮތުން ވަނަން ބޭނުން ނުކުރުމަށް ބްރޯޑްކާސްޓަރުންނަށް ހަނދާން ކޮށްދީފީއެވެ.

އޯގަސްޓް

29  އޯގަސްޓް 2012

ހިއުމަން ރައިޓްސް ކޮމިޝަންގެ ރިޕޯޓްގައިވާ ކަންތައްތައް ހިނގައިފައިވާ ގޮތް ބަލައިދިނުމަށް އެދި ތިން ފަރާތަކަށް ހުށަހަޅައިފިއެވެ.

“ކޯނީ” ގެ ރިޕޯޓާ ގުޅިގެން ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ގޮތަކަށް އަމަލު ނުކުރުމަށް ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކޮށްފިއެވެ.

28  އޯގަސްޓް 2012

މުހައްމަދު ނާޒިމުގެ މޮބައިލް ނަންބަރަށް ފޮނުވައިފައިވާ އެސް.އެމް.އެސް ތަކެއް ރާއްޖެ ޓީވީން އާންމުކޮށްފައިވާ މައްސަލަ ބަލައި، ރާއްޖެ ޓީވީއާ މެދު ފިޔަވަޅު އަޅައިފިއެވެ.

13  އޯގަސްޓް 2012

ރާއްޖެ ޓީވީ އަށް އެއްބާރުލުން ނުދިނުމަށް ނިންމާފައިވާތީ ޕޮލިސް ސާރވިސް އާއެކު ބްރޯޑްކާސްޓިންގ ކޮމިޝަނުން މަޝްވަރާކޮށްފިއެވެ.

12  އޯގަސްޓް 2012

މުޒާހަރާތައް ކަވަރުކުރުމުގައި ބްރޯޑްކާސްޓަރުން އަމަލުކުރުމަށް މަގުދައްކައިދޭ ގައިޑްލައިނެއް އެކުލަވައިލުމަށް ނިންމައި، އެކަމުގައި ހިއްސާ ދެއްވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅައިފިއެވެ.

09  އޯގަސްޓް 2012

ރީބްރޯޑްކާސްޓް ކުރުމާ ބެހޭ ޤަވާއިދު ތަންފީޒުކުރުމަށް ކުރިމަތިވާ ހުރަސްތައް ހައްލުކުރުމަށް ކޮންމެހެން އިސްލާހުކުރަން ޖެހޭ މާއްދާތައް އިސްލާޙްކުރަން ނިންމައިފިއެވެ.

07  އޯގަސްޓް 2012

ރާއްޖެ ޓީވީ ސްޓޭޝަންގެ ތަކެއްޗަށް ގެއްލުން ދިނުން ބްރޯޑްކާސްޓިން ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ޖުލައި

31  ޖުލައި 2012

މިހާތަނަށް ހުށަހެޅިފައިވާ 93 ޕަސެންޓް މައްސަލަ ވަނީ ބަލައި ފިޔަވަޅު އަޅައިފައި ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނެފިއެވެ.

29  ޖުލައި 2012

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްކަމުން ބަދުރުއްނަސީރު އިސްތިއުފާ ދެއްވައިފިއެވެ.

23  ޖުލައި 2012

ފުލުހުންގެ އަގުވެއްޓޭ ގޮތަށް ދޮގު ޚަބަރު ފެތުރި މައްސަލައިގައި މާފަށް އެދުމަށް އަންގައި، ޤާނޫނާ ޚިލާފު ކަމެއް ތަކުރާރުކޮށްފި ނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ރާއްޖެ ޓީވީ އަށް ދީފިއެވެ.

ޤާނޫނާއި ޚިލާފުވާ ބްރޯޑްކާސްޓަރުންނާ މެދު ކޮމިޝަނުން ފިޔަވަޅު ނާޅާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަވާތީވެ ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

16  ޖުލައި 2012

މީޑިއާގެ ކަންކަން ހަރުދަނާކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާ މޯލްޑިވްސް ބްރޑްކާސްޓިންގ ކޮމިޝަނުން މަޝްވަރާކޮށްފިއެވެ.

ރީބްރޯޑްކާސްޓް ކުރުމުގެ ޤަވާޢިދުގެ ދަށުން ރީބްރޯޑްކާސްޓް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ދިމާވާ ދަތިތަކާއި މައްސަލަތަށް ކޮމިޝަނަށް ހިއްސާކުރުމުގެ ގޮތުން ފޯރަމެއް މިއަދު ބާއްވައިފިއެވެ.

15  ޖުލައި 2012

ރާއްޖެ ޓީވީން ކުރާ ތުހުމަތުތަކުގެ ހަގީގަތް ބަލަން ފަށައިފިއެވެ.

ބްރޯޑްކާސްޓްކުރާ އިޝްތިހާރު ތަކުގައި ދައްކާ އެކްޝަން ނުވަތަ ސްޓަންޓްތަށް ނަކަލުކޮށްފާނެތީ ޤަވާޢިދުގައިވާ ސަމާލުކަމުގެ މެސެޖް ގެނެސްދިނުމަށް ބްރޯޑްކާސްޓަރުންނަށް ހަނދާންކޮށްދީފިއެވެ.

12  ޖުލައި 2012

މާލޭގައި މިހާރު ކުރިޔަށްދާ މުޒާހަރާގައި ސަން އެފް އެމްގެ ނޫސްވެރިޔަކަށް ބަޔަކު ހަމަލާދީ ޒަހަމްކުރުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ކުށްވެރިކޮށްފިއެވެ.

ރާއްޖެޓީވީގެ ކެމެރާމަނަކަށް އަނިޔާވުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ކުށްވެރިކޮށްފިއެވެ.

މުޖުތަމަޢުގެ އަދަބު އަޙްލާޤާ ނުގުޅޭ ކޮންޓެންޓް ގެނެސްދޭތީ ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެ ޓީވީއަށް ނަސޭހަތްތެރިވެއްޖެއެވެ.

ބްރޯޑްކާސްޓް ފްރީކުއަންސީ ދޫކުރުމާއި ބެހޭގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އާއި ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފިއެވެ.

03  ޖުލައި 2012

ޖުލައި މަހުގެ 3-4 ބޭއްވުމަށް ހަމަޖެހިފައިވާ “ސެންސިޓައިޒޭޝަން ވޯކްޝޮޕް ފޯ މީޑިއާ-އޮން ރިޕޯޓިން އިން އިމާރޖެންސީސް އެންޑް ސިޓުއޭޝަންސް އޮފް ވައަލެންސް” ވަނީ މިހާރު ފަސްކުރެވިފައިއެވެ.

02  ޖުލައި 2012

ޔުނެސްކޯ ނިއުދިއްލީ އޮފީހުގެ ޑިރެކްޓަރ އަދި ޔުނެސްކޯ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް މރ.ޝިގޭރޫ އަޔޯގީ މި ކޮމިޝަނަށް ޒިޔާރަތް ކުރައްވައިފިއެވެ.

ރީބްރޯޑްކާސްޓް ކުރުމުގައި ދިމާވާ މައްސަލަތަށް ކޮމިޝަނާއި ހިއްސާކުރުމަށް ފޯރަމެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ރާއްޖެޓީވީ އަށް ސެޓަލައިޓް އަޕްލިންކް ކުރުމަށް ދިމާވެފައިވާ މައްސަލަ ކޮމިޝަނުން ބަލަން ފަށައިފިއެވެ.

ޖޫން

28  ޖޫން 2012

ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާ ތަރައްޤީކުރުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް އެދި ޖީ.އެމް.އާރު މޯލްޑިވްސް އަށް ޕްރޮޕޯޒަލްތަކެއް ހުށައަޅައިފިއެވެ.

21  ޖޫން 2012

ޤުދުރަތީ ކާރިޘާތަކާއި މުޒާހަރާ ފަދަކަަންކަން ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ދަސްކޮށްދޭ ވާރކްޝޮޕެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

18  ޖޫން 2012

ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ބެލުމަށް ބޭނުންވާ ކޮންޓެންޓް ހުށަހެޅުމަށް އިހްމާލްވާ ބްރޯޑްކާސްޓަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އަންގައިފިއެވެ.

06  ޖޫން 2012

ބީލަން ކާމިޔާބުކުރި ދެ ފަރާތަކަށް ފްރިކުއެންސީ ލައިސަންސް ދޫކޮށްފިއެވެ.

03  ޖޫން 2012

ފްރިކުއެންސީގެ ބީލަން ކާމިޔާބުކުރި ފަރާތްތައް އިޢުލާންކޮށްފިއެވެ.

މެއި

20 މެއި 2012

ބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވެއްޖެއެވެ.

02 މެއި 2012

ފުވައްމުލަކު ކައުންސިލްތަކުގެ މެމްބަރުންގެ ވަފުދެއް ބްރޯޑްކާސްޓިން ކޮމިޝަނަށް ޒިޔާރަތް ކުރައްވައިފިއެވެ.

އޭޕްރީލް

25  އޭޕްރީލް 2012

ލިސްޓެޑް އިވެންޓްސްގެ ގޮތުގައި ހަތަރު މުބާރާތެއް ކަނޑައަޅައިފިއެވެ.

19  އޭޕްރީލް 2012

ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

14  އޭޕްރީލް 2012

ރާއްޖެ ޓީވީގެ ދެ ޕްރެޒެންޓަރަކަށް ހަމަލާދީ ޒަހަމްކޮށްލުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

03  އޭޕްރީލް 2012

ބްރޯޑްކާސްޓް ދާއިރާ ތަރައްޤީކުރުމަށް ކުރެވިދާނެ ކަންކަމާއި، މީހުން ބިނާކުރުމާ ބެހޭ ގޮތުން ޔޫ.އެން ގެ ރެޒިޑެންޓް ކޯޑިނޭޓަރ މރ. އެންޑްރޫ ކޮކްސް އާއި މަޝްވަރާ ކުރައްވައިފިއެވެ.

މާރޗް

29 މާރޗް 2012

ރޭޑިއޯ/ޓީވީ އަށް ފްރީކުއަންސީ ދޫކުރުމުގެ ޕްރީ ބިޑް މީޓިންގ ބާއްވައިފިއެވެ.

26 މާރޗް 2012

ބްރޯޑްކާސްޓްކުރުމުގެ “ކޯޑް އޮފް ޕްރެކްޓިސް” އެކުލަވައިލުމުގެ މަހާސިންތާ މާދަމާ ފަށާގޮތަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ހަމަޖައްސައިފިއެވެ.

ރައީސުންނަށް ނިސްބަތްކުރުމުގައި އެ ބޭފުޅުންގެ ޤަދަރާއި އިއްޒަތް ނުގެއްލޭ ގޮތަށް ނިސްބަތްކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

25 މާރޗް 2012

އިންޑިއާގެ ގައުމީ ސަލާމަތަށް ނުރައްކާތެރި ޗެނަލްތަކުގެ ލިސްޓުގައި ޓީވީއެމް ހިމެނިކަމަށް މީޑިއާގައި ރިޕޯޓުކުރުމާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން އިންޑިއަން ހައިކޮމިޝަނާ ބައްދަލުކުރުމަށްފަހު ބަޔާނެއް ނެރެފިއެވެ.

ބްރޯޑްކާސްޓްކުރާ ކޮންމެ ކޮންޓެންޓެއްގެ ޒިންމާ އުފުލަންވާނީ ބްރޯޑްކާސްޓަރުކަން ހަނދާނުކޮށްދީފިއެވެ.

21 މާރޗް 2012

 މޯލްޑިވްސް ޕޮލިސް ސަރވިސްއާ އެކު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފިއެވެ.

19 މާރޗް 2012

ވީޓީވީގެ އިމާރާތަށް ދިން ހަމަލާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ކުށްވެރިކޮށްފިއެވެ.

18 މާރޗް 2012

ބްރޯޑްކާސްޓް ފްރީކުއެންސީގެ ބީލަން ފޮތް ވިއްކަން ފަށައިފިއެވެ.

15 މާރޗް 2012

ބްރޯޑްކާސްޓް ލައިސަންސަށް އެދި ހުށަހެޅުމާއި ފްރީކުއެންސީ ބީލަން އާދިއްތަ ދުވަހު ހުޅުވާލާ ގޮތަށް ހަމަޖައްސައިފިއެވެ.

ބްރޯޑްކާސްޓް ކުރުމާ ބެހޭ ގަވައިދާއި ބްރޯޑްކާސްޓް ފްރީކުއެންސީއާ ބެހޭ ގަވައިދު ބްރޯޑްކާސްޓަރުންނާ ހަވާލުކުރައްވައިފިއެވެ.

05 މާރޗް 2012

ފުރިހަމަ ކޮންޓްރޯލް އޮންނަ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމަށް ރާއްޖެ ޓީވީ އަށް އަންގައިފިއެވެ.

ފެބްރުއަރީ

27 ފެބްރުއަރީ 2012

ރާއްޖެ ޓީވީން ހަގީގަތާ ޚިލާފު ހަބަރު ފަތުރާކަމުގެ ޝަކުވާ ލިބެމުންދާތީ ބްރޯޑްކާސްޓިން ކޮމިޝަނުން އަނެއްކާ ވެސް ނަސޭހަތްތެރިވެއްޖެއެވެ.

20 ފެބްރުއަރީ 2012

ރާއްޖެ ޓީވީގެ ޚިދުމަތް މުޅި ރާއްޖެ އަށް ދެވޭގޮތަށް ލައިސަންސް ފުޅާކޮށްދީފިއެވެ.

19 ފެބްރުއަރީ 2012

މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި ރާއްޖެ ޓީވީގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދަވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަންޖެހިދާނެ ކަމަށް އަންގައިފިއެވެ.

14 ފެބްރުއަރީ 2012

މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި ރާއްޖެ ޓީވީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އެކަން ކުރަނީ ގާނޫނާ ޚިލާފަށް ކަމަށް ވާތީ، އެކަން ވަގުތުން ހުއްޓާލުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފިއެވެ.

09 ފެބްރުއަރީ 2012

އިއްޔެ މުޒާހަރާގައި ވެސް ބައެއް ބްރޯޑްކާސްޓް ޖާނަލިސްޓުންނާއި ބްރޯޑްކާސްޓްކުރުމަށް ބޭނުންކުރާ ތަކެއްޗަށް ލިބުނު ގެއްލުން ބްރޯޑްކާސްޓިން ކޮމިޝަނުން ކުށްވެރިކޮށްފިއެވެ.

05 ފެބްރުއަރީ 2012

މުޒާހަރާ ކަވަރުކުރަން އުޅުނު ވީޓީވީ އާއި ރާއްޖެ ޓީވީގެ ދެ ޖާނަލިސްޓުންނަށް ދިން ހަމަލާ އާއި ވީޓީވީގެ ވެހިކަލަކަށް ދިން ހަމަލާ ބްރޯޑްކާސްޓިންގ ކޮމިޝަނުން ކުށްވެރިކޮށްފިއެވެ.

04 ފެބްރުއަރީ 2012

ރޭގެ މުޒާހަރާ ކަވަރުކުރަން އުޅުނު ރާއްޖެ ޓީވީގެ ޖާނަލިސްޓަކަށް ބަޔަކު ހަމަލާދިން މައްސަލަ ބްރޯޑްކާސްޓިންގ ކޮމިޝަނުން ކުށްވެރިކޮށްފިއެވެ.

02 ފެބްރުއަރީ 2012

ބްރޯޑްކާސްޓުކުރުމުގެ ތަންޒީމީ އޮނިގަނޑު އެކަށައެޅުމުގެ ބައްދަލުވުން މި މަހުގެ 8-9 އަށް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ޖެނުއަރީ

31  ޖެނުއަރީ 2012

ބްރޯޑްކާސްޓްކުރުމުގައި ކަންބޮޑުވާ ބައެއް ކަންކަން އެބަހުރި ކަމަށް ފާހަގަކުރެވޭތީ އެ ކަމާ ބެހޭ ގޮތުން ހުރިހާ ޓީވީ ސްޓޭޝަންތަކުގެ އިސް ވެރިންނާ ބްރޯޑްކާސްޓިން ކޮމިޝަނުން ބައްދަލުކޮށްފިއެވެ.

24  ޖެނުއަރީ 2012

އެމް.އެން.ބީ.ސީ ވަންގެ ޖާނަލިސްޓަކު ޒަޙަމްކޮށްލި މައްސަލަ އާއި ދިޓީވީގެ އިމާރާތަށް ގެއްލުން ދިނުން ބްރޯޑްކާސްޓިންގ ކޮމިޝަނުން ކުށްވެރިކޮށްފިއެވެ.

22  ޖެނުއަރީ 2012

ދިއެފްއެމް “މޯނިންގ އެޑިޝަން ޕްރޮގްރާމްގައި ހަޑިހުތުރު ބަހުރުވަ ބޭނުންކުރި މީހާގެ މައްސަލަ ތަހުގީގުކޮށްދިނުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ފުލުސް އޮފީހަށް ހުށަހަޅައިފިއެވެ.

21  ޖެނުއަރީ 2012

ބްރޯޑްކާސްޓިން ސްޓޭޝަންތައް ހިމާޔަތްކޮށްދެއްވުމަށް ޕޮލިސް ކޮމިޝަނަރަށް ދަންނަވައިފިއެވެ.

19  ޖެނުއަރީ 2012

ކޮމިއުނިކޭޝަން މިނިސްޓަރު ވިދާޅުވި ވިދާޅުވުން ބްރޯޑްކާސްޓިން ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

15  ޖެނުއަރީ 2012

ހުތުރު ބަހުރުވަ ބްރޯޑްކާސްޓްކުރުން ތަކުރާރުނުވާނެ ގޮތަށް ޕްރޮގްރާމް ނުފޮނުވޭނަމަ “މޯނިންގ އެޑިޝަން ހުއްޓާލުމަށް ދި.އެފް.އެމްއަށާއި ދި ޓީވީ އަށް އަންގައިފިއެވެ.

ޑިސެމްބަރ

19 ޑިސެމްބަރ 2011

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން 2012 ވަނަ އަހަރު ބީލަމަށް ހުޅުވާލާނެ ޓީވީ އަދި ރޭޑިއޯ ފްރީކުއެންސީގެ އަދަދު ކަނޑައަޅުއްވައިފިއެވެ.

ނޮވެމްބަރ

…..

އޮކްޓޯބަރ

18  އޮކްޓޯބަރ 2011

އައި.އެސް.ޑީ.ބީ.ޓީ ޓެކްނޯލޮޖީ ލޯންޗުކުރުމުގެ ސެމިނާގައި ކޮމިޝަނުގެ ރައީސް ތަގުރީރު ކުރައްވައިފިއެވެ.

ސެޕްޓެމްބަރ

26  ސެޕްޓެމްބަރ 2011

ޤައުމަށް ދިމާވާ ހިތާމަވެރި ޙާދިޘާތަކާއި ބެހޭ ޚަބަރު ގެނެސްދިނުމުގައި ގެންގުޅޭނެ އުޞޫލުތަކާ މިންގަނޑުތަކާއި، ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.

22  ސެޕްޓެމްބަރ 2011

ޕަބްލިކް ސާރވިސް ބްރޯޑްކާސްޓަރެއް އޮތުމުގެ މުހިންމު ކަމުގެ ވާހަކަ ދަންނަވައި، ރައީސުލްޖުމްހޫރިއްޔާ އަށް ސިޓީއެއް ފޮނުއްވައިފައިވާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ވިދާޅުވެއްޖެއެވެ.

21  ސެޕްޓެމްބަރ 2011

ސްޓްރެޓެޖިކް އެކްޝަން ޕްލޭނާއި ކޮމިޝަންގެ ވެބްސައިޓް އިފްތިތާހުކޮށްދެއްވައިފިއެވެ.

15  ސެޕްޓެމްބަރ 2011

ޤުދުރަތީ ކާރިޘާތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.

އޯގަސްޓް

…..

ޖުލައި

…..

ޖޫން

26  ޖޫން 2011

ޕަބްލިކް ސަރވިސް ބްރޯޑްކާސްޓިންގގެ ޚިދުމަތް ހަމައެކަނި ނަމެއްގައި އޮތްކަމީ ވަރަށް ކަންބޮޑުވާ ކަމެއް ކަމުގައި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބް ރައީސް ވިދާޅުވެއްޖެއެވެ.

މެއި

…..

އޭޕްރީލް

05  އޭޕްރީލް 2011

ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސަކަށް ބަދުރުއްނަޞީރާއި ނާއިބު ރައީސަކަށް މުޙައްމަދު ޝަހީބު ހޮއްވަވައިފިއެވެ.

04  އޭޕްރީލް 2011

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެމްބްރުން ޢައްޔަން ކުރައްވައިފިއެވެ.