April 23, 2014
ޓީވީ 5 ޕްރައިވެޓް ލިމިޓެޑަށް ލައިސަންސް ދޫކުރިތާ 12 މަސް ދުވަސް ވީ އިރުވެސް ބްރޯޑްކާސްޓްކުރުމަށް ފަށާފައިނުވާތީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް ބާތިލްވެއްޖެއެވެ.
ތިރީގައި މިވަނީ ކޮމިޝަނުން ޓީވީ 5 ގެ ލައިސަންސް ބާތިލްކޮށް ކުރި އިޢުލާނެވެ.
“ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 30ވަނަ މާއްދާގެ (ނ)ގައި އަދި ބްރޯޑްކާސްޓްކުރުމުގެ ގަވައިދުގެ 14ވަނަ މާއްދާގެ (ށ)ގެ 3ގައި، ބްރޯޑްކާސްޓްކުރަން ފެށުމަށް ކަނޑައަޅާފައިވާ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ބްރޯޑްކާސްޓްކުރަން ފަށައިފައި ނުވާނަމަ ލައިސަންސް ބާތިލުވާނެކަން ބަޔާންކޮށްފައިވާތީ އާއި މި ކޮމިޝަނުން ލައިސަންސް ދޫކުރާ ތާރީހުން ފެށިގެން ފެށިގެން 12 މަސް ހަމަވާ ތާރީޚަކީ ހިދުމަތް ފެށުމަށް ކަނޑައަޅާ ތާރީޚު ކަމަށާއި އަދި މީގެ އިތުރަށް ހިނގާ 12 މަސް ދުވަހުގެ ފަހުން ބްރޯޑްކާސްޓްކުރަން ފަށާފައިނުވާނަމަ ލައިސަންސް ބާތިލްވާނެކަން މި ކޮމިޝަނުގެ ނަމްބަރ. IUL)427-LCM/PRIV/2013/6) (21 ފެބްރުއަރީ 2013) އިއުލާނުން ކަނޑައަޅާފައިވާތީ، ޤާނޫނާ އެއްގޮތްވާގޮތުގެ މަތީން ތިރީގައި ބަޔާންކޮށްފައިވާ ޗެނަލްއިން ބްރޯޑްކާސްޓްކުރަން ފަށާފައިނުވާތީ، އެ ޗެނެލްގެ ވެރިފަރާތަށް ދޫކޮށްފައިވާ ލައިސަންސް ބާތިލްވެފައިވާކަން އާއްމުކޮށް އަންގައި އިއުލާންކުރަމެވެ. “
ޗެނެލްގެ ނަން: ޓީވީ 5 ލައިސަންސް ދޫކޮށްފައިވާ ކުންފުނި: ޓީވީ 5 ޕްރައިވެޓް ލިމިޓެޑް ލައިސަންސް ނަންބަރު: 427-LCM/CML(TV)/2012/03 ލައިސަންދޫކޮށްފައިވާ ތާރީން: 17 އޭޕްރިލް 2012 ބްރޯޑްކާސްޓްކުރަން ފެށުމަށް ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީހް: 17 އެޕްރީލް 2013 ބްރޯޑްކާސްޓްކުރަން ފަށާފައި ނުވުމުގެ ސަބަބުން ލައިސަންސް ބާތިލްވާ ތާރީހް: 17 އެޕްރީލް 2014 |
ކުންފުނީގެ މަސްއޫލްވެރިން:
|