September 30, 2024
ނަންބަރު: (IUL)427-OPR/1/2024/42
އިޢުލާނު
ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓް ދުވަސް ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި އަހަރު މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކޮމިޝަނުން ކަނޑައަޅާފައިވާ ޝިއާރަކީ “މާދަމާގެ ތަސައްވަރު : ބްރޯޑްކާސްޓިންގގެ މުސްތަޤުބަލު ބައްޓަންކުރުން” އެވެ. މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި ކޮމިޝަނުން ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ އާޓް މުބާރާތް “ވިޝަންސް އޮފް ދަ ފިއުޗާ” ގައި ބައިވެރިވަމަށް ޝައުގުވެރިވާ ފަރާތްތަކަށް މި އާޓް މުބާރާތަށް ކުރެހުން ހުށަހެޅުމަށް ހުޅުވާލަމަ އެވެ.
އެހެން ކަމުން މި އާޓް މުބާރާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން މި އިއުލާނާއި އެކުވާ ގައިޑްލައިނާއި އެއްގޮތަށް އާޓް ހުށެހެޅުން އެދެމެވެ.
ކުރެހުމުގެ މުބާރާތަށް ހުށަހަޅާ ކުރެހުމަކީ ތިރީގައި ބަޔާންކޮށްފައިވާ ޝިއާރުތަކުގެ މައްޗަށް ބިނާކޮށްފައިވާ ކުރެހުމަކަށް ވާން ޖެހެ އެވެ.
އާޓް މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާތައް
ހުށަހަޅަންޖެހޭ އާޓްގެ ސައިޒު އަދި ބޭނުން ކުރެވޭ މީޑިއަމްސް
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން،
ގ. ބިއްލޫރިޖެހިގެ 3 ވަނަ ފަންގިފިލާ
މަޖީދީ މަގު، މާލެ.
މުބާރާތާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ: 3334334 / 3334333
އީމެއިލް: pr@broadcom.org.mv
މި މުބާރާތަށް އާޓް ހުށެހެޅުމުގެ ސުންގަނޑި އަކީ 20 އޮކްޓޫބަރު 2024 އެވެ.
ވިޝަންސް އޮފް ދަ ފިއުޗާ ގައިޑްލައިން
29 އޮކްޓޫބަރު 2024
25 ރަބީޢުލްއައްވަލު 1447