ވިއުވާ އެންގޭޖްމަންޓް ރެކޯޑް ކޮމިޝަނުން ބެލެހެއްޓުމާ ގުޅޭ

February 13, 2025

ސަރކިއުލަރ

ނަންބަރު:427-CS/CIR/2025/1

ޤާނޫނު ނަމްބަރު 2010/16، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު ޖުމްލަގޮތެއްގައި ރަމްޒުކޮށްދެނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމާއި، ގައުމީ ތަރައްގީ ކުރިއެރުވުމާއި، ތަފާތު ނަޒަރިއްޔާތުތަކަށް މަގުފަހިކުރުމާއި، ޕަބްލިކް ސާވިސް ބްރޯޑްކާސްޓިން ތައާރަފްކުރުމާއި، ބްރޯޑްކާސްޓިން ދާއިރާގެ ތެރޭގައި މޮނޮޕޮލައިޒޭޝަން ހުއްޓުވުމާއި ޒަމާނީ ޓެކްނޮލޮޖީ އެޑެޕްޓޭޝަން އަދި މީޑިއާ ރެގިއުލޭޓްކޮށް ޤާނޫނު ތަންފީޛުކުރުމެވެ.

 އެހެންކަމުން، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ބެލުންތެރިން އިސްކަންދޭ ކަންކަން ދެނެގަނެ, އޭގެ އަސަރު ކޮންޓެންޓަށް ފޯރުކޮށްދިނުމާއި، ޕާސަނަލައިޒްކުރުމާއި، ކޮންސިއުމް ކުރާގޮތަށް ބަލައި މުސްތަގުބަލުގައި އިންވެންޓިވް އަދި އިފެކްޓިވް މީޑިއާއެއް ބައްޓަންކުރަމަށްޓަކައި ވިއުވަރ ޕްރެފެރެންސްގެ މަޢުލޫމާތު ދެނެގަތުމަކީ މުހިއްމުކަމެއް ކަމުގައި ދެކެމެވެ.

މިގޮތުން، ބްރޯޑްކާސްޓިންގ ދާއިރާގެ އިތުރު ތަރައްޤީއަށް ބޭނުންވާ މައުލޫމާތު އެއްކޮށް އޭގެ އަލީގައި ޕޮލިސީތައް ބައްޓަން ކުރުމަކީ ބްރޯޑްކާސްޓިން ކޮމިޝަނުގެ މަސްއޫލިއްޔަތެއް ކަމަށް ގަބޫލުކުރެވޭ ހިނދު، ‏ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާއިން މި ކޮމިޝަނަށް ‏‏ލިބިދޭ އިޚްތިޔާރުގެ ދަށުން ދިވެހި ބްރޯޑްކާސްޓަރުން ފޮނުވާ ކޮންޓެންޓް ބަލާމިންވަރު ނުވަތަ ވިއުވާރ އެންގޭޖްމަންޓްގެ ސްޓެޓިސްޓިކްސް ހޯދުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުންދާ ވާހަކަ ދަންނަވަމެވެ.

    13 ފެބުރުވަރީ 2025